އެލްޖީއޭ ރައީސް ކަމަށް ފިނޭންސް މިނިސްޓަރު އައްޔަންކޮށްފި
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސް ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އައްޔަން ކުރައްވައިފި އެވެ.
އަތޮޅު ކައުންސިލްތައް އުވާލުމުން ޑީޖީން މަގާމުން ވަކިކޮށްފި
އަތޮޅު ކައުންސިލްތަކުގައި މަސައްކަތް ކުރައްވަމުން ގެންދެވި ހުރިހާ ޑިރެކްޓާ ޖެނެރަލުން އިއްޔެ މަގާމުން ވަކިކޮށްފި އެވެ.
ޒުވާނުންނަށް ހައްގު މިންވަރަކީ ލީޑަރުންގެ ފޮޓޯ ޖެހުމެއް ނޫން
ސިޔާސީ ޕާޓީތަކުގައި ޒުވާނުންނަަށް ހައްގު މިންވަރަކީ ސިޔާސީ ލީޑަރުންގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޕޯސްޓްކުރުން ނޫން ކަމަށާއި އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިންތިހާބު ވެއްޖެ ނަމަ އެ ޕާޓީގެ އެންމެ އިސް މަގާމުތަކަށް ވާސިލުވާން ޒުވާނުންނަށް ފުަރުސަތު ފަހިކޮށްދެއްވާނެ ކަމަށް މީކާއީލް އަހުމަދު ނަސީމު ރޭ ވިދާޅުވެއްޖެ އެވެ.
ޑްރަގް އޮޕަރޭޝަނެއްގައި އުޅުނު ފުލުހަކު މަރުވެފައި އޮއްވައި ފެނިއްޖެ
މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ރޭ އުޅުނު ފުލުހަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
އެޑިޓަރުގެ ހޮވުން
ކާބޯތަކެތި ލޭބަލްކުރަން ހަރުކަށި ގަވާއިދެއް: ޖިނާއީ ދައުވާ، މިލިއަނުން ޖޫރިމަނާ!
ކާބޯތަކެތި ލޭބަލްކުރަން ހަރުކަށި ގަވާއިދެއް: ޖިނާއީ ދައުވާ، މިލިއަނުން ޖޫރިމަނާ!
ކާބޯތަކެތި ލޭބަލްކުރުމުގެ ގަވައިދާ ހިލާފުވެއްޖެނަމަ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތް ހަދައިފި އެވެ.
ޑްރަގް ފޮރުވާފައި ހުރި ދެ ސައިކަލުގެ ދެ ތަޅުދަނޑި ފެނުނީ ތުހުމަތުވާ މީހާގެ ފުރަގަސްފަރާތުން
މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހަކު ގޮޅިއަށް ވެއްދުމުގެ ކުރިން ބަަލައި ފާސްކުރިއިރު އޭނާގެ ފުރަގަސްފަރާތުގައި ދެ ތަޅުދަނޑި ފޮރުވާފައި އޮއްވައި ފެނުނު ކަމަށާއި މަސްތުވާތަކެތި ފޮރުވާފައި ހުރި ދެ ސައިކަލު އެ ތަޅުދަނޑިތަކުން ހުޅުވުނު ކަމަށް ފުލުހުން ކޯޓުގައި ބުނެފި އެވެ.
ކާށިދޫގައި މީހުން ދިރިއުޅޭ ސަރަހައްދާ ކައިރީ ކެމިކަލް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރާ ނަމަ ފިޔަވަޅު އަޅަނީ
ކ. ކާށިދޫގައި މީހުން ދިރިއުޅޭ ސަރަހައްދާ ކައިރީ ކެމިކަލް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
އަފްޣާނިސްތާން ބަލިކޮށް ޑައިމަންޑް ޖުބިލީ މުބާރާތުގެ ޗެމްޕިއަން، ޕާކިސްތާން
ފައިނަލުގައި އަފްޣާނިސްތާނުގެ މައްޗަށް 2-0 ން ކާމިޔާބު ހޯދައި، ރާއްޖޭގައި ބޭއްވި ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޕާކިސްތާނުން ހޯދައިފި އެވެ.
ބޮޑު މިސްކިތް އިމާރާތްކުރުމަށް ބޭނުންވާ ބިން އެޗްޑީސީން މިނިސްޓްރީއާ ހަވާލުކޮށްފި
ހުޅުމާލޭގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތަށް ބޭނުންވާ ބިން، އެޗްޑީސީން އިސްލާމިކް މިނިސްޓްރީއާ ރަސްމީކޮށް މިއަދު ހަވާލުކޮށްފި އެވެ.