ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއުގެ ގޮނޑީގެ މައްސަލަ ކޯޓަށް
ވ. ތިނަދޫ ކައުންސިލްގެ ރައީސް އަލީ ޝުޖާއު މަގާމަށް އިންތިހާބުވި ޕާޓީން ވަކިވެ، އެހެން ޕާޓީއަކާ ގުޅިފައިވާތީ އޭނާ އެ މަގާމުން ވަކިވެއްޖެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައެޅި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން އެމްޑީޕީން ނިންމައިފި އެވެ.
"ބިންހެލުމެއް އަތުވެދާނެކަން ކުރިއާލައި ދެނެއެއް ނުގަނެވޭނެ"
ބިންހެލުމެއް އަތުވެދާނެކަން ކުރިއާލައި ދެނެގަނެވޭނެ ގޮތެއް ނޯންނާނެ ކަމަށް، ބިންހެލުމާ ގުޅޭ މައުލޫމާތު އާންމުންނަށް އޮޅޭ ގޮތަށް ސޯޝަލް މީޑިއާގައި ފަތުރަމުން ދަނިކޮށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.
ރިޔާސީ ރޭހަށް ޗެއާޕާސަން ނުކުތުން ރަނގަޅެއް ނޫން: ނަޝީދު
އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކު ޕާޓީގެ ރިޔާސީ ޓިކެޓް ހޯދަން އުޅުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް އެ މަގާމަށް ކަމަށް ދާދިފަހުން އިންތިހާބުވެވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދު ވިދާޅުވަނީ ކުރީގެ ތިން ރައީސުން ގުޅިގެން މަސައްކަތް ކުރުން މަޑުޖެހިއްޖެ ކަމަށް
ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު އެކުގައި މަސައްކަތް ކުރައްވަން އުފެއްދި އިއްތިހާދުގެ މަސައްކަތް މަޑުޖެހިފައިވާ ކަމަށް ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެޑިޓަރުގެ ހޮވުން
ޕާކް ހަދާ ސާމާނު އޮސްޓްރޭލިއާއިން ދެނީ، ބޭނުންވާ ކައުންސިލްތަކަށް ފުރުސަތު ހުޅުވާލައިފި
ޕާކް ހަދާ ސާމާނު އޮސްޓްރޭލިއާއިން ދެނީ، ބޭނުންވާ ކައުންސިލްތަކަށް ފުރުސަތު ހުޅުވާލައިފި
އޮސްޓްރޭލިއާގެ ކުޑަކުދިންގެ ޕާކްތަކުގައި ބޭނުންކޮށްފައި ހުރި، އެކަމަކު ރަނގަޅު ހާލަތުގައި ހުރި ސާމާނު ބޭނުންވާ ކައުންސިލްތަކަށް ދޫކުރުމުގެ ޕްރޮގްރާމެއް އޮސްޓްރޭލިއާ-މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން ހުޅުވާލައިފި އެވެ.
ބިން ހުސްކުރަން ދެކޮޅު ހަދާތީ އޮއްޕޮގެ ކުންފުންޏާ ދެކޮޅަށް އެފްއޭއެމުން ގާނޫނީ ފިޔަވަޅު އަޅަނީ!
ފުޓްބޯޅަ ދަނޑެއް އެޅުމަށް، މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި އެފްއޭއެމަށް ދޫކޮށްފައިވާ ބިމުގައި ހަދާފައި ހުރި އިމާރާތެއް ހުސްކުރަން، ދެކޮޅު ހަދަމުންދާ ކަމަށް ބުނެ ގާނޫނީ ފިޔަވަޅު އަޅަން އެފްއޭއެމުން ނިންމައިފި އެވެ.
މަރުގެ ތުހުމަތުވާ ލަންކާ މީހާ ރާއްޖޭގައި ވަޒީފާ އަދާކުރި، މިފަހަރު ހިފެހެއްޓީ ރާއްޖެ އެތެރެނުވަނީސް
ސްރީ ލަންކާގައި ގާނޫނީ ވަކީލަކާއި އޭނާގެ އަނބިމީހާއަށް ބަޑިން ހަމަލާދީ މަރާލި މައްސަލާގައި ތުހުމަތުވާ މީހާ އަކީ ރާއްޖޭގައި ކުރިން ވަޒީފާ އަދާކުރި މީހެއް ކަމަށާއި އޭނާ މިފަހަރު ހިފެހެއްޓީ ރާއްޖެއަށް އެތެރެވުމުގެ ކުރިންކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ދަރޭތި
(ބުދަ ދުވަހާ ގުޅޭ)
ޑޮލަރު އިންވެސްޓްމަންޓަށް ތަރުހީބު ރަނގަޅު، ޑެއިލީ ލިމިޓް އިތުރުވަނީ އެހެންވެ: ޝަރީފު
ޑޮލަރު އިންވެސްޓްކުރުމަށް ހުޅުވާލި "އިންވެސްޓްމެންޓް" ޕޯޓަލް އަށް ތަރުހީބު ރަނގަޅު ކަމަށާއި، ކޮންމެ ދުވަހެއްގެ ލިމިޓް މިހާރު އިތުރުވަނީ، އެ ލިބޭ ޑޮލަރުގެ އަދަދަށް ބަލާފައި ކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު އިއްޔެ ވިދާޅުވެއްޖެ އެވެ.