ހައުސިން ލޯނުގެ އިކުއިޓީ ހިލޭ ދޭ ސްކީމަށް ހުޅުވާލަނީ
"އާއިލާ ތެރޭގައި އެންމެން އެއްވެގެން މިސާލަކަށް، އެ ގޭގެ ފައިނޭންސަށް ބޭނުންވާ އިކުއިޓީއަށް ބޭނުންވާ ކޮމްޕޯނަންޓް ހަމަކުރުމަށް ސަރުކާރުން މިދެނީ އަނބުރާ ދައްކަން ނުޖެހޭ ވަކި އަދަދެއްގެ ފައިސާ"
ޔާމީން ފުލުހަށް ހާޒިރުކުރަން މަސައްކަތް ކުރަނީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައި އެމަނިިކުފާނަށް ޗިޓް ހަވާލުކުރަން މަސައްކަތް ކުރަމުންދާ ކަން އެނގިއްޖެ އެވެ.
ދިރާގާއި އެމްޑަބްލިއުއެސްސީގެ މެޖޯރިޓީ ހިއްސާ ސަރުކާރަށް
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ 100 ޕަސެންޓު ހިއްސާ ސަރުކާރަށް ހޯދުމުގެ މަސައްކަތްތައް ފަށަން ކެބިނެޓުން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފި އެވެ.
60،000ރ. އިން މަތީގެ އާމްދަނީ ލިބޭ މީހުންނަށް އާސަންދައިގެ ފުލް ކަވަރޭޖު އަންނަ މަހުން ފެށިގެން ނުލިބޭނެ
އާމްދަނީގެ ގޮތުގައި މަހަކު 60،000ރ. އަށް ވުރެ ގިނައިން ލިބޭ މީހުންނަށް އާސަންދައިގެ ފުލް ކަވަރޭޖު އަންނަ މަހުން ފެށިގެން ނުލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެޑިޓަރުގެ ހޮވުން
ބުޅާތަކަށް ކާން އަޅާ މައްސަލާގައި ކޯޅުން ބޮޑުވެއްޖެ
ބުޅާތަކަށް ކާން އަޅާ މައްސަލާގައި ކޯޅުން ބޮޑުވެއްޖެ
ފިރިހެނަކު ރުޅިވެރިކަމާ އެކު ބުނަނީ ފާޑުފާޑަށް މިތަނަށް އައިސް ބުޅަލަށް ކާން ނޭޅުމަށެވެ. އިންޒާރުގެ ރާގުގައި އެ މީހާ އެހެން ބުނުމާ އެކު އަންހެނަކު ބުނާތީ އިވެނީ އެކަމަކު ބުޅަލުގައި ޖަހަން ނުޖެހޭނެ ކަމަށެވެ. އެހެން ބުނާ އަންހެން މީހާ އެ ވީޑިއޯއަކުން ނުފެނެ އެވެ. އޭނާ ތުހުމަތުކުރީ ވީޑީއޯއިން ފެންނަ މީހާ ބުޅަލަށް އަނިޔާކުރި ކަމަށެވެ.
އާރުޑީސީ އުވާލައި އެމްޓީސީސީގެ ދަށަށް މަސައްކަތްތައް ބަދަލުކުރަން ނިންމައިފި
ރާއްޖޭގެ ރަށްރަށުގެ މަގުތައް ތަރައްގީ ކުރުމަށް މީގެ ހަ އަހަރު ކުރިން އުފެއްްދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އުވާލައި، އެ ކުންފުނީގެ ދަށުން ހިންގި މަސައްކަތްތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ ވިދާޅުވެއްޖެ އެވެ.
ހެލްމެޓެއް ވަގަށް ނެގި ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
ހެލްމެޓެއް ވަގަށް ނެގި މައްސަލައެއްގައި ދެ މީހެއްގެ ވީޑިއޯ އާންމުކޮށް، އެ މީހުން ދެނެގަތުމަށް ފުލުހުން އާންމުންގެ އެހީއަށް އެދެފި އެވެ.
ހުރިހާ ދިވެހިން ހިއްސާވާ ރިސޯޓުތަކުގެ މަސައްކަތް ނޮވެމްބަރުގައި ފަށަނީ
ސަރުކާރުން ހަދާ ރިސޯޓުތަކުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހު ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއެއް ފަށަނީ
އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއެއް ފަށަން ސަރުކާރުން ނިންމައި، ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު އެކަން އިއުލާން ކުރައްވައިފި އެވެ.