ޑޮލަރު އާމްދަނީގެ 40 ޕަސެންޓު މާރުކުރަންޖެހޭ ގޮތަށް ހަދަނީ
ރިސޯޓުތަކާއި ގެސްޓް ހައުސްތައް ހިމެނޭހެން ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އާމްދަނީގެ 40 ޕަސެންޓު ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.
އަލިފާނުގައި ގެއްލުންވެ، 41 މީހަކަށް އެހީ ވަނީ
ގޭސްފުޅިއެއް ގޮވައި ރޭ ފަތިހު އަލިފާނުގެ ހާދިސާ އެންމެ ފުރަތަމަ ހިނގީ މއ. ދޫގަސްވިލާގައި ކަމަށާއި ޖެހިގެން ހުރި އިމާރާތަށް ވެސް އެ ހާދިސާގައި ގެއްލުންވެ، 26 މީހަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.
މުސާރަތައް ރުފިޔާއިން ދޭގޮތަށް ބަދަލުކުރަންޖެހޭ: މުނައްވަރު
ރާއްޖޭގައި ޑޮލަރުގެ ތާށިކަން ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ މި ދަނޑިވަޅުގައި، ދިވެހި ފައިސާގެ ޑިމާންޑް މަތިކުރުމަށް މުސާރަތައް ވެސް ރުފިޔާއިން ދޭ ގޮތަށް ބަދަލުކުރަން ޖެހޭ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.
ހުއްދަ ނުނަގާ ފައިސާ މާރުކުރާ ހަތް ތަނަކުން 9 މަސް ދުވަސް ތެރޭ 77 މިލިއަން ޑޮލަރު މާރުކުރި
"އަންފޯޗުނޭޓްލީ މީގެ ތެރޭގައި އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އެބަހުރި ރާއްޖޭގެ ނަން މަޝްހޫރު ރިސޯޓުތައް. އޭގެ ތެރެއިން އެއް ފަރާތުން މިދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި، މި ދެންނެވި ރިސޯޓު ޗެއިނަކުން ހަތަރު މިލިއަން ޑޮލަރު ކަޅު ބާޒާރުގައި މާރުކޮށްފައި."
އެޑިޓަރުގެ ހޮވުން
ޑރ. ހަސަންގެ އިނގިރޭސި-ދިވެހި ބަސް ފޮތް ރައީސް މައުމޫން ނެރެދެއްވައިފި
ޑރ. ހަސަންގެ އިނގިރޭސި-ދިވެހި ބަސް ފޮތް ރައީސް މައުމޫން ނެރެދެއްވައިފި
ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު އެކުލަވައިލެއްވި "އިނގިރޭސި-ދިވެހި ބަސްފޮތް" އިއްޔެ ހަވީރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނެރެދެއްވައިފި އެވެ.
ވިހެއުމުގެ ޗުއްޓީތައް ނެގުމުން ޕްރޮމޯޝަން ނުލިބޭ މައްސަލަ ސީއެސްސީން ހައްލުކޮށްފި
ވިހެއުމަށް ޗުއްޓީތައް ނެގުމުން ޕްރޮމޯޝަން ނުލިބޭ މައްސަލަ ހައްލުކުރަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބަދަލެއް ގެނެސްފި އެވެ.
ރުފިޔާގެ އަގު ހިފަހައްޓަން އޯޕަން މާކެޓް އޮޕަރޭޝަނުން ތިން ބިލިއަން ރުފިޔާ އެމްއެމްއޭ އަށް ނަގައިފި
ބޭންކިން ނިޒާމުގައި ދައުރުވާ ރުފިޔާގެ ސާޕްލަސް ލިކުއިޑިޓީ މަދުކުރުމަށް ހިންގި އޯޕަން މާކެޓް އޮޕަރޭޝަންސް މެދުވެރިކޮށް، ތިން ބިލިއަން ރުފިޔާ ނަގާފައިވާ ކަމަށް އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.
ގޭސްފުޅިއެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެ، ދެ މީހެއްގެ ހާލު ސީރިއަސް
މާލޭގެ ގެއެއްގައި ރޭ ފަތިހު ގޭސްފުޅިއެއް ގޮވައި، އަލިފާނުގެ ހާދިސާއެއް ހިނގައި ހަތަރު މީހަކަށް އަނިޔާވެގެން ފަރުވާ ދެމުން އަންނަ ކަމަށާއި އެތަނުން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފި އެވެ.
އެމްޓީސީސީއަށް މިދިޔަ އަހަރު 85 މިލިއަން ރުފިޔާގެ ފައިދާ
މިދިޔަ އަހަރު އެމްޓީސީސީއަށް ފައިދާގެ ގޮތުގައި 85 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.