އަބްދުއްރަހްމާން މަރާލި މައްސަލަ: ޑީއެންއޭ ރިޕޯޓް ނުނިމޭ
އއ. މާޅޮހު ގެއެއްގައި ނިދާފައި އޮއްވާ ނުރައްކާތެރި ގޮތަކަށް ބޮލަށް ހަމަލާދީގެން އަބްދުއްރަހްމާން އާދަމް މަރާލި މައްސަލާގައި މުހިންމު ހެއްކެއް ކަމަށްވާ ޑީއެންއޭ ރިޕޯޓް އަދިވެސް ނުނިމޭ ކަމަށް ދައުލަތުން މިއަދު ކޯޓުގައި ބުނެފި އެވެ.
އީރާނުން މިސައިލާއި ޑްރޯނުން ހަމަލާ ދީފި: ޔޫއޭއީ
ޔޫއޭއީން މިހެން ބުނި ނަމަވެސް އީރާނުން ވަނީ ހަމަލާ ދިނުމުގެ އެއްވެސް ޕްލޭނެއް ނެތް ކަމަށް ބުނެފައި.
ކޯޓަށް ދިޔައީ ނަޝީދުގެ ފަރާތަކުން ނޫން: ތަރުޖަމާނު
އެމްޑީޕީގެ މައްޗަށް ދައުވާކޮށް ސިވިލް ކޯޓަށް މިއަދު ހުށަހެޅި މައްސަލައަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިންގެ ފަރާތުން ހުށަހެޅި މައްސަލައެއް ނޫން ކަމަށާއި އެގޮތަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކުން ކުށްވެރިކުރާ ކަމަށް ކެމްޕެއިންގެ ތަރުޖަމާނު އަބްދުﷲ ވަހީދު ވިދާޅުވެއްޖެ އެވެ.
މުޒާހަރާތަކާ ގުޅިގެން ޕީއެންއެފަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އީސީން ދީފި
މަޝްވަރާކުރަން އީސީ އަށް ހާޒިރުވުމަށް ދައުވަތު ދީފައިވީ ނަމަވެސް، ކޮމިޝަނަށް ހާޒިރުވާން ޕީއެންއެފުން އުޒުރުވެރިވެފައިވާ ކަމަށް އީސީން ބުންޏެވެ. އަދި އެ ޕާޓީން އެއްވުންތަކާއި މުޒާހަރާތައް ބާއްވަނީ ގާނޫނީ އިމުގެ ބޭރުން ކަމަށް އީސީން ބުނެ އެވެ.
އެޑިޓަރުގެ ހޮވުން
ގުގުރާނެ ކަމަށް ލަފާކުރާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެދިއްޖެ
ގުގުރާނެ ކަމަށް ލަފާކުރާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެދިއްޖެ
މޫސުން ގޯސްވެ ގަދައަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން، ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު އެދިއްޖެ އެވެ.
ލަންކާއާ އެކު ސޮއިކުރި އެއްބަސްވުންތަކުގެ ސަބަބުން ހަގީގީ މަންފާ ކުރާނެ: ރައީސް
ސްރީ ލަންކާއާ އެކު، ހަތް ދާއިރާއަކުން އެއްބަސްވުންތަކުގައި މިއަދު ސޮއިކުރެއްވި ކަމަށާއި އޭގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނަށް ވެސް ހަގީގީ މަންފާ ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އޭޑީއެޗްޑީ ހުންނަ ކުދިންނަށް ދޭ ބޭހެއް ރާއްޖޭގައި މަނާކޮށްފައި އޮތްއޮތުން އުވާލަން ސަރުކާރުން ނިންމައިފި
އެޓެންޝަން ޑެފިސިޓް/ހައިޕައެކްޓިވިޓީ ޑިސްއޯޑާ ނުވަތަ އޭޑީއެޗްޑީ ހުންނަ ކުދިންނަށް ދޭ މުހިންމު ބޭހެއް ކަމަށްވާ މިތައިލްފެނިޑޭޓް ރާއްޖެ އެތެރެކުރުން މަނާކޮށްފައި އޮތްއޮތުން ނިމުމަކަށް ގެންނަން ސަރުކާރުން ނިންމައިފި އެވެ.
މޯލްޑިވިއަންގެ ފްލައިޓްތަކުގައި ރާ ވިއްކަން އުޅޭ ވާހަކަ ދޮގުކޮށްފި
ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓުތަކުގައި ރާ ވިއްކަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެ އެއާލައިނުން މިއަދު ދޮގުކޮށްފި އެވެ.
މީކާއިލް، ނަޝީދަށް: އިންތިހާބާ ގުޅުވައި ކޯޓަށް މައްސަލަ ހުށަހެޅުމަކީ އެމްޑީޕީއާ ބީރައްޓެހި އަމަލެއް!
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ޓައިމްލައިން ބާތިލް ކޮށްދިނުމަށް އެދި އިދިކޮޅު ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޓީމުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމަކީ އެ ޕާޓީގެ އަސާސީ ސިފަތަކާ ވަރަށް އިދިކީލި، ބީރައްޓެހި އަމަލެއް ކަމަށް އެ މަގާމަށް ދެން ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.