އެމްޑީޕީގެ ވެރިކަމުގައި 18،053 މުވައްޒަފުން ނެގި: ޒަރީރު
އެމްޑީޕީގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކަށް 18،053 މުވައްޒަފުން ނަގާފައިވާ ކަމަށާއި މި ސަރުކާރު އައި ފަހުން ނަގާފައި ވަނީ 4،938 މުވައްޒަފުން ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.
ކަސްޓަމްސްއަށް 26 މުވައްޒަފުން ހޯދަނީ
ނެޝަނަލް ސާވިސް ޕްރޮގްރާމް ނުވަތަ ދިވެހި ވަތަނީ ހިދުމަތް ފުރިހަަމަކޮށްފައިވާ ކުދިންނަށް ވެސް ކުރިމަތިލެވޭ ގޮތަށް ކަސްޓަމްސް އަށް 26 މުވައްޒަފުން ހޯދަން އިއުލާންކޮށްފި އެވެ.
ވަޒީފާ ދޫކޮށްލައި މަސައްކަތް ފަށަން 600 މިލިއަނުގެ ފަންޑެއް
ދައުލަތުގެ ކުންފުނިތައް މާލީ ގޮތުން ހަރުދަނާކުރަން އެ ކުންފުނިތައް "ރައިޓް ސައިޒް" ކުރާއިރު ވަކިވާ މުވައްޒަަފުންނާއި ދައުލަތުގެ ވަޒީފާއަކުން އަމިއްލައަށް ވަކިވެ، އަމިއްލަ މަސައްކަތްތައް ފަށަން ބޭނުންވާ މީހުންނަށް ލޯނުދޭން 600 މިލިއަން ރުފިޔާގެ ފަންޑެއް ގާއިމްކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެ އެވެ.
ކުއްޖާ ނެގި މައްސަލާގައި ބޭނުންވާ ހުރިހާ މައުލޫމާތެއް އެޗްއާރްސީއެމުން ހޯދައިފި
އުފަންވުމާ އެކު ދައުލަތަށް ތުއްތު ކުއްޖާ ނެގުމުގައި ފެމިލީ މިނިސްޓްރީން އަމަލުކުރި ގޮތާ ގުޅޭ ހުރިހާ މައުލޫމާތެއް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ހޯދައިފި އެވެ.
އެޑިޓަރުގެ ހޮވުން
ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ކެންޓީނުން މީދާ ފެނިގެން ބަންދު ކޮށްފި
ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ކެންޓީނުން މީދާ ފެނިގެން ބަންދު ކޮށްފި
ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ކެންޓީންގައި ވިއްކަން ބަހައްޓާފައި ހުރި ކާއެއްޗެހިތަކުގެ މަތިން މީދަލެއް ދުވާތަން ފެނިގެން އެތަން ވަގުތީ ގޮތުން އިއްޔެ ބަންދު ކޮށްފި އެވެ.
އިންފަންޓީނޯގެ ޕްލޭނަށް ފާޑުކީ ފީފާގެ ސީއީއޯއަށް މަގާމު ގެއްލިއްޖެ
ވޯލްޑް ކަޕްގެ ވިޔާފާރީގެ ބައިތައް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ޕްލޭނަށް ފާޅުގައި ފާޑުކީ، ސީއޯއޯ ކެވިން ލެމުއާ، ފީފާގެ މަގާމުން ވަކިކޮށްފި އެވެ.
އިޒްރޭލުން ބަލައިނުގަތަސް، ޣައްޒާގެ ސުލްހައިގެ މަގުޗާޓު ތަންފީޒުކުރަން ރާއްޖޭން ގޮވާލައިފި
ޣައްޒާ އަލުން ބިނާކުރުމުގެ މަސައްކަތްތަކަށް މަގުފަހިކުރުމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކުގެ މައްޗަށް ބިނާކޮށް ދާއިމީ ސުލްހައަށް ބޭނުންވާ މާހައުލެއް ގާއިމުކުރުމަށްޓަކައި، މި މަގުޗާޓު އެއްވެސް ލަސްކުރުމެއް ނެތި ފުރިހަމައަށް ތަންފީޒުކުރުމަށް ރާއްޖޭން ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައިފަ އެވެ.
އަނބިމީހާ ފަލައޭ ބުނެގެން އުޅުނީ ކަތިވަޅިއެއް ހިފައިގެން ގޮސް މާރާމާރީ ހިންގަން
އަނބިމީހާ ފަލައޭ ބުނެގެން ކަތިވަޅި ހިފައިގެން ގޮސް މާރާމާރީ ހިންގަން އުޅުނު އޭނާގެ ފިރިމީހާ ށ. މިލަންދޫން އިއްޔެ ރޭ ހައްޔަރުކޮށްފި އެވެ.
މަޖިލީހަށް ހުށަހަޅާ ޕެޓިޝަނަކާ ދެކޮޅަށް ވެސް ޕެޓިޝަން ހުށަހެޅޭ ގޮތް ހަދަން ކޮމިޓީން ފާސްކޮށްފި
އެ މައްސަލަ ދިރާސާކުރަން މިއަދު މެންދުރު ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި އެ މާއްދާގެ (ޅ) އުނިކޮށް، އެ މާއްދާގެ އަކުރުތައް އަލުން ތަރުތީބުކުރަން ފާސްކުރީ، ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހަތް މެމްބަރުގެ އަގުލަބިއްޔަތުންނެވެ.