ރިޕީޓުކޮށް އެއްކަމެއްގައި ޕެޓިޝަން ހުށަހެޅޭ ގޮތް ހަދަނީ
ރިޕީޓުކޮށް އެއްކަމެއްގައި ނުވަތަ އެއް މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަން ހުށަހެޅޭ ގޮތަށް ގަވާއިދު ބަދަލުކުރަން މިއަދު ހުށަހަޅައިފި އެވެ.
ދަރުމަވަންތަ ސްކޫލް ހޯލު ހަދަން މާލެ ޖަލު ތަޅާލަން ފަށައިފި
މާލެ ޖަލު ތަޅާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
ދައުލަތަށް ނެގި ތުއްތުކުއްޖާގެ މަންމައާ ބައްދަލުކޮށްފި
އުފަންވުމާ އެކު ދައުލަތަށް ތުއްތުކުއްޖަކު ނެގުމުގައި ފެމިލީ މިނިސްޓްރީން އަމަލުކުރި ގޮތާ ގުޅޭ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ހިންގާ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ކުއްޖާގެ މަންމައާ އެ ކޮމިޝަންގެ ފަރާތުން މިއަދު ބައްދަލުކޮށްފި އެވެ.
ގެއްލުނު މީހުން ވީ ކަމަށް ބެލެވެނީ އިންސާނުންނަށް ނުދެވޭ ފުންމިނަށް ފެތުނު ދޯނިތެރޭ
އެމްއެންޑީއެފުން ބުނީ ހުވަދޫ ކަނޑަށް އެ ދޯނި ފެތިފައިވާ ސަރަހައްދު 1،600 މީޓަރަށް ވުރެ ފުންވާނެ ކަމަށް ބެލެވޭ ކަމަށާއި އެއީ އިންސާނުންނަށް ޑައިވް ކުރެވޭނެ ފުންމިނެއް ނޫން ކަމަށް. އަދި އެއީ ބޭރު ގައުމުތަކުގެ ކަނޑުގެ އަސްކަރިއްޔާގައި ބޭނުންކުރާ ހަނގުރާމައިގެ ކޮންވެންޝަނަލް އަދި ނިޔުކްލިޔާ ސަބްމެރިން ވެސް އޮޕަރޭޓްކުރާ ފުންމިނެއް ނޫން ކަމަށް އެމްއެންޑީއެފުން ބުނި.
އެޑިޓަރުގެ ހޮވުން
މާލެ ޓެކްސީ ލައިން އެޕް ހެކެއް ނުކުރޭ، މައުލޫމާތު ލީކުކުރީ މުވައްޒަފެއް: އެމްޓީސީސީ
މާލެ ޓެކްސީ ލައިން އެޕް ހެކެއް ނުކުރޭ، މައުލޫމާތު ލީކުކުރީ މުވައްޒަފެއް: އެމްޓީސީސީ
މައުލޫމާތު ލީކްކުރި މުވައްޒަފު މިހާރު ވަނީ ވަޒީފާގެ ޒިންމާތަކުން އެކަހެރި ކޮށްފައި. އެމްޓީސީސީގެ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އެ މުވައްޒަފާ މެދު އަޅާނެ ކަމަށް އެ ކުންފުނިން ބުނޭ.
މިއީ ކެރިއަރުގެ ފަހު އަހަރަށް ވެދާނެ: ރޮނާލްޑޯ
މިއީ ޕްރޮފެޝަނަލް ފުޓްބޯޅާގައި ފަހު އަހަރަށް ވެދާނެ ކަމަށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވޯގް މަޖައްލާއަށް ދިން އިންޓަވިއުއެއްގައި ބުނެފި އެވެ.
އެއާކްރާފްޓެއް ވެއްޓި ސްޕެއިންގައި ޕައިލެޓުކަން ކިޔަވާ ދިވެހި ދަރިވަރަކަށް ސީރިއަސް އަނިޔާތަކެއް
ސްޕެއިންގައި ޕައިލެޓުކަން ކިޔަވާ ދިވެހި ދަރިވަރަކު ދުއްވި ކުޑަ މަތިންދާބޯޓެއް ވެއްޓި، އެ ދަރިވަރާއި ފްލައިޓް އިންސްޓްރަކްޓަރަށް މިއަދު ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.
ގެއްލުނު މީހުން ހޯދަން އެމެރިކާގެ ނޭވީ މަތިންދާބޯޓެއް ހުވަދޫ ކަނޑު ސަރަހައްދުގައި
ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް ދިޔަވެ، އަޑިއަށް ދިޔަ ސަޕްލައި ދޯނި ސަލާމަތްކުރުމުގައި އުޅެނިކޮށް ގެއްލުނު ތިން މީހުން ހޯދަން އެމެރިކާގެ ނޭވީގެ މަތިންދާބޯޓެއް ހުވަދޫ ކަނޑުގައި ހަރަކާތްތެރިވާން ފަށައިފި އެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކަށް ވަކީލް އާދަމް ޝަމީމް
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ގާނޫނީ ވަކީލް އާދަމް ޝަމީމް މިއަދު އައްޔަންކޮށްފި އެވެ.