އޯޓީއޭތަކާއި ޓްރެވެލް އެޖެންސީތަކުން ޓެކްސްނަގަން ފާސްކޮށްފި
ޓޫރިސްޓުންނަށް ރާއްޖެ އިން ބުކިން ހަދައިދޭ ބުކިން ޕްލެޓްފޯމްތަކާއި ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެެލް އެެޖެންޓުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް، ޓެކްސްއާ ބެހޭ ގާނޫނު ބަދަލުކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ޑިސެމްބަރުގައި ފްލެޓް ލިސްޓް ނެރޭނެ، އަންގާނީ ޕޯޓަލްއިން
މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުވާލާފައިވާ ގޯއްޗާއި ފްލެޓު ލިބުނު މީހުންގެ ލިސްޓު މިއަހަރުގެ ޑިސެމްބަރަށް ނެރޭނެ ކަމަށާއި މިހާރު ކުރިއަށް ދަނީ އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.
"ޕެޓިޝަން ގަވާއިދު ބަދަލުކުރީ ފުރުސަތު ބޮޑުކުރަން"
އެއް ކަމަކަށް ތަކުރާރުކޮށް ޕެޓިޝަން ހުށަނޭޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އޮތް މާއްދާ އުވާލީ ރައްޔިތުންނަށް ދޭ ފުރުސަތު އިތުރުުކުރަން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ރައްދު ދެއްވައިފި އެވެ.
އަމާޒަކީ 2028ގެ އޮގަސްޓްގައި ފްލެޓްތައް ހަވާލުކުރުން: ނާޒިމް
ހުޅުމާލޭގައި ދެ މަޝްރޫއެއްގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަދޭ. އެ ފްލެޓްތަކާ އެކު ޖުމްލަ 13،000 ފްލެޓުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށް ނާޒިމް ވިދާޅުވި.
އެޑިޓަރުގެ ހޮވުން
ބަހުސެއް އޮތަސް ތާއީދު ބޮޑު ޓެކްސްއެއް!
ބަހުސެއް އޮތަސް ތާއީދު ބޮޑު ޓެކްސްއެއް!
ރާއްޖެ އަށް ޓޫރިސްޓުން ގެނައުމުގެ މަސައްކަތުގައި ބޭނުންކުރާ އޮންލައިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންސީތަކުގެ ވިޔަފާރިން ޖީއެސްޓީ ނަގަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ މެދު ކުރި ބަހުސްގައި ފެނުނީ އިދިކޮޅު ގިނަ މެމްބަރުން ވެސް އެއްކޮޅަށް އެރި ތަނެވެ. އެ ޕްލެޓްފޯމްތަކުން މިހާތަނަށް ބޮޑު ނަފާއެއް ހޯދަމުން އަންނައިރު، ރާއްޖޭގެ އިގުތިސާދަށް އެއްވެސް އެއްޗެއް ނުވަދެ އެތައް ދުވަހެއް ވެފައި ވާތީ އޭގެ ކަންބޮޑުވުން އިންތިހާ އަށް އޮތެވެ.
ތިލަމާލެ ބްރިޖު: ފަހު ސެގްމެންޓާއެކު މާލެ އާއި ވިލިމާލެ ގުޅުވާލައިފި
ހައުސިން މިނިސްޓްރީން ބުނީ ތިލަމާލެ ބްރިޖުގެ މާލެ އާއި ވިލިމާލެއާ ދެމެދުގެ އެންމެ ފަހު ސެގްމެންޓް ލޯންޗުކޮށް، މާލެއާއި ވިލިމާލެ ގުޅުވާލެވިފައިވާ ކަމަށެވެ.
ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތުހޯލްޑިން ޓެކްސް 10 ޕަސެންޓަށް ބޮޑުކުރަން ފާސްކޮށްފި
ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ކޮންޓްރެކްޓަރަކަށް ރާއްޖޭގެ ވިޔަފާރިވެރިން ދައްކަން ޖެހޭ ފައިސާގެ ތެރެއިން، އުނިކޮށްގެން ނަގާ "ވިތުހޯލްޑިން ޓެކްސް" ފަސް ޕަސެންޓުން 10 ޕަސެންޓަށް ބޮޑުކުރަން ސަަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީަހަށް ހުށަހެޅި ބިލު މިއަދު ފާސްކޮށްފި އެވެ.
ދަރޭތި
(ބުދަ ދުވަހާ ގުޅޭ)
ނަޝީދު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހަކީ "ބަޣާވާތެއް" ފައްކާކުރުން ކަމަށް!
ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކުން ފައްކާކުރަނީ "ބަޣާވާތެއް" ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.