މަރުގެ މައްސަލާގައި ތުހުމަތުވާ މީހާ ރާއްޖެ އައީ ތައިލެންޑުން
ސްރީ ލަންކާގައި ގާނޫނީ ވަކީލަކާއި އޭނާގެ އަނބިމީހާއަށް ބަޑިން ހަމަލާދީ މަރާލި މައްސަލާގައި ތުހުމަތުވާ ސިހިނަ ދިލްސަރާ ރާއްޖެ އައީ ތައިލެންޑުން ކަމަށާއި އޭނާއާ ދެކޮޅަށް އިންޓަޕޮލް ރެޑް ނޯޓިސް އޮތުމުން ރާއްޖޭން ދުރާލައި އެކަން ލަންކާގެ ކަމާބެހޭ ފަރާތްތަކަށް އޮތީ އަންގާފައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ގެއެއްގައި ރޯވެ 28 މީހަކަށް ފަރުވާދޭނެ ޖެހިއްޖެ
ގ.ފުންފަޅު ގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 28 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނު ކަމަށް ނެޝެނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.
ޓެކްސް ކޮމިޝަނަރު ކަމަށް ހަލީމާއި އަމީޒާގެ ނަން
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދޭނެ ބޭފުޅަކު ކަނޑައަޅަން އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ މޯލްޑިވްސް)ގެ ރައީސް މުހައްމަދު ހަލީމް އަބްދުﷲ އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފާތިމަތު އަމީޒާގެ ނަން މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.
އަލިފާނުގައި ފުންފަޅުގޭގެ ފެންވަޔަރިން ހަލާކުވެ އެތައް ބަޔަކު ހާލުގައި
ތޭރަ ބުރީގެ މި އިމާރާތުގައި 58 މީހަކު ދިރިއުޅޭ. އަލިފާނުގެ ސަބަބުން ދުމުގެ އަސަރުކޮށްގެން 28 މީހަކަށް ފަރުވާދޭން ޖެހިފައި ވާއިރު އޭގެ ތެރޭގައި ހަ މަހުގެ ތުއްތު ކުއްޖަކު ވެސް ހިމެނޭ.
އެޑިޓަރުގެ ހޮވުން
ކެންސަރު ބޭހެއްގެ ފޭކް އިންޖެކްޝަންތަކެއް ރާއްޖެއިން ފެނިއްޖެ، ޑަބްލިއުއެޗްއޯގެ އިންޒާރު
ކެންސަރު ބޭހެއްގެ ފޭކް އިންޖެކްޝަންތަކެއް ރާއްޖެއިން ފެނިއްޖެ، ޑަބްލިއުއެޗްއޯގެ އިންޒާރު
ކެންސަރަށް ފަރުވާ ކުރުމަށް ބޭނުންކުރާ "ޑާޒަލެކްސް" ނަމަކަށް ކިޔާ ބޭހެއްގެ ފޭކް ބެޗްތަކެއް ރާއްޖެއިން ފެނުމާ ގުޅިގެން އެކަމަށް ސަމާލުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިލްތިމާސްކޮށްފި އެވެ.
ހިޔާ ފްލެޓްތަކުގެ މީހުންނަށް ބޯހިޔާވަހިކަމުގެ އެހެން ހައްލުތަކެއް ހޯދައިދޭނަން: މިނިސްޓަރު
ހިޔާ ފްލެޓްތައް ލިބިފައިވާ މީހުންނަށް ދިރިއުޅުން އިތުރަށް ތަނަވަސްކުރަން ބޯހިޔާވަހިކަމުގެ އާ ފުރުސަތުތައް ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ފައިނޭންޝަލް އެކްސްޕޯގައި ލިބުނު ތަރުހީބު ބޮޑު: އެމްއައިބީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި މިދިޔަ ބުރާސްފަތި ދުވަހުން ހޮނިހިރު ދުވަހަށް ކުރިއަށް ދިޔަ "ފައިނޭންޝަލް އެކްސްޕޯ" ގައި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ސްޓޯލަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެ ބޭންކުން ބުނެފި އެވެ.
އެކަކު މަދުވިޔަސް އިންގްލެންޑް ގަދަވެއްޖެ، އާ ކުރީ ވޯލްޑް ކަޕް ކާމިޔާބު ކުރި އަހަރުގެ ހަނދާންތައް
އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ އިންގްލަންޑުން މެކްސިކޯގެ މައްޗަށް 3-2 އިން ކުރިހޯދައި، މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ޑޮލަރު އިންވެސްޓްމަންޓަށް ތަރުހީބު ރަނގަޅު، ޑެއިލީ ލިމިޓް އިތުރުވަނީ އެހެންވެ: ޝަރީފު
ޑޮލަރު އިންވެސްޓްކުރުމަށް ހުޅުވާލި "އިންވެސްޓްމެންޓް" ޕޯޓަލް އަށް ތަރުހީބު ރަނގަޅު ކަމަށާއި، ކޮންމެ ދުވަހެއްގެ ލިމިޓް މިހާރު އިތުރުވަނީ، އެ ލިބޭ ޑޮލަރުގެ އަދަދަށް ބަލާފައި ކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު އިއްޔެ ވިދާޅުވެއްޖެ އެވެ.