7ކިލޯ ޑްރަގާ ގުޅިގެން ފާސްކުރިއިރު އިތުރު 13 ކިލޯގެ ޑްރަގު
ވައިގެ މަގުން ރާއްޖެ އެތެރެކުރި ހަތް ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށް، އެ މީހުންނާ ގުޅުން ހުރި އެޕާޓްމަންޓުތައް ފާސްކުރިއިރު އިތުރަށް މަސްތުވާތަކެތި ފެނިއްޖެ އެވެ.
"ދަރަނިތައް ދެއްކުމާއި ބީއެމްއެލްގެ ފިޔަވަޅާ ގުޅުމެއް ނެތް"
ގައުމީ ބޭންކް ބީއެމްއެލްގެ ޑެބިޓު ކާޑުތަކަށް ވިއްކާ ޑޮލަރުގެ ލިމިޓަށް ގެނައި ބަދަލާއި ސަރުކާރުން މިދިޔަ މަހު އަނބުރާ ދެއްކި ބޭރުގެ ދަރަނިތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.
"8 މިނެޓް ތެރޭ ޓެކްސީ ލިބޭ، އަންނަ ހަފްތާގައި އެޕް ލިބޭނެ"
ސަރުކާރުގެ ޓެކްސީ ލައިން މެދުވެރިކޮށް މިހާރު އެވްރެޖްކޮށް 8.4 މިނެޓް ތެރޭ ޓެކްސީ ލިބޭ ކަމަށާއި އެ ހިދުމަތުގެ މޯބައިލް އެޕްލިކޭޝަން އަންނަ ހަފުތާގެ ތެރޭގައި ލިބުމުން އިތުރަށް ފަސޭހަވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އާރުޓީއައިގެ ބޭނުން ނަހަމަ ގޮތުގައި ކުރޭ، ސައްހަ ނިޔަތުގައި ފޮނުވައިފި ނަމަ ޖަވާބު ދެން: މުންދު
"އެއް ވާހަކައެއް، އެކި އައިޑެންޓިޓީތަކުގައި ރިޕީޓެޑްކޮށް އެބަހުރި، 50 [ފަހަރު]، އެއް ދުވަހެއްގެ މަތިން އެއް ސުވާލެއް އެކި މީހުންގެ ނަމުގައި ކޮށްފައި. ދެން އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ އެއީ އިއްތިފާގެއް ނޫން ކަން ދެއްތޯ."
އެޑިޓަރުގެ ހޮވުން
ކުޑަހުވަދޫގައި އަމިއްލަ ގޯތީގައި 50 ހައުސިން ޔުނިޓު އަޅަން ބިންތައް ސަރުކާރާ ހަވާލުކޮށްފި
ކުޑަހުވަދޫގައި އަމިއްލަ ގޯތީގައި 50 ހައުސިން ޔުނިޓު އަޅަން ބިންތައް ސަރުކާރާ ހަވާލުކޮށްފި
ދ. ކުޑަހުވަދޫގައި 50 މީހެއްގެ އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އިމާރާތްކުރުމަށް އެ މީހުންގެ ބިންތައް ހައުސިން މިނިސްޓްރީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ނުކިޔަމަންތެރި ދަރިވަރުންގެ ގައިގައި ޖެހުމުގެ ހުއްދަ ސިންގަޕޫރުގެ ޓީޗަރުންނަށް ދީފި
ނުކިޔަމަންތެރިކަން ދައްކާ ދަރިވަރުންގެ ގައިގައި އެއްތެލުން ޖެހުމުގެ ހުއްދަ ސިންގަޕޫރުގެ ޓީޗަރުންނަށް އޮންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑެސްމަންޑް ލީ ވިދާޅުވެއްޖެ އެވެ.
މައްސަލައަކާ ގުޅިގެން ޑީޖޭއޭގެ ދެ ޑިރެކްޓަ ޖެނެރަލުން ސަސްޕެންޑްކޮށްފި
ބަލަމުންދާ މައްސަލައަކާ ގުޅިގެން، ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ދެ ޑިރެކްޓާ ޖެނެރަލުން ސަސްޕެންޑްކޮށްފި އެވެ.
ހަ މަސް ދުވަހުގެ ތެރޭގައި ލިމިޓްލެސް ލާނިންގައި 2000އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެ ބޮޑު ކާމިޔާބީއެއް
އަލަށް ފެށި އޮންލައިން ޓިއުޝަން ޕްލެޓްފޯމް، "ލިމިޓްލެސް ލާނިން"ގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 2،000 އަށް ވުރެ ގިނަ ދަރިވަރުންނަށް ކިޔަވައިދީފައިވާ ކަމަށް އެ ޓިއުޝަން ސެންޓަރުން ބުނެފި އެވެ.
އޭޑީއެޗްޑީ ހުންނަ ކުދިންނަށް ދޭ ބޭހެއް މަނާ ލިސްޓުން އުނިކުރަން ކޮމިޓީން ފާސްކޮށްފި
އެޓެންޝަން ޑެފިސިޓް/ހައިޕައެކްޓިވިޓީ ޑިސްއޯޑާ ނުވަތަ އޭޑީއެޗްޑީ ހުންނަ ކުދިންނަށް ދޭ މުހިންމު ބޭހެއް ކަމަށްވާ މިތައިލްފެނިޑޭޓް ރާއްޖެ އެތެރެކުރުން މަނާކޮށްފައި އޮތްއޮތުން ނިމުމަކަށް ގެންނަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީން ފާސްކޮށްފި އެވެ.