"އެޗްޑީސީގެ އިދާރީ ހަރަދުތަކުން 12 ޕަސެންޓު ސަލާމަތްކުރި"
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން 2024 ވަނަ އަހަރު މާލީ ހަރަދުތައް ބެލެހެއްޓުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކާ އެކު ކުންފުނީގެ މައިގަނޑު އިދާރީ ހަރަދުތަކުން 12.2 ޕަސެންޓު ސަލާމަތްކޮށް، ސާފު ފައިދާގެ ގޮތުގައި 2.01 ބިލިއަން ރުފިޔާ ހޯދައިފި އެވެ.
ގެއްލުނު އޮފިސަރުގެ މައިންބަފައިންނާ ބައްދަކުރައްވައިފި
ދޯންޏެއް އަޑިއަށް ދަނިކޮށް އެ ދޯނި ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ކަނޑަށް ގެއްލުނު ފުލުހުންގެ ސާޖަންޓް އަލީ ނާފިއުގެ މައިންބަފައިންނާ ހޯމް މިނިސްޓަރު އަލީ އިހުސާނާއި ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު މުހައްމަދު މިއަދު ބައްދަލުކުރައްވައިފި އެވެ.
ސައިކަލުތަކުގެ ފޮޓޯ ލީކުވި މައްސަލާގައި ވަޒީފާ އަނބުރާނުދިން
ސްޓެލްކޯއިން ރާއްޖެ އެތެރެކުރި އިލެކްޓްރިކް ސައިކަލްތަކުގެ ފޮޓޯތަކެއް ނަގައި، ސޯޝަލް މީޑިއާއަށް ލީކުކުރިކަމުގެ ތުހުމަތުގައި ވަކިކުރި އެ ކުންފުނީގެ މުވައްޒަފަކަށް ވަޒީފާ އަނބުރާ ދޭން ނުޖެހޭނެ ކަމަށް ވަޒީފާއާބެހޭ ޓްރައިިބިއުނަލުން ނިންމައިފި އެވެ.
މުދަލު ޒަކާތުގެ ނިސާބު 19،266.10ރ. އަށް ދަށްވެއްޖެ
މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބު 19،266.10ރ. އަށް ދަށްވެއްޖެ އެވެ.
އެޑިޓަރުގެ ހޮވުން
ހަފުތާ ބަންދުގައި ކެރީގެ އަސަރުކުރި ނަމަވެސް ކަނޑުތައް މަޑުވާނެ: މެޓް
ހަފުތާ ބަންދުގައި ކެރީގެ އަސަރުކުރި ނަމަވެސް ކަނޑުތައް މަޑުވާނެ: މެޓް
ކުރިއަށް އޮތް ހަފުތާ ބަންދުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ކުރި ނަމަވެސް، ކަނޑުތައް މަޑުވާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.
ގުރުއާން ކިޔެވުމުގެ އެންމެ ބޮޑު މުބާރާތުން ރާއްޖޭގެ ޝާޔާއަށް ހަތަރު ވަނަ
މައްކާގައި ބާއްވާ ގުރުއާން ކިޔެވުމުގެ ދުނިޔޭގެ އެންމެ ބޮޑު މުބާރާތުގައި ރާއްޖެ ތަމްސީލްކުރި ފާތިމަތު ޝާޔާ ޒާހިރު ހަތަރު ވަނަ ހޯދައިފި އެވެ.
މެންބަރުންގެ ހެލްތު އިންޝުއަރެންސް ކަނޑާލަން ގޮވާލާ ޕެޓިޝަންގެ ސޮއި 5،000 އިން މައްޗަށް
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އެ ބޭފުޅުންގެ އާއިލާގެ މެމްބަރުންނަށް ލިބޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލަން ގޮވާލާ ޕެޓިޝަނުގައި ސޮއިކުރި މީހުންގެ އަދަދު 5،000 އަށް ވުުރެ މަތިވެއްޖެ އެވެ.
ޕެންޝަން އޮފީހުގެ ސީއީއޯއަކަށް ޔަޒްމީދު
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްކަން ކުރެއްވި ޔަޒްމީދު މުހައްމަދު ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް އައްޔަންކުރައްވައިފި އެވެ.
އެސްޓީއޯއިން ރާއްޖެއަށް ޕޯޓަބަލް ސްކޭނެއް ތައާރަފްކޮށްފި
އަލްޓްރާ ސައުންޑު ސްކޭން މެޝިން އުފެއްދުމުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ޖީއީ ހެލްތުކެއާގެ ޕޯޓަބަލް ސްކޭނެއް އެސްޓީއޯއިން ރޭ ރާއްޖެއަށް ތައާރަފްކޮށްފި އެވެ.