ބްރިޖު މަތިން ފުންމާލި ބިދޭސީމީހާ ހައްޔަރުކޮށްފި
އަމިއްލަ ނަފުސަށް ގެއްލުން ދިނުމުގެ ގޮތުން ސިނަމާލެ ބްރިޖު މަތިން ފުންމާލި ބިދޭސީއަކު ފަރުވާ ހޯދުމަށް އެޑްމިޓް ކޮށްފައި އޮއްވައި، ހައްޔަރުކޮށްފި އެވެ.
މަސްޖިދުލް ހަރަމްގެ އިމާމް އައްދައުސަރީ ރާއްޖެއަށް
މަސްޖިދުލްހަރަމްގެ އިމާމް އަދި ޚަތީބު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
ނަތަންޔާހޫ ތަގުރީރު ފެށުމާއެކު، ރާއްޖޭގެ ވަފްދު ނުކުމެއްޖެ
ނަތަންޔާހޫ ވާހަކަދައްކަން ޕޯޑިއަމްގައި ހުއްޓުމާ އެކު މާލަމުން ނުކުމެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ ނައިބުރައީސް ހުސައިން މުހައްމަދު ލަތީފާއި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމާއި ރާއްޖޭގެ ވަފުދުގެ އެހެން ބޭފުޅުން ހިމެނެ އެވެ.
އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު އަންހެންމީހާ ނިޔާވެއްޖެ
މާލޭގައި ދެ ސައިކަލް ޖެހި މިދިޔަ އާދިއްތަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންގެ ތެރޭގައި ހިމެނޭ އަންހެން މީހާއަށް ފަރުވާދެމުން އަންނަނިކޮށް މިއަދު ނިޔާވެއްޖެ އެވެ.
އެޑިޓަރުގެ ހޮވުން
ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާގެ ޕްލެޓިނަމް ސްޕޮންސާއަކަށް ބީއެމްއެލް
ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާގެ ޕްލެޓިނަމް ސްޕޮންސާއަކަށް ބީއެމްއެލް
ވިޒިޓް މޯލްޑިވްސް އިން ބުނީ، ދިހަ އަހަރަށް ފަހު ވޯލްޑް ޓްރެވަލް އެވޯޑްސް އަލުން ރާއްޖެއަށް އަންނައިރު، އެ ހަފުލާ ވާނީ ދުނިޔޭގެ ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތައް އެއްތަނަކުން ބައްދަލުވާ މުހިންމު އިވެންޓަކަށް ކަމަށެވެ.
ތިން މިނިސްޓްރީގައި ރޯވިއިރު އިންޝުއަކޮށްފައި ހުރީ އެންމެ ތަނެއް
މީގެ ދެ އަހަރުކުރިން ތިން މިނިސްޓްރީއެއް އަނދާ އަޅިއަށްވިއިރު އޭގެ ތެރެއިން އިންޝުއަ ކޮށްފައި ހުރީ އެންވަޔަރްމަންޓް މިނިސްޓްރީ އެކަނި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ބަވަނަވިޔަސް ދިވެހި އިސްލާމީ ސަގާފީ އައިޑެންޓިޓީ ދެމެހެއްޓުން
އައިޑެންޓިޓީއަކީ ޙަޟާރަތްތަކަށް އަންނަ ބަދަލުތަކުގެ ތޫފާނީ ރާޅުތަކުގެ ތެރޭގައި ސާބިތުކަން ދަމަހައްޓައިދޭ ބާރެކެވެ. ދިވެހިރާއްޖޭގެ ހާލަތަށް ބަލާއިރު، ދިވެހިންގެ މިއަދުގެ އައިޑެންޓިޓީ އަކީ ޒަމާންތަކެއް ވަންދެން ސާފު އިސްލާމީ ޢަޤީދާ އާއި ރާއްޖޭގެ ޖަޒީރާ ވެއްޓާ އެކުވެގެން އުފެދިފައިވާ ތަހުޒީބީ ބިނާއެކެވެ. ތަފާތު ގަބޫލުކުރުންތަކެއްގެ މަތީގައި ވިހުރިފައި އޮތް ރަށްތަކެއް ތައުހީދުގެ ހިޔާދަށުގައި އެއްބައިވަންތަ އުންމަތަކަށް ބަދަލުކޮށް، އިސްލާމީ ޝަރީއަތުގެ މަތިވެރި އުސޫލުތަކުގެ މައްޗަށް ދިރިއުޅުން ބައްޓަން ކޮށްދިނީ އިސްލާމްދީނެވެ.
އައްޑޫ ލިންކު ރޯޑު ހަދަން ޗައިނާގެ ކުންފުންޏަކަށް
މިނިސްޓްރީން ބުނީ އެ އެގްރިމެންޓުގެ ދަށުން ޑީޓުއާ ބްރިޖުން ފެށިގެން ހިތަދޫ ސްޓޭޑިއަމާ ހަމައަށް ލިންކު ރޯޑު ހަތަރު ލޭނަށް ފުޅާކޮށް އެ މަގުގެ 12.3 ކިލޯމީޓަރުގެ މަގު ތަރައްގީކުރާނެ ކަމަށެވެ.
ސުޕްރީމް ކޯޓު އަޅަން މާލޭން ބިމެއް ހަމަޖައްސައިފި
ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ވެރިކަމުގައި ރިޔާސީ ގަނޑުވަރުގެ ގޮތުގައި ބޭނުންކުރި އިމާރާތުގައި މިހާރު ހިނގަމުންދާ ސުޕްރީމް ކޯޓަށް ހާއްސަ އާ އިމާރާތެއް އެޅުމަށް މާލޭން ބިމެއް ހަމަޖައްސައިފި އެވެ.