ނަފްސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލެއް މާލޭގައި ވެސް އަޅަނީ
ޖެނުއަރީން ފެށިގެން މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް 10،954 މީހަކު ނަފުސާނީ ބަލީގެ އެކި ފަރުވާތައް ހޯދާފައިވޭ. އޭގެ ތެރެއިން 8،000 ވުރެ ގިނަ މީހުން ފަރުވާ ހޯދީ މާލެ ސަރަހައްދުން.
ސާހިލްގެ ޝަރީއަތް: ވަޅިތަކާއި ހެދުންތައް ކޯޓުގައި ދައްކައިފި
މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ބޭނުންކުރި ވަޅިތަކާއި އަންނައުނުތައް ކްރިމިނަލް ކޯޓުގެ ޝަރީއަތަށް ގެންގޮސް، ދައްކާލައިފި އެވެ.
"އިސްލާހުތަކާ އެކު މަޖިލިސް އަންނަނީ ތަރައްގީވަމުން"
ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ތަރައްގީވެ ކުރިއަރާގޮތް، މިހާރު ގެންނަމުންދާ އިސްލާހުތަކާ އެކު ބަދަލުވަމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ޕްރެޝަރުތަކާ ހެދި މަޖުބޫރު ވެގެން: ރައީސް
ގައުމީ ޔުނިވާސިޓީގެ ދަނާލުގައި މަރުވި އުމުރުން 18 އަހަރުގެ ކުއްޖާގެ މައުލޫމާތު ހާމަކުރީ ސޯޝަލް މީޑިއާ އާއި އާންމުންގެ ޕްރެޝަރު ބޮޑުވުމުން މަޖުބޫރުވެގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެޑިޓަރުގެ ހޮވުން
އަމިއްލަ ކުންފުނިތަކަށް ހަ މަސް ދުވަހުގެ ތެރޭ 3.3 ބިލިއަން ރުފިޔާ ދައްކައިފިން: ރައީސް
އަމިއްލަ ކުންފުނިތަކަށް ހަ މަސް ދުވަހުގެ ތެރޭ 3.3 ބިލިއަން ރުފިޔާ ދައްކައިފިން: ރައީސް
ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން 3.3 ބިލިއަން ރުފިޔާ، މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިހާތަނަށް ދައްކާފައިވާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ބިލަށް ބަދަލެއް ނުގެންނަން، ޝައްކު ކުރެވޭ ބިލްތައް ޗެކްކޮށްދޭނަން: ފެނަކަ
މާޗް މަހުގެ ކަރަންޓު ބިލުތައް އާދަޔާ ހިލާފަށް ބޮޑުވެފައިވާކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރާތީ، މައްސަލައެއް އުޅޭ ކަމަށް ޝައްކު ކުރެވޭ ބިލްތައް ޗެކްކޮށްދޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
މުޒާހަރާ ކުރަނީ ގާނޫނާ އެއްގޮތަށްތޯ އީސީން ބަލަންޖެހޭ: ފަލާހް
އިދިކޮޅު ސިޔާސީ ޕާޓީތަކުން ކުރާ މުޒާހަރާތަކަކީ ގާނޫނާ އެއްގޮތަށް ކުރާ މުޒާހަރާތަކެއްތޯ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލަންޖެހޭ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު މިއަދު ގޮވާލައްވައިފި އެވެ.
ވަގަށް ނެގި ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފި
އެކި މައްސަލަތަކުގައި ވަގަށް ނެގި ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފި އެވެ.
ފުނަގަސް ކަނޑަން ޖެހޭތީ، ވިލިމާލޭގައި އަޅާ އެއް ޓަވަރު އެހެން ސަރަހައްދަކަށް ބަދަލުކުރަނީ
ސަރުކާރުން އަބަދުވެސް ބަލަމުން އައީ ވިލިމާލޭގެ ފުނަވާ ސަރަހައްދުގައި ހުރި ބޮޑެތި ފުނަގަސްތައް ނުކަނޑައި، އެ ރަށުގައި ފްލެޓު މަޝްރޫއު ކުރިއަށް ގެންދަން ކަމަށާއި ނަމަވެސް އެއް ޓަވަރުގެ މަސައްކަތް އެ ގަސްތަކާއި ގޮފިތައް ނުކަނޑައި ނުކުރެވޭނެތީ، އެ ޓަވަރު އެހެން ސަރަހައްދަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.