ދުންފަތާ ދުރުކުރަން ސިވިލް ސޮސައިޓީއަށް އެހީދެނީ
ދުންފަތާ ދުރުކުރަން ސިވިލްސޮސައިޓީ މެދުވެރިކޮށް ގައުމީ ބޮޑު ޕްރޮގްރާމެއް ފަށަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރީތި ތާރީހެއް، މިއަދު މާލޭގައި 50 ކައިވެނި
މިއަދުގެ ރީތި ތާރީހާ ގުޅިގެން މާލޭގައި 50 ކައިވެނިކުރަން ހަމަޖެހިފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.
އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި
ރާއްޖޭގެ ފުރަތަމަ އަދި އެންމެ ގިނަ ދުވަސްވީ ސިޔާސީ ޕާޓީ އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ދިދަ ނެގުމުގެ ރަސްމިއްޔާތެއް މިއަދު ހެނދުނު ބާއްވައިފި އެވެ.
ފުރައްސާރަ ކުރިޔަސް ނުހުއްޓުވޭނެ، ހާލަތު ގޯސްވީ އަޅާނުލުމުން: ފިޒާނާ
މަލާމާތާއި ފުރައްސާރަ ކުރިޔަސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި އަދި މިއަދު ފެންނަން އޮތް ހާލަތަކީ ވަޒީފާގެ ބިރަށް ވާނެ އެއްޗެއް ވާން ދޫކޮށްލައިގެން ތިބުމުގެ ނަތީޖާ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވެއްޖެ އެވެ.
އެޑިޓަރުގެ ހޮވުން
ބައްޕަގެ ހެކި ބަހާ އެކު ދަރިއަކު އުމުރަށް ޖަލަށް
ބައްޕަގެ ހެކި ބަހާ އެކު ދަރިއަކު އުމުރަށް ޖަލަށް
މަސްތުވާތަކެތީގެ މައްސަލައެއްގައި ބައްޕަގެ ހެކިބަހާ އެކު މީހެއްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
މާރުކޭޓް އަޅާ ބިން ހަވާލުނުކުރަންޏާ ދެން ޖެހޭނީ އެ ބިން ސަރުކާރަށް ނަގަން: ރައީސް
މަސްމާރުކޭޓާއި ލޯކަލް މާރުކޭޓްގައި ކުރާ ހުރިހާ ވިޔަފާރިއެއް ކުރެވޭ ގޮތަށް ސަރުކާރުން އަޅަން މަސައްކަތްކުރާ ޒަމާނީ އިމާރާތް އަޅަން ގަސްދުކުރާ ބިން ސިޓީކައުންސިލުން ދޫނުކުރާ ނަަމަ ދެން ޖެހޭނީ އެ ބިން ސަރުކާރަށް ނަގަން ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އޮފް ސީޒަނާ ދިމާކޮށް އެމްއެމްއޭ އިން ބޭންކްތަކަށް 25 ޕަސެންޓް އިތުރަށް ޑޮލަރު ދޫކުރަނީ
ޑޮލަރު ލިބުން މަދު ޓޫރިޒަމްގެ އޮފް-ސީޒަނާ ދިމާކޮށް ޑޮލަރު ހޯދުމަށް އެހީތެރިވުމުގެ ގޮތުން ބޭންކްތަކަށް އިތުރަށް 25 ޕަސެންޓް ޑޮލަރު ދޫކުރަން މަރުކަޒީ ބޭންކުން ނިންމައިފި އެވެ.
ރާއްޖޭގައި އެން އާލާކުރަނީ، މަސްވެރިންނަށް 2028 ގައި ލިބޭނެ
އެން އާލާ ކުރުމުގެ މަސައްކަތް ސަރުކާރުން ބޭނުންވެގެން ބަޔަކު ފަށާފައިވާ ކަމަށާއި 2028 ވަނަ އަހަރު މަސްވެރިންނަށް އެން ދޫކުރަން ފަށާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ ހިތާނީ ކޭމްޕަށް ރަޖިސްޓްރީކުރަން ހުޅުވާލައިފި
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕުގައި ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.