އާދަމް، ތޯރިގް އަދި ދިޔާނާއަށް އެމްބެސެޑާ އެޓް ލާޖްގެ މަގާމު
މި މަހުގެ 14 ވަނަ ދުވަހު އިސްތިއުފާ ދެއްވި 10 މިނިސްޓަރުންގެ ތެރެއިން އާދަމް ޝަރީފާއި ތޯރިގް އިބްރާހީމްގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަން ކުރައްވައިފި އެވެ.
ވިލިމާލޭގައި އަޅާ 1 ޓަވަރު އެހެން ސަރަހައްދަށް ބަދަލުކުރަނީ
ސަރުކާރުން އަބަދުވެސް ބަލަމުން އައީ ވިލިމާލޭގެ ފުނަވާ ސަރަހައްދުގައި ހުރި ބޮޑެތި ފުނަގަސްތައް ނުކަނޑައި، އެ ރަށުގައި ފްލެޓު މަޝްރޫއު ކުރިއަށް ގެންދަން ކަމަށާއި ނަމަވެސް އެއް ޓަވަރުގެ މަސައްކަތް އެ ގަސްތަކާއި ގޮފިތައް ނުކަނޑައި ނުކުރެވޭނެތީ، އެ ޓަވަރު އެހެން ސަރަހައްދަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދުގެ ކެމްޕޭނުގައި އިބުރޭ ބައިވެރިވާ މައްސަލަ ބޮޑުވެއްޖ
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ ކެމްޕެއިންގައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު (އިދާރީ) އިބްރާހީމް ވަހީދު (އިބުރޭ) ބައިވެރިވެވަޑައިގަންނަވާތީ، އެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ވާދަވެރި ކެންޑިޑޭޓް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މިއަދު އެދިވަޑައިގެންފި އެވެ.
ބިލްތަކުގައި މައްސަލައެއް ނެތް، ހަމަ ހޫނު ގަދައީ: ފެނަކަ
ފަހަކަށް އައިސް، ހޫނު މޫސުމުގައި ކަރަންޓު ދިނުމަށް ޑީސަލަށް ކުރަންޖެހޭ ހޭދަ ކޮންމެ ރަށެއްގައި 25 ޕަސެންޓު އިތުރުވާ ކަމަށާއި އޭގެ މާނައަކީ ބިލްތައް ހެދުމުގައި އެއްވެސް މައްސަލައެއް ނެތުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
އެޑިޓަރުގެ ހޮވުން
ސްޓެލްކޯގެ ޗާޓުން ފެންނަނީ ގަދަ ހޫނާ އެކު ކަރަންޓު ބޭނުންކުރުން ވެސް މަތިވާތަން
ސްޓެލްކޯގެ ޗާޓުން ފެންނަނީ ގަދަ ހޫނާ އެކު ކަރަންޓު ބޭނުންކުރުން ވެސް މަތިވާތަން
މި ނިމެނީ ކޮންމެ އަހަރަކު ވެސް ރާއްޖެ އަށް އެންމެ ހޫނު ގަދަވާ ދުވަސްވަރެވެ. މާޗް މަހާއި އޭޕްރީލް މަހުގެ ގަދަ ހޫނުގައި މި އަހަރު ރާއްޖޭގެ ބައެއް ހިސާބުތަކަށް އިހުސާސް ކުރެވޭ ހޫނުމިން އާންމުކޮށް 35 ޑިގްރީ ސެލްސިއަސް އަށް އެރި އިރު މި މަހުގެ ހަތަރު ވަނަ ދުވަހު މާލެ އަށް ވަނީ އިހުސާސްކުރެވޭ ހޫނުމިން 37.3 ޑިގްރީ ސެލްސިއަސް ވެސް އަރައިފަ އެވެ.
ބިލަށް ބަދަލެއް ނުގެންނަން، ޝައްކު ކުރެވޭ ބިލްތައް ޗެކްކޮށްދޭނަން: ފެނަކަ
މާޗް މަހުގެ ކަރަންޓު ބިލުތައް އާދަޔާ ހިލާފަށް ބޮޑުވެފައިވާކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރާތީ، މައްސަލައެއް އުޅޭ ކަމަށް ޝައްކު ކުރެވޭ ބިލްތައް ޗެކްކޮށްދޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލާގެ ހުކުމް ބުދަ ދުވަހު އިއްވަނީ
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލާގެ ހުކުމް އަންނަ ބުދަ ދުވަހު އިއްވަން ހަމަޖައްސައިފި އެވެ.
ވަގަށް ނެގި ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފި
އެކި މައްސަލަތަކުގައި ވަގަށް ނެގި ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފި އެވެ.
އަހަރުގެ މެދުތެރޭގައި "އެލް ނީނޯ" ފެށި ހާލަތު ގޯސްވާނެ ކަމުގެ އިންޒާރު
ދުނިޔޭގެ ހޫނުމިން ރެކޯޑް މިންވަރަކަށް މަތިވުމަށް މެދުވެރިވާ މޫސުމީ ހާލަތު "އެލް ނީނޯ" މި އަހަރުގެ މެދުތެރޭގައި އަލުން ފެށޭނެ ކަމަށް އދ. އިން މިދިޔަ ހުކުރު ދުވަހު އިންޒާރު ދީފި އެވެ.