ނަސަންދުރަ ކައިރިއަށް ފެރީ ކައިރިކުރަން ވަގުތީ ހުއްދައެއް
ނަސަންދުރަ ކައިރި ޖެޓީ ސަރަހައްދަށް ފެރީތައް ކައިރި ކުރުމަށާއި ފަސިންޖަރުން އަރުވާ ބޭލުމަށް ވަގުތީ ހުއްދައެއް އެމްޓީސީސީން ދީފި އެވެ.
އަތޮޅު ކައުންސިލް އުވާލުމުން އެސްޖީން މަގާމުން ވަކިކޮށްފި
އަތޮޅު ކައުންސިލްތަކުގައި މަސައްކަތް ކުރައްވަމުން ގެންދެވި ހުރިހާ ސެކްރެޓަރީ ޖެނެރަލުން އިއްޔެ މަގާމުން ވަކިކޮށްފި އެވެ.
ޒުވާނުންނަށް ހައްގު މިންވަރަކީ ލީޑަރުންގެ ފޮޓޯ ޖެހުމެއް ނޫން
ސިޔާސީ ޕާޓީތަކުގައި ޒުވާނުންނަަށް ހައްގު މިންވަރަކީ ސިޔާސީ ލީޑަރުންގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޕޯސްޓްކުރުން ނޫން ކަމަށާއި އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިންތިހާބު ވެއްޖެ ނަމަ އެ ޕާޓީގެ އެންމެ އިސް މަގާމުތަކަށް ވާސިލުވާން ޒުވާނުންނަށް ފުަރުސަތު ފަހިކޮށްދެއްވާނެ ކަމަށް މީކާއީލް އަހުމަދު ނަސީމު ރޭ ވިދާޅުވެއްޖެ އެވެ.
ޑްރަގް އޮޕަރޭޝަނެއްގައި އުޅުނު ފުލުހަކު މަރުވެފައި އޮއްވައި ފެނިއްޖެ
މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ރޭ އުޅުނު ފުލުހަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
އެޑިޓަރުގެ ހޮވުން
ޝުހާދުގެ މައިންބަފައިން ގާތިލްގެ ކުރިމައްޗަށް، ބޭނުންވީ މަރަށްމަރު ހިފަން
ޝުހާދުގެ މައިންބަފައިން ގާތިލްގެ ކުރިމައްޗަށް، ބޭނުންވީ މަރަށްމަރު ހިފަން
ފުވައްމުލަކުގައި ހިންގި މާރާމާރީއެއްގައި މަރާލި އަބްދުﷲ ޝުހާދުގެ މަރުގެ މައްސަލާގައި ދަށު ކޯޓުން ކުށް ސާބިތުވެފައިވާ ހަސަން ފަރީދުގެ މައްޗަށް މަރަށްމަރު ހިފަން ބޭނުންވާ ކަމަށް ޝުހާދުގެ މަންމަ އާއި ބައްޕަ މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.
މަސްޖިދުލް އާދިލްގެ ސައުންޑް ސިސްޓަމްގެ ކޭބަލް ވަގަށް ނަގައިފި
މަޖީދީމަގު ހީނާމާގެ ޕާކިންޒޯނާ ޖެހިގެން ހުންނަ މަސްޖިދުލް ސުލްތާނުލް އާދިލް (ދެބުރި މިސްކިތް)ގެ ސައުންޑް ސިސްޓަމަށް ބޭނުންކުރާ ކަރަންޓް ކޭބަލެއް ރޭ ވަގަށް ނަގައިފި އެވެ.
ކާށިދޫގައި މީހުން ދިރިއުޅޭ ސަރަހައްދާ ކައިރީ ކެމިކަލް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރާ ނަމަ ފިޔަވަޅު އަޅަނީ
ކ. ކާށިދޫގައި މީހުން ދިރިއުޅޭ ސަރަހައްދާ ކައިރީ ކެމިކަލް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
އަފްޣާނިސްތާން ބަލިކޮށް ޑައިމަންޑް ޖުބިލީ މުބާރާތުގެ ޗެމްޕިއަން، ޕާކިސްތާން
ފައިނަލުގައި އަފްޣާނިސްތާނުގެ މައްޗަށް 2-0 ން ކާމިޔާބު ހޯދައި، ރާއްޖޭގައި ބޭއްވި ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޕާކިސްތާނުން ހޯދައިފި އެވެ.
ބޫޓު ފޮށިގަނޑުތަކެއްގައި 22 ކިލޯ ޑްރަގް ގެނައި މީހަކާއި ހަވާލުވި ދެ މީހެއްގެ ބަންދަށް 30 ދުވަސް
ސިންގަޕޫރު އެއާލައިންގެ މަތިންދާބޯޓަކުން ގެނައި ބޫޓުތަކެއްގެ ތެރޭގައި ފޮރުވައިގެން ގާތްގަނޑަކަށް 22 ކިލޯގެ ޑްރަގް އެތެރެކުރިކަމުގެ ތުހުމަތު ކުރެވޭ ދިވެއްސަކާއި އެ ތަކެއްޗާ ހަވާލުވާން ދިޔަ ބަންގްލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށް 30 ދުވަހަށް ބަންދުކޮށްފި އެވެ.