"ކޮންގްރެސްގެ ވާދަވެރިކަން ބޮޑު، އެއީ ޕާޓީއަށް އޮތް ޝައުގު"
ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ އެތެރޭގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އަދަދު ގިނަވުމަކީ އެ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރު ފެންނަ ކަމެއް ކަމަށް އެޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ކޮންގްރެސް އޮކްޓޫބަރުމަހަށް ފަސްކޮށްފި
އިދިކޮޅު އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް މާލެ އިން ތަނެއް ހޯދުމަށް ތަކުރާރުކޮށް އެދިގެން ވެސް އެކަން ސަރުކާރުން ހަމަޖައްސައިދީފައި ނުވާ ކަމަށް ބުނެ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހަށް ފަސްކޮށްފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
ޑްރަގްގެ އަމަލުތައް ހިންގި ތަނެއްގެ ވެރިފަރާތެއް ޖަލަށް
މަސްތުވާތަކެތި ބޭނުން ކުރުމުގެ އަމަލުތައް ހިންގުމަށް ބޭނުން ކުރަމުންދިޔަ ތަނެއްގެ ވެރިފަރާތެއްގެ މައްޗަށް ފުރަތަމަ ފަހަރަށް ކުށް ސާބިތުވެ، އޭނާ 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ރިސޯޓު ކުލިން ނުލިބި 97 މިލިއަން ޑޮލަރު، އޮޕަރޭޓް ކުރަމުން އަންނަ ރިސޯޓުތައް ވެސް ހިމެނޭ!
ރިސޯޓު ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ނުލިބި 97 މިލިއަން ޑޮލަރު ނުލިބި އެބަހުރި ކަމަށާއި އެ ފައިސާ ހޯދުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ބާރަށް ކުރިއަށް ގެންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީނު މިއަދު ވިދާޅުވެއްޖެ އެވެ،
އެޑިޓަރުގެ ހޮވުން
300 ޓީޗަރުންނާއި ފަންނީ ބޭފުޅުންނާ އެކު ޓީޗާސް ކޮންފަރެންސް ހޮނިހިރުގައި ފަށަނީ
300 ޓީޗަރުންނާއި ފަންނީ ބޭފުޅުންނާ އެކު ޓީޗާސް ކޮންފަރެންސް ހޮނިހިރުގައި ފަށަނީ
މިއަހަރުގެ ޓީޗާސް ކޮންފަރެންސް އަންނަ ހޮނިހިރު ދުވަހަށް ތާވަލުކޮށް، އެ ކޮންފަރެންސްގައި 300 ޓީޗަރުން ބައިވެރިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ސްކޭމް މައްސަލައެއްގައި މީހަކު ހޯދަނީ
އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގައި މީހަކު ހޯދަން އާންމުންގެ އެހީއަށް އެދިއްޖެ އެވެ.
ޗީފް އޮފް ސްޓާފް ފަޔާޒު، ސީނިއާ މިނިސްޓަރު ފެންވަރަށް މަގާމު މަތިކޮށްފި
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒުގެ މަގާމު ސީނިއާ މިނިސްޓަރު ފެންވަރަށް މަތިކޮށްފި އެވެ.
އައިކެއާ މިޑް ޓާމް ސޭލް: ދަރިވަރުންނަށް ނަންބަރު އައިނު ފްރޭމްތަކުން ޑިސްކައުންޓު
ސްކޫލްތަކުގެ މިޑް ޓާމް ބަންދާ ދިމާކޮށް، ދަރިވަރުންނަށް ހާއްސަކޮށްގެން އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ނަންބަރު އައިނު ފްރޭމްތަކުން 25 ޕަސެންޓުގެ ބޮޑު ޑިސްކައުންޓެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ބަނދަރުގެ މަސައްކަތް ޗައިނާއާ ހަވާލުކުރީ ގާނޫނާ އެއްގޮތަށް: ދިވެހި ސަރުކާރު
ތިލަފުއްޓަށް ބަދަލުކުރަން ނިންމާފައިވާ މާލޭ ވިޔަފާރި ބަނދަރުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކުރީ އިންޑިއާ ދުރުކުރުމަށް ފަހު، ވަކި ފަރާތަކަށް އިސްކަންދީގެން ކަމަށް ބުނެ ދެެކެވޭ ވާހަކަތައް ދިވެހި ސަރުކާރުން މިއަދު ދޮގުކޮށްފި އެވެ.