ރަނގަޅު ކަންކަމަށް އިދިކޮޅުން އެއްބާރުލުން ދޭން ވާނެ: ރައީސް
ސަރުކާރުން ކުރާ ރަނގަޅު ކަންކަމަށް އިދިކޮޅު ފަރާތްތަކުން އެއްބާރުލުން ދޭން ވާނެ ކަމަށާއި ގައުމު އިސްކުރުމަކީ އެއީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ސިފައިންގެ މީހަކާއި ފުލުހަކާއި ދޯންޏެއްގެ ކައްޕި ގެއްލިއްޖެ
ހިލަ އާއި ހިލަވެލި ބަރުކޮށްފައި އޮތް ދޯނީ ވަނީ އެއްކޮށް އަޑިއަށް ގޮސްފައި. ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ގެންދަނީ ކުރަމުން.
ރައީސަށް ސެލިއުޓް ހައްގު، 2028 ދޭންޖެހޭ: އަބްދުއްރަހީމް
މި ސަރުކާރުގެ މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ކަންކަމަކީ އެ މަނިކުފާނަށް ސެލިއުޓް ހައްގުވާ މަސައްކަތްތައް ކަމަށާއި 2028 ވަނަ އަހަރު ރިޔާސީ ދެ ވަނަ ދައުރެއް ރައީސަށް ދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލް، އެންމެ ފުރިހަމަ ފަރުވާ އާއި އިތުބާރާ ދިމާލަށް
ބޮޑު އާބާދީއެއް ހިދުމަތަށް ބަރޯސާވާ އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ހޯދުނު ކުރިއެރުމާ ދޭތެރޭގައި ހަލީމް ހިތްހަމަޖެހިވަޑައިގަންނަވާ. އައިޖީއެމްއެޗުން ބަލި މީހާއަށް ލިބޭނީ އެންމެ ކޮލިޓީ ފަރުވާ ކަމަށް ވެސް ވިދާޅުވި.
އެޑިޓަރުގެ ހޮވުން
ހުޅުމާލެ ހޮސްޕިޓަލްގައި 28 އެނދުގެ އިތުރު ވޯޑެއް ހަދަނީ
ހުޅުމާލެ ހޮސްޕިޓަލްގައި 28 އެނދުގެ އިތުރު ވޯޑެއް ހަދަނީ
ހުޅުމާލެ ހޮސްޕިޓަލުގައި އިތުރު ވޯޑުތަކެއް ހަދައި، ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ކޮންގްރެސް އަކީ ލާމަސީލު، އެންމެ ކާމިޔާބު ކޮންގްރެސްއަށް ވާނެ: ރައީސް
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން، އަންނަ މަހު ބާއްވާ އެ ޕާޓީގެ އެތެރޭގެ އިންތިހާބަކީ ލާމަސީލު އަދި ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ކާމިޔާބު ކޮންގްރެސްއަށް ވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓާލިޓީ ފެއާ, އަންނަ މަހު ހުޅުމާލޭގައި އަލަށް ހުޅުވާ މެންހަޓަން ގްރޭންޑްގައި
ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) އަންނަ މަހު 7-9 އަށް ބާއްވަން ނިންމައިފި އެވެ.
ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މާލެ އައި ލޯންޗަކުން ޖެޓީއަށް ބޭލި، ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ހުރި ފޮއްޓެއް ވަގަށް ނެގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
މާލޭގެ ގެއެއް ވިއްކާލަނީ؛ ނީލަން ފެށޭ އަގަކީ 11.6 މިލިއަން ރުފިޔާ
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މާލޭގެ ގެއެއް ވިއްކާލަން ދެ ވަނަ ފަހަރަށް އިއުލާނުކޮށްފި އެވެ.