ކޮމިޝަނާ އޮފް ސްޕޯޓްސް ތޮލާލް ރައީސް އޮފީހަށް
ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި ހުންނެވި މުހައްމަދު ތޮލާލް، މިނިސްޓަރުންގެ ފެންވަރުގެ ރައީސް އޮފީހުގެ އިސް މަގާމަކަށް އައްޔަންކުރައްވައި، އެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމަށް އާ ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ.
ލިމިޓް ރިސެޓްވުމާއެކު ސިކުންތަކު 70 އަށްވުރެ ގިނަ މުއާމަލާތް
ބީއެމްއެލްގެ ތަރުޖަމާނު މުހައްމަދު ސައީދު ވިދާޅުވީ، ބޭންކުގެ ކަސްޓަމަރުންގެ އެދުމުގެ މަތިން ރީސެޓްވާ ގަޑި ހާމަކުރުމުން މިހާރު ގިނަ ކަސްޓަމަރުން ގަންނަން ބޭނުންވާ ތަކެތި ކާޓަށް އަޅައިގެން ތައްޔާރަށް ތިބުމާއެކު މި ޓްރާންސެކްޝަންތައް ފުރިހަމަވެ، ދުވާލަކަށް ކަނޑައެޅިފައިވާ ބަޖެޓް ހަމަވާ ކަމަށެވެ.
މާލެ-ކުޑަހުވަދޫ ދަތުރުތައް މޯލްޑިވިއަނުން އަލުން ފަށަނީ
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އެތެރޭގެ އުދުހުންތަކުގެ ވިއުގަ ފުޅާކުރުމުގެ ގޮތުން، މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު ރާއްޖެ ވަޑައިގެންފި
ނުވަ އަހަރު ފަހުން މެލޭޝިއާގެ ބޮޑުވަޒީރަކު ރާއްޖެ ވަޑައިގެންނެވިއިރު، މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި މުހިންމު ދާއިރާތަކުން އެއްބަސްވުންތަކުގައި ސޮއިކުރާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
އެޑިޓަރުގެ ހޮވުން
ޑޮަލަރު ސްމަގްލްކުރާ ބިދޭސީން އެބަ ފާހަގަވޭ: އިހުސާން
ޑޮަލަރު ސްމަގްލްކުރާ ބިދޭސީން އެބަ ފާހަގަވޭ: އިހުސާން
ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކުމުގައި ބިދޭސީން ހަރަކާތްތެރިވަމުންދާ ކަމަށާއި އޭގެ ތެރޭގައި ޑޮލަރު ސްމަގްލް ކުރާ މީހުން ވެސް އެބައުޅޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ބޮޑު އަގުގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރިކުރާ ދެ ބިދޭސީއަކު ބަންދުކޮށްފި
ރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ބޮޑު އަގުގައި އެ ވިއްކުމުގެ ވިޔަފާރިކުރާ ދެ ބިދޭސީއަކު ބަންދުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
މިއީ ނަމޫނާ ކޮންގްރެސްއެއް، އެހެން ޕާޓީތަކުން މިކަން ތަޖުރިބާކުރަން އައުމަށް ދައުވަތު ދެން: އަދުރޭ
ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ) އިން މާދަމާ ފަށާ ކޮންގްރެސްއަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ފުރިހަމަ ކޮންގްރެސްއަށް ވާނެ ކަމަށާއި އެހެންވެ، އެހެން ޕާޓީތަކުން އެ ކޮންގްރެސްގެ ކަންކަން ބަަލައި ތަޖުރިބާކުރަން އައުމަށް ދައުވަތު ދެއްވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.
ޝަބީނާގެ ސަފީރުކަމުގެ ފަތްކޮޅު ސާބިއާގެ ރައީސަށް އަރުވައިފި
މިނިސްޓްރީން ބުނި ގޮތުގައި ރާއްޖެއިން ސާބިއާ އަށް ކަނޑައެޅި ފުރަތަމަ ސަފީރުގެ ހައިސިއްޔަތުން، ދެ ގައުމުގެ ދެމެދުގައި އުފެދެމުންދާ ގާތް ގުޅުމަށް ރިއާޔަތް ކުރައްވައި، އެ ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެރުވި އެވެ.
ކުޑަކުއްޖަކަށް ބުލީ ކުރާ ވީޑިއޯތަކެއް އާންމުވެ ފުލުހުން މައްސަލަ ބަލަނީ
އުތުރުގެ ރަށެއްގައި ފިރިހެން ކުއްޖަކަށް ބުލީ ކުރާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެ، ފުލުހުން އެ މައްސަލަ ބަލަން ފަށައިފި އެވެ.