އޯޓީއޭތަކާއި ޓްރެވެލް އެޖެންސީތަކުން ޓެކްސްނަގަން ފާސްކޮށްފި
ޓޫރިސްޓުންނަށް ރާއްޖެ އިން ބުކިން ހަދައިދޭ ބުކިން ޕްލެޓްފޯމްތަކާއި ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެެލް އެެޖެންޓުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް، ޓެކްސްއާ ބެހޭ ގާނޫނު ބަދަލުކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ރައީސް އޮފީހުގެ އިސް މަގާމަކަށް އާޒިމާ އައްޔަންކޮށްފި
ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު، ރައީސް އޮފީހުގެ އިސް މަގާމަކަށް މިއަދު އައްޔަންކޮށްފި އެވެ.
"ނީލަމުގައި ވިއްކާލީ ރައީސުން ބޭނުންކުރެއްވި މޭޒެއް ނޫން"
ރައީސް އޮފީހުން ނީލަމުގައި ވިއްކާލި މޭޒަކީ ކުރީގެ ފަސް ރައީސުން ބޭނުންކުރެެއްވި ތާރީޚީ މޭޒުކޮޅެއް ކަމަށް ބުނެ ދައުރުކުރަނީ ދޮގު ވާހަކަތަކެއް ކަމަށް އެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.
ބޭންކަށް ޑޮލަރު މާރުނުކުރާ ފަރާތްތައް އާންމުކޮށްފި، އެއީ ރަހާ އާއި ސައުތު ޕާމް ރިސޯޓް
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ގޮތަށް، އެއްވެސް ގޮތަކަށް ބޭރު ފައިސާ މާރުނުކުރާ ރިސޯޓުތަކުގެ ނަންތައް އާއްމުކުރަން ނިންމައި މިއަދު ދެ ތަނެއްގެ ނަން އާއްމުކޮށްފި އެވެ.
އެޑިޓަރުގެ ހޮވުން
ބަހުސެއް އޮތަސް ތާއީދު ބޮޑު ޓެކްސްއެއް!
ބަހުސެއް އޮތަސް ތާއީދު ބޮޑު ޓެކްސްއެއް!
ރާއްޖެ އަށް ޓޫރިސްޓުން ގެނައުމުގެ މަސައްކަތުގައި ބޭނުންކުރާ އޮންލައިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންސީތަކުގެ ވިޔަފާރިން ޖީއެސްޓީ ނަގަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ މެދު ކުރި ބަހުސްގައި ފެނުނީ އިދިކޮޅު ގިނަ މެމްބަރުން ވެސް އެއްކޮޅަށް އެރި ތަނެވެ. އެ ޕްލެޓްފޯމްތަކުން މިހާތަނަށް ބޮޑު ނަފާއެއް ހޯދަމުން އަންނައިރު، ރާއްޖޭގެ އިގުތިސާދަށް އެއްވެސް އެއްޗެއް ނުވަދެ އެތައް ދުވަހެއް ވެފައި ވާތީ އޭގެ ކަންބޮޑުވުން އިންތިހާ އަށް އޮތެވެ.
ކުޑަކުދިންގެ ބަރަހަނާ މަންޒަރު ވިއްކުމުގެ ތުހުމަތުވި މީހާގެ މައްސަލަ އަނބުރާ ގެންދިޔައީ ހެއްކެއް ނެތުމުން: ޕީޖީ އޮފީސް
ކުޑަކުދިންގެ އޮރިޔާން ކާޑު ވިއްކުމުގެ ތުހުމަތުވި މީހާ އަށް ކުރި ދައުވާ އަނބުރާ ގެންދިޔައީ އޭނާގެ މައްޗަށް އެކަމުގެ ހެއްކެއް ލިބިފައި ނެތުމާއި އަދި ބަންދުގައި ހޭދަކުރި މުއްދަތަށް ބަލާއިރު ކުށް ސާބިތުވި ނަމަވެސް އިތުރަށް ތަންފީޒު ކުރާނެ އަދަބެއް ނޯންނާނެތީ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
ރެއާލް މެޑްރިޑްގެ ކުރީގެ މިޑްފީލްޑަރު ހޯޒޭ ރޮޑްރިގޭޒް އޮޑި ސްޕޯޓްސްއަށް؟
ރެއާލް މެޑްރިޑާ އެކު ޔޫއެފާ ޗެމްޕިއަންސް ލީގާއި ލަލީގާގެ ޗެމްޕިއަންކަން ހޯދި މިޑްފީލްޑަރު ހޯޒޭ ރޮޑްރިގޭޒް، ރާއްޖޭގެ އޮޑި ސްޕޯޓްސްއާ ގުޅެން ތައްޔާރުވާކަމުގެ އިޝާރާތެއް ލިބިއްޖެ އެވެ.
300 އަށް ވުރެ ގިނަ ފުލުހުންނަށް ޕްރޮމޯޝަން ދެނީ
މި އަހަރު 300 އަށް ވުރެ ގިނަ ފުލުހުންނަށް ޕްރޮމޯޝަން ދޭން ނިންމައިފި އެވެ.
ނަޝީދު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހަކީ "ބަޣާވާތެއް" ފައްކާކުރުން ކަމަށް!
ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކުން ފައްކާކުރަނީ "ބަޣާވާތެއް" ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.