"މައުލޫމާތު އާންމުކުރުމަކީ ޒިންމާދާރުކުރަން އެޅި ފިޔަވަޅެއް"
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އާރުޓީއައިއަކާ ނުލައި ވެސް ސަރުކާރުގެ އިދާރާތަކުގެ އިތުރުން ރައީސް އޮފީހުން ކޮންމެހެން ހާމަކޮށްފައި ހުންނަންޖެހޭ މައުލޫމާތު މި ސަރުކާރުން އާންމުކުރުމަކީ އާންމުންނަށް މައުލޫމާތު ލިބޭނެ ގޮތް ހަރުދަނާކުރުމާ އެކު، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެޅި މުހިއްމު ފިޔަވަޅެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ޒަމީރު އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކަށްޓަކައި: މުންދު
ފިނޭންސް މިނިސްޓަރުގެ މަގާމުން މޫސާ ޒަމީރު މިއަދު އިސްތިއުފާ ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ނޫން ކަމަށާއި އެއީ ޒަމީރުގެ އަމިއްލަ ނިންމެވުމެއް ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
މަގު ހުރަސްކުރި މީހެއް ގައިގައި ސައިކަލަކުން ޖެހި ފަރުވާދެނީ
ސައިކަލެއް ކޮންޓްރޯލް ނުވެ ކަހާލައިގެން ގޮސް ކަފިހިހުރަަސްމަތިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓުވެ ސީރިއަސް އަނިޔާތަކެއް ލިބި ފަރުވާދޭން ފަށައިފި އެވެ.
ފިނޭންސް މިނިސްޓަރަކަށް ޓެކްސް ކޮމިޝަނަރު ޒަރީރު
އާ ފިނޭންސް މިނިސްޓަރަކަށް ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ހަސަން ޒަރީރު ދެންމެ އައްޔަން ކުރައްވައިފި އެވެ.
އެޑިޓަރުގެ ހޮވުން
ގަތަރުގައި އޮލިމްޕިކްސް ބާއްވަން ކުރާ ބިޑުގެ ސީއީއޯއަކަށް އުރީދޫ މޯލްޑިވްސް ޗެއާޕާސަން
ގަތަރުގައި އޮލިމްޕިކްސް ބާއްވަން ކުރާ ބިޑުގެ ސީއީއޯއަކަށް އުރީދޫ މޯލްޑިވްސް ޗެއާޕާސަން
ގަތަރުގައި 2036 ވަނަ އަހަރުގެ އޮލިމްޕިކް އަދި ޕެރަލިމްޕިކް ގޭމްސް ބޭއްވުމަށް ކުރާ ބިޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް އުރީދޫ މޯލްޑިވްސްގެ ޗެއާޕާސަން ފާތިމާ ސުލްތާނާ އަލް ކުވާރީ އައްޔަންކޮށްފި އެވެ.
ދޮންދަރިއާ ބެހުނު މީހަކު ސަލާމަތްވި ހުކުމެއް ބާތިލްކޮށްފި
އަންހެން ދޮންދަރިއަށް ތަކުރާރުކޮށް ޖިންސީ ގޯނާކުރި ކަމުގެ ދައުވާ އުފުލާފައިވާ މީހަކު ދަށު ކޯޓުން ސަލާމަތްވި ހުކުމެއް ހައި ކޯޓުން ބާތިލްކޮށްފި އެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް "ކާމް ރޫމެއް" ވެލާނާ އެއާޕޯޓުގައި ހުޅުވައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިދުމަތް ހޯދާ ފަސިންޖަރުންގެ ތެރެއިން ހާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން "ކާމް ރޫމެއް" ޓާމިނަލް 1 ގައި މިއަދު ހުޅުވައިފި އެވެ.
ވަތަނީ ހިދުމަތް ފުރިހަމަކުރި 352 ކުދިން ނޭޝަނަލް ސާވިސް ޓްރެއިނިންއަށް ފުރައިފި
ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނު ފުރިހަމަކުރި 352 ބައިވެރިން ނޭޝަނަލް ސާވިސް ޓްރެއިނިންއަށް ފުރާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކޮންމެހެން ހާމަކުރަންޖެހޭ މައުލޫމާތު ހުރިހާ މިނިސްޓްރީއަކުން ފުރަތަމަ ފަހަރަށް އާންމުކޮށްފި
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، އާރުޓީއައިއަކާ ނުލައި ވެސް ސަރުކާރުގެ އިދާރާތަކުގެ އިތުރުން ރައީސް އޮފީހުން ކޮންމެހެން ހާމަކޮށްފައި ހުންނަންޖެހޭ މައުލޫމާތު ހުރިހާ ތަނަކުން ތާރީހުގައި ފުރަތަމަ ފަހަރަށް ހާމަކޮށްފި އެވެ.