"އިޒްރޭލުގެ ގަތުލްއާންމު ހުއްޓުވަން ކުރީ ކޮން ކަމެއް؟"
އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ގަތުލްއާންމު ހުއްޓުވަން ގައުމުތަކުންނާއި އދ. އިން ކުރީ ކޮން ކަމެއްތޯ އަމިއްލަ ނަފުސާ ސުވާލުކުރުމަށް އދ.ގެ އާންމު މަޖިލީހުގައި ރާއްޖޭގެ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އެދިވަޑައިގެންފި އެވެ.
ވީޓޯ އުވާލައި، ކުދި ގައުމުތަކަށް ގޮނޑި ދޭންޖެހޭ: ރާއްޖެ
އދ.ގެ ސަލާމަތީ މަޖިލީހުގައި ބޮޑު ފަސް ގައުމަކަށް ދީފައި އޮންނަ ވީޓޯ ކުރުމުގެ ބާރު އުވާލައި، ކުދި ގައުމުތަކަށް ހާއްސަ ގޮނޑިއެއް ކަނޑައަޅަން ޖެހޭ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓު އަޅަން މާލޭން ބިމެއް ހަމަޖައްސައިފި
ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ވެރިކަމުގައި ރިޔާސީ ގަނޑުވަރުގެ ގޮތުގައި ބޭނުންކުރި އިމާރާތުގައި މިހާރު ހިނގަމުންދާ ސުޕްރީމް ކޯޓަށް ހާއްސަ އާ އިމާރާތެއް އެޅުމަށް މާލޭން ބިމެއް ހަމަޖައްސައިފި އެވެ.
އީގަލް ހިލްސްގެ މަޝްރޫއުގެ ސަބަބުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ: ރައީސް
ދުބާއީގެ އީގަލް ހިލްސްއާ އެކު ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓަފްރޮންޓް އެންޑް މެރީނާ" މަޝްރޫއުގެ ސަބަބުން ރައްޔިތުންނަށް ދޭން ނިންމާފައިވާ އެއްވެސް ބޯހިޔާވަހިކަމެއް މަދެއް ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެޑިޓަރުގެ ހޮވުން
ނަތަންޔާހޫ ތަގުރީރު ފެށުމާއެކު، ރާއްޖެ އާއެކު ގިނަ ގައުމުތައް މާލަމުން ނުކުމެއްޖެ
ނަތަންޔާހޫ ތަގުރީރު ފެށުމާއެކު، ރާއްޖެ އާއެކު ގިނަ ގައުމުތައް މާލަމުން ނުކުމެއްޖެ
ނަތަންޔާހޫ ވާހަކަދައްކަން ޕޯޑިއަމްގައި ހުއްޓުމާ އެކު މާލަމުން ނުކުމެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ ނައިބުރައީސް ހުސައިން މުހައްމަދު ލަތީފާއި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމާއި ރާއްޖޭގެ ވަފުދުގެ އެހެން ބޭފުޅުން ހިމެނެ އެވެ.
މަސްޖިދުލް ހަރަމްގެ އިމާމް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މަސްޖިދުލްހަރަމްގެ އިމާމް އަދި ޚަތީބު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
ބަވަނަވިޔަސް ދިވެހި އިސްލާމީ ސަގާފީ އައިޑެންޓިޓީ ދެމެހެއްޓުން
އައިޑެންޓިޓީއަކީ ޙަޟާރަތްތަކަށް އަންނަ ބަދަލުތަކުގެ ތޫފާނީ ރާޅުތަކުގެ ތެރޭގައި ސާބިތުކަން ދަމަހައްޓައިދޭ ބާރެކެވެ. ދިވެހިރާއްޖޭގެ ހާލަތަށް ބަލާއިރު، ދިވެހިންގެ މިއަދުގެ އައިޑެންޓިޓީ އަކީ ޒަމާންތަކެއް ވަންދެން ސާފު އިސްލާމީ ޢަޤީދާ އާއި ރާއްޖޭގެ ޖަޒީރާ ވެއްޓާ އެކުވެގެން އުފެދިފައިވާ ތަހުޒީބީ ބިނާއެކެވެ. ތަފާތު ގަބޫލުކުރުންތަކެއްގެ މަތީގައި ވިހުރިފައި އޮތް ރަށްތަކެއް ތައުހީދުގެ ހިޔާދަށުގައި އެއްބައިވަންތަ އުންމަތަކަށް ބަދަލުކޮށް، އިސްލާމީ ޝަރީއަތުގެ މަތިވެރި އުސޫލުތަކުގެ މައްޗަށް ދިރިއުޅުން ބައްޓަން ކޮށްދިނީ އިސްލާމްދީނެވެ.
އައްޑޫ ލިންކު ރޯޑު ހަދަން ޗައިނާގެ ކުންފުންޏަކަށް
މިނިސްޓްރީން ބުނީ އެ އެގްރިމެންޓުގެ ދަށުން ޑީޓުއާ ބްރިޖުން ފެށިގެން ހިތަދޫ ސްޓޭޑިއަމާ ހަމައަށް ލިންކު ރޯޑު ހަތަރު ލޭނަށް ފުޅާކޮށް އެ މަގުގެ 12.3 ކިލޯމީޓަރުގެ މަގު ތަރައްގީކުރާނެ ކަމަށެވެ.
ރާއްޖޭގެ ތަރައްގީގައި ޗައިނާގެ ހިއްސާ ފެންނަނީ ދިވެހިންގެ ދިރިއުޅުމަށް އައި ކުރިއެރުމުން: ރައީސް
ރާއްޖޭގެ އުމްރާނީ އިޖުތިމާއީ ތަރައްގީގައި ޗައިނާއިން ދެމުންދާ އެހީތެރިކަން ފެންނަމުންދަނީ ދިވެހިންގެ ދިރިއުޅުމަށް އައިސްފައިވާ ކުރިއެރުންތަކުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.