"ކަޅު އިގްތިސާދު" ގެ ޑޮލަރު ބޭރުވުން ހުއްޓުވައިފިން: ލަންކާ
ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އާއި ސްރީ ލަންކާ ކަސްޓަމްސް ގުޅިގެން ކުރި މަސައްކަތުން މިހާރު ވަނީ ގައުމުގެ "ކަޅު އިގްތިސާދުން" ގާނޫނުތަކާއި ގަވާއިދާ ހިލާފަށް ޑޮލަރު ބޭރުކުރުން އެއްކޮށްހެން ހުއްޓުވިފައި ކަމަށް ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސެނަޔަކަށް އިއްޔެ ވިދާޅުވެއްޖެ އެވެ.
ޔާމީން ދެއްކެވި ވާހަކައިގެ ހަގީގަތް ހޯދަން ތަހުގީގު ކުރަނީ!
ތިން މިނިސްޓްރީއަކާއި މާލެ ސިޓީ ކައުންސިލްގެ ބައެއް ހިންގަމުން އައި އިމާރާތުގައި ޑިސެމްބަރު 2024 ހިނގި އަލިފާނުގެ ހާދިސާއާ ގުޅުވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ދެއްކެވި ވާހަކަފުޅުގެ ހަގީގަތް ހޯދައި، ތަހުގީގުގައި އިތުރަށް ބަލަންޖެހޭ ކަމެއް އޮތް ނަމަ އެ ކަމެއް ބަލަން ހޯމް މިނިސްޓަރު އަލީ އިހުސާން އަންގަވައިފި އެވެ.
ފާމަސީތަކުގެ ބޭހުގެ ސްޓޮކް ސްޓޭޓް ފާމާއަށް ބެލޭގޮތް ހަދައިފި
ފާމަސީތަކުގައި ހުރި ބޭހުގެ ސްޓޮކް، ސްޓޭޓް ފާމާ އަށް ވަގުތުން ބެލޭނެ ގޮތް ހަމަޖައްސައިފި އެވެ.
ރޮބޮޓް ބޭނުންކޮށްގެން ކަކުލުހުޅު ބަަދަލުކުރަން ރާއްޖޭގައި ކުރި ފުރަތަމަ ސާޖަރީ އޭޑީކޭގައި
އިންފްރާރެޑް ކެމެރާއަކާއި އޮޕްޓިކަލް ޓްރެކާސް ބޭނުންކޮށްގެން އަވަސްކަމާ އެކު ކަކުލުހުޅު ބަދަލުކުރަން ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އެއް ރޮބޮޓް ގެނެސް، ރާއްޖޭގެ ފުރަތަމަ ރޮބޮޓިކް ސާޖަރީ އޭޑީކޭ ހޮސްޕިޓަލްގައި އިއްޔެ ކޮށްފި އެވެ.
އެޑިޓަރުގެ ހޮވުން
ވިޔަފާރިތަކަށް ފައިނޭންސިން ދޭން 1.5 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް
ވިޔަފާރިތަކަށް ފައިނޭންސިން ދޭން 1.5 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް
އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ)އާއި ދިވެހި ސަރުކާރާ ދެމެދު 1.5 ބިލިއަން ޑޮލަރުގެ ފައިނޭންސިން ފްރޭމްވޯކް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
މަނާތަކެތި ރާއްޖޭގެ މަގުން ރަޝިޔާ އަށް ގެންދާ ނަމަ ފިޔަވަޅު އެޅެން ޖެހޭނެ، އެކަން އަންނަނީ ބަލަމުން: ސަރުކާރު
ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތަކުން "ރެކެން" ރާއްޖެއަކީ މުހިންމު މަގެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް ބުނެ 'ދަ ވޯލް ސްޓްރީޓް ޖާނަލް' އިން ރިޕޯޓު ކޮށްފައި ވާތީ އެކަން ބަލަމުން އަންނަ ކަމަށް ސަރުކާރުން ބުނެފި އެވެ.
ކްރެޑިޓް ކާޑާއި އަމިއްލަ ލޯނުގެ އަދަދު 9.2 ބިލިއަނަށް
އަމިއްލަ ބޭނުންތަކަށް ނަގާ ލުއި ލޯނުތަކާއި ކްރެޑިޓް ކާޑަށް ބޭންކްތަކުން މިހާތަނަށް ދޫކޮށްފައިވާ ފައިސާގެ އަދަދު 9.2 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ކައްދޫ އެއާޕޯޓުގެ ގެއްލުން 325 މިލިއަން ރުފިޔާއަށް!
މިދިޔަ އަހަރު ނިމުނު އިރު ކައްދޫ އެއާޕޯޓްސް ކޮމްޕެނީއަށް 29.5 މިލިއަން ރުފިޔާގެ ގެއްލުމާ އެކު އެ ކުންފުންޏަށް މިދިޔަ އަހަރުތަކުގައި ލިބުނު ގެއްލުމުގެ އަދަދު 325 މިލިއަން ރުފިޔާއަށް އަރައިފި އެވެ.
އިންފޮމޭޝަން ކޮމިޝަނަރަކަށް އަބްދުލްއަޒީޒް ޖަމާލް އައްޔަން ކުރައްވައިފި
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިން ވެސް އެ މަގާމު ފުރުއްވާފައިވާ އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަން ކުރައްވައިފި އެވެ.