ޑޮލަރުގެ ވަގު ވިޔަފާރި ކުރުމުގެ ގިނަ މައްސަލަތަކެއް ބަލަނީ
ރާއްޖޭގައި ގަވައިދާހިލާފަށް ބޭރުފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ފުލުހުން ގާއިމްކުރި ހޮޓްލައިން މެދުވެރިކޮށް 27 މީހަކާއި 16 އޮންލައިން ޕޯޓަލް އަދި ހަތަރު ތަނެއްގެ މައުލޫމާތު މިހާތަނަށް ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކު ހައްޔަރުކޮށް އެހެން މައްސަލަތައް ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވޭޕްގެ ޖޫރިމަނާ 700 މިލިއަނަށް، ދައުލަތަށް ލިބުނީ 850،000ރ.
ރާއްޖެ އަށް ވޭޕް އެތެރެކޮށްގެން ކުރި ޖޫރިމަނާގެ އަދަދު 723 މިލިއަން ރުފިޔާ އަށް ވުރެ މައްޗަށް އެރިއަސް އޭގެ ތެރެއިން ދައުލަތަށް މިހާތަނަށް ލިބުނީ 850،000ރ. ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.
ތިން ޒުވާނުން ހައްޔަރުކުރި ތަނުގައި 370 ގްރާމު މެތު
ކިލޯއަކަށް ވުރެ ގިނަ ޑްރަގާއި މަސްތުވާތަކެތި ހުރި ވޭޕް ކާޓްރިޖްތަކެއް ގެންގުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުން ތިބި ތަނުން 370 ގްރާމުގެ މެތު ފެނިފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފި އެވެ.
ގިނަ ދިވެހިން ތިބީ ތައުލީމީ ފެންވަރާ ދިމާނުވާ ވަޒީފާތަކުގައި
ބޯހިމެނުން 2022 ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ރާއްޖޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ ތެރެއިން 51 ޕަސެންޓް މީހުން، ނުވަތަ 85,025 މީހުން ތިބީ ތައުލީމީ ފެންވަރާ ދިމާނުވާ ވަޒީފާތަކުގައި.
އެޑިޓަރުގެ ހޮވުން
ބަހުގެ ބޯ ޖަންގަލިން ޑރ. ހަސަން ކޮށައިދިން ސަރާސަރު މަގު
ބަހުގެ ބޯ ޖަންގަލިން ޑރ. ހަސަން ކޮށައިދިން ސަރާސަރު މަގު
ދޮންދީދީ ދުށް ގޮތުގައި ހަސަނު އެ ކިޔާ ކޮމިކުތައް ކިޔާހާ ހިނދަކު އޭނާގެ އިނގިރޭސި ފެންވަރު މައްޗެއް ނުވާނެ އެވެ. އެހެންވެ، އިނގިރޭސި މަޝްހޫރު އަދީބު ޗާލްސް ޑިކެންސްގެ "ނިކޮލަސް ނިކްލްބީ" ދީ، އެ ކިޔަން އެދުނެވެ. ހަސަނު ވީ އުފަލެއް ބުނަންވެސް ނޭނގުނެވެ. އޭނާ ބޭނުންވީ ވަގުތުން އެ ފޮތް ކިޔައި، އިނގިރޭސި ބަހަށް މޮޅުވެ، ދޮންދީދީގެ ތައުރީފުގެ ބަހެއް ހޯދާށެވެ.
ޔާމީންގެ ފަރާތުން ތަހުގީގަށް އެއްބާރުލުން ނުލިބުނު، ޗިޓާ ހަވާލުވާން އުޒުރުވެރިވި!
ތިން މިނިސްޓްރީއަކާއި މާލެ ސިޓީ ކައުންސިލްގެ ބައެއް ހިންގަމުން އައި އިމާރާތުގައި ރޯކޮށްލީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ކިހާ ގާތް މީހެއްކަން ވެސް ފުލުހުންނަށް އެނގޭ ކަމަށާއި އެ މައުލޫމާތު ފުލުހުންގެ އިދާރާގައި އެބަހުރި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އާންމު ބައްދަލުވުމެއްގައި ވިދާޅުވި ނަމަވެސް އެއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ނެތް ކަމަށް ފުލުހުންނަށް ޔާމީން އަންގަވައިފި އެވެ.
ނުއަގުގައި ބިމެއް ވިއްކި ކަމަށް ބުނެ ދައުރުކުރަނީ އިންސާފު ނުލިބި 23 އަހަރުވެފައިވާ މީހަކާ ގުޅޭ ލިޔުންތަކެއް: މުއްތަލިބް
ހުޅުމާލޭ 2 އިން ނުއަގުގައި ބިމެއް ވިއްކި ކަމަށް ބުނެ ދައުރުކުރަމުން ދަނީ އިންސާފު ނުލިބި 23 އަހަރުވެފައިވާ މީހަކާ ގުޅޭ ލިޔެކިޔުންތަކެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވެއްޖެ އެވެ.
ދަރޭތި
(އާދިއްތަ ދުވަހާ ގުޅޭ)
ބާ ޖަމާލުއްދީންގައި ސިޓީ ކައުންސިލުން ކުރާ މަސައްކަތްތައް ހުއްޓާލަން އަންގައިފި
ޖަމާލުއްދީން ސްކޫލް ކުރިން ހިންގި ބިމުގައި މާލޭ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު އަންގައިފި އެވެ.