ފްލެޓްތަކުގެ ބެލްކަނި މަރާމާތުކުރަން އެޗްޑީސީން ހުޅުވާލައިފި
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)ގެ ބެލުމުގެ ދަށުގައިވާ ފްލެޓްތަކާއި އެހެން އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރަން، އެ އިމާރާތްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީ ރެއިލިންތައް ގަވާއިދަށް ފައްތައި މަރާމާތުކުރަން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލައިފި އެވެ.
200 އަށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން ވަކިކޮށްފި
ވަކިކުރީ ޑެޕިއުޓީ/ސްޓޭޓް މިނިސްޓަރުންނާއި ޕޮލިޓިކަލް ޑިރެކްޓަރުންނާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން. ސަރުކާރުގެ ހަރަދު ކުޑަކުރަން އެސްއޯއީތައް ރައިޓް ސައިޒްކޮށް ނިމޭއިރު މި ސަރުކާރުން ވަޒީފާތަކަށްލީ މީހުންގެ އަދަދަށް ވުރެ ބޮޑު އަދަދެއް އުނިވެގެންދާނެ ކަމަށް ވިދާޅުވި.
ޔާމީންގެ ވެރިކަން ނި،މުނީ ބޮޑާކަމުން: އަބްދުއްރަހީމް
"ވެރިކަން ނިމުނީ ބޮޑާކަމުން. ވެރިކަން ނިމުނީ ކިބުރުވެރިކަމުން. ވެރިކަން ނިމުނީ ނުލަފާ ކަމުން. ވެރިކަން ނިމުނީ ބަސްނޭހީމާ. ވެރިކަން ނިމުނީ އަދުލުއިންސާފު ގާއިމްނުކުރީމާ. ވެރިކަން ނިމުނީ އަނިޔާވެރިވީމާ. ވެރިކަން ނިމުނީ ހިޔާނާތްތެރިވީމާ. ވެރިކަން ނިމުނީ ދިވެހިރައްޔިތުންގެ ބޭތުލްމާލު ދިރުވާލީމާ"
މިވަގުތަށް ވެސް ސްޓިކާ ޖެހުން ނޫން ހައްލެއް އެބައޮތް؟
އެއްގަމު ދަތުރުފަތުރުގެ މައްސަލަތައް ހައްލު ކުރަން ބޭނުންވާ ނަމަ ކޮންމެ ވެރިކަމެއް ދައުރު ނިމޭއިރު ޓްރެފިކް ވަޔަލޭޝަންގެ ޖޫރިމަނާތައް މާފުކުރުމުގެ ސަގާފަތް ވެރިން ދޫކޮށްލަން ޖެހޭ. އޭގެ ސަބަބުން އާންމުންގެ އަހުލާގު ދަށްވެ، ގާނޫނާއި ގަވާއިދުތަކަށް ބޯލެނބުމާއި އިހުތިރާމު ކުރުން ކުޑަވޭ.
އެޑިޓަރުގެ ހޮވުން
އިތުބާރު ކުރެވޭ މާކެޓް އިންފްރާސްޓްރަކްޗާއެއް ބިނާކުރަން އެމްއެސްއީ އާއި އެމްއެސްޑީގެ މުހިންމު މަސައްކަތްތަކެއް
އިތުބާރު ކުރެވޭ މާކެޓް އިންފްރާސްޓްރަކްޗާއެއް ބިނާކުރަން އެމްއެސްއީ އާއި އެމްއެސްޑީގެ މުހިންމު މަސައްކަތްތަކެއް
ރާއްޖޭގެ ކެޕިޓަލް މާކެޓްގެ އިންފްރާސްޓްރަކްޗާ މިހާރަށް ވުރެ ހަރުދަނާކޮށް، ވިޔަފާރިތަކާއި އިންވެސްޓަރުންނަށް އިތުރު ފުރުސަތު ހޯދާދެވޭނެ މަގުތައް ވަނީ ބޭނުންވެފަ އެވެ.
ދަރޭތި
(ބުދަ ދުވަހާ ގުޅޭ)
ރާއްޖޭގެ ޓީމާ މެދު ހުތުރުކޮށް މުއާމަލާތް ކުރި ލަންކާގެ ކޯޗު ވަކިކޮށްފި
ރާއްޖޭގެ ގައުމީ 20 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ހުތުރު ބަހުން މުއާމަލާތްކޮށް، ހަމަނުޖެހުން ހިންގަން އުޅުނު މައްސަލައިގައި ސްރީ ލަންކާގެ 20 އަހަރުން ދަށުގެ ޓީމުގެ އެސިސްޓެންޓް ކޯޗު މުހައްމަދު އިމްރާން މަގާމުން ވަކިކޮށްފި އެވެ.
ކެންގަރޫ ކިޑްސް އާއި ބިލަބޮންގް ހައިގެ ހުޅުމާލެ ސްކޫލްގައި އަންނަ އަހަރު ގްރޭޑް 2 އާ ހަމައަށް ކިޔަވައިދެނީ
އަންނަ ދިރާސީ އަހަރު ހުޅުވަން ތައްޔާރުވަމުން އަންނަ ކެންގަރޫ ކިޑްސް އަދި ބިލަބޮންގް ހައި ގެ ހުޅުމާލެ 2ގެ ސްކޫލްގައި ކިޔަވައިދިނުމަށް ހަމަޖެހިފައި ވަނީ ޕްރީ ސްކޫލްގެ ހުރިހާ ގްރޭޑުތަކަކާއި ގްރޭޑް 1 އަދި 2 އަށް ކަމަށް އެ ސްކޫލުން އިއުލާނުކޮށްފި އެވެ.
ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ހާއްސަ ހިނގާލުން ބާއްވައިފި
ޖުމްހޫރީ މައިދާނުން ފެށި އެ ހިނގާލުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޕޮލިސް ކޮމިޝަނަރު އަހްމަދު މުހައްމަދު އަދި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީ ބައިވެރިވެވަޑައިގެންނެވި އެވެ.