ދެ ބޯޓު އުރުނު ތަނުގެ ސާވޭ ފަށާނީ މޫސުން ރަނގަޅުވުމުން
މާލެ ކައިރިން ބޮޑު ދެ ބޯޓު އޮޔާ ގޮސް ސިނަމާލެ ބްރިޖުގައި ޖެހުނު ހާދިސާގައި ފަރަށް ލިބުނު ގެއްލުން ބެލުން ލަސްވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް އެންވަޔަރްމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އިން މިއަދު ބުނެފި އެވެ.
"ޕީއެންސީ ކޮންގްރެސް ތަޖުރިބާކުރަން ޕާޓީތަކަށް ދައުވަތުދެން"
ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ) އިން މާދަމާ ފަށާ ކޮންގްރެސްއަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ފުރިހަމަ ކޮންގްރެސްއަށް ވާނެ ކަމަށާއި އެހެންވެ، އެހެން ޕާޓީތަކުން އެ ކޮންގްރެސްގެ ކަންކަން ބަަލައި ތަޖުރިބާކުރަން އައުމަށް ދައުވަތު ދެއްވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.
ކުއްޖަކަށް ބުލީ ކުރާ ވީޑިއޯތަކެއް، ފުލުހުން މައްސަލަ ބަލަނީ
އުތުރުގެ ރަށެއްގައި ފިރިހެން ކުއްޖަކަށް ބުލީ ކުރާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެ، ފުލުހުން އެ މައްސަލަ ބަލަން ފަށައިފި އެވެ.
ޑޮލަރުގެ ރޭޓު ކުރީގައި ހުރި ވަރަށް ދަށްވެއްޖެ: ސައީދު
ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވަން ސަރުކާރުން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ޑޮލަރުގެ ރޭޓު ކުރީގައި ހުރި ވަރަށް މިހާރު ދަށްވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެޑިޓަރުގެ ހޮވުން
ޑޮަލަރު ސްމަގްލްކުރާ ބިދޭސީން އެބަ ފާހަގަވޭ: އިހުސާން
ޑޮަލަރު ސްމަގްލްކުރާ ބިދޭސީން އެބަ ފާހަގަވޭ: އިހުސާން
ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކުމުގައި ބިދޭސީން ހަރަކާތްތެރިވަމުންދާ ކަމަށާއި އޭގެ ތެރޭގައި ޑޮލަރު ސްމަގްލް ކުރާ މީހުން ވެސް އެބައުޅޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމުން އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު އިސްތިއުފާ ދެއްވައިިފި އެވެ.
ދުލާއި ގަލަން ހިނގަން ޖެހޭ ގޮތާއި ނުޖެހޭ ގޮތް ވެސް ހުންނާނެ: ރައީސް
އިލްމް ފޯރުކޮށްދިނުމުގައި ތިމާގެ ދުލާއި ގަލަން ހިނގަންޖެހޭ ގޮތާއި ނުޖެހޭ ގޮތް ހުންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މިސްކިތްތަކުގައި ނަމާދުކުރާ އިމާމުންނަށް ހާއްސަ ހެދުމެއް ޑިޒައިން ކުރަން ހުޅުވާލަނީ
ރާއްޖޭގެ މިސްކިތްތަކުގައި ނަމާދުކުރާ އިމާމުންނަށް ހާއްސަ ހެދުމެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ދިރާގުން ރީލޯޑްކޮށްގެން 100،000ރ. ލިބޭ ޕްރޮމޯޝަނެއް
ދިރާގުގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން، އަގުހުރި ފައިސާގެ އިނާމުތަކެއް ލިބޭ ރީލޯޑް ޕްރޮމޯޝަނެއް ފަށައިފި އެވެ.