ހައި ކޯޓުގެ ފަނޑިޔާރު މާހިރު ރިޓަޔާކުރައްވަނީ
ހައި ކޯޓުގެ ފަނޑިޔާރުކަމަށް މިދިޔަ ސެޕްޓެމްބަރު މަހު އައްޔަންކުރެއްވި އިބްރާހިމް މާހިރު ރިޓަޔާކުރައްވަން ނިންމަވައިފި އެވެ.
ޝައްމޫން ހަމީދު އެޗްއާރުސީއެމަށް އައްޔަންކުރަން މަޖިލީހަށް
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ މެމްބަރު ކަމަށް ޝައްމޫން ހަމީދަށް އިސްކަންދީ، މަގާމަށް ބޭފުޅަކު އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވައިފި އެވެ.
ބުކިން ޕްލެޓްފޯމްތަކުން ޓެކްސް ނެގުމަށް ގާނޫނަށް އިސްލާހެއް
ބިލްގައިވާ ގޮތަށް ޓެކްސް ނަަގަން ފަށައިފި ނަމަ ބޭރުގެ ޓްރެވެލް އެޖެންޓުން ދައްކާ 299.3 މިލިއަން ރުފިޔާ އާއި ފޮރިން ޓުއާ އޮޕަރޭޓަރުން ދައްކާ 13 ބިލިއަން ރުފިޔާއާ އެކު ދައުލަތަށް އަހަރަކު 16 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ލަފާކުރެވޭ.
ޓެކްސް އިސްލާހު ފާސްކުރާނީ ޓޫރިޒަމް އިންޑަސްޓްރީގެ ލަފާ ހޯދައިގެން: ފަލާހު
ބޭރުގެ ބުކިން ޕްލެޓްފޯމްތަކާއި ޓުއައޮޕަރޭޓަރުންނާއި ޓްރެވެލް އެެޖެންޓުންގެ އަތުން ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޖީއެސްޓީ) ނަގާ ގޮތަށް ޓެކުހާ ބެހޭ ގާނޫނު ބަދަލުކުރަން ސަރުކާރުން ހުށަހެޅި ބިލް ދިރާސާކުރާ އިރު ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ހުރިހާ ބޭފުޅުންނާ މަޖިލީހުން މަޝްވަރާކުރާނެ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
އެޑިޓަރުގެ ހޮވުން
މަންމަގެ ނުރުހުމުގައި ދައުލަތަށް ދަރިފުޅު ނެގި މައްސަލާގައި އެޗްއާރުސީއެމުން ޖެންޑާއަށް
މަންމަގެ ނުރުހުމުގައި ދައުލަތަށް ދަރިފުޅު ނެގި މައްސަލާގައި އެޗްއާރުސީއެމުން ޖެންޑާއަށް
އުފަންވުމާއެކު ދައުލަތަށް ކުއްޖަކު ނެގުމުގައި ފެމިލީ މިނިސްޓްރީން އަމަލުކުރި ގޮތް ހޯދަން، ބަލާ ފާސްކުރުމުގެ އަމުރަކާއެކު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން މިއަދު އެ މިނިސްޓްރީއަށް ވަދެއްޖެ އެވެ.
ހިތަދޫގައި ވޯޓާ ފްރަންޓެއް ތަރައްގީ ކުރުމަށް އާންމުންގެ ހިޔާލު ހޯދަނީ
އައްޑޫ ހިތަދޫގައި ގާޑިޔާތައް ހިންގާ ސަރަހައްދުގައި "ވޯޓާ ފްރަންޓް" އެއް ތަރައްގީކުރުމަށް ތައްޔާރުކޮށްފައިވާ ކޮންސެޕްޓަށް އާންމުންގެ ހިޔާލު ހޯދަން އައްޑޫ ސިޓީ ކައުންސިލުން މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.
ޓޫރިޒަމާ ގުޅޭ މަޝްވަރާތަކަށް މިނިސްޓަރު އަމީން އިސް ވަފުދަކާ އެކު ރަޝިއާއަށް
ޓޫރިޒަމްގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭ މަޝްވަރާތަކަށް ޓޫރިޒަމް އަދި ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން މަތީ ފަންތީގެ ވަފުދަކާ އެކު ރަޝިއާ އަށް މިއަދު ފުރާވަޑައިގެންފި އެވެ.
ހުދަންބަރެއް ކަމަށް ބެލެވޭ އެއްޗެއް އުނގޫފާރު މީހަކު ހޮވައިފި
ރ. އުނގޫފާރު މީހަކު ހުދަންބަރެއް ކަމަށް ބެލެވޭ އެއްޗެއް މިދިޔަ ހުކުރު ދުވަހު ހޮވައިފި އެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކަށް ވަކީލް އާދަމް ޝަމީމް
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ގާނޫނީ ވަކީލް އާދަމް ޝަމީމް މިއަދު އައްޔަންކޮށްފި އެވެ.