ޕީއެންސީގެ ޕްރައިމަރީ އަށް ސިނާނާއި ސައީދު
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރަން ޕީއެންސީން ހުޅުވާލި ފުރުސަތުގައި އެ ދާއިރާގެ މެމްބަރު ކަމުގައި ކުރިން ހުންނެވި މުހައްމަދު ސިނާނާއި ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) ކުރިމަތިލައްވައިފި އެވެ.
މެމްބަރުންގެ ގޮނޑި ގެއްލުން ހުއްޓުވުމުގެ އަމުރެއް ނެރެނުދިން
ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ފަދަ ފިިޔަވަޅެއް ނާޅަން ދައުލަތުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.
ނަޝީދާއި ފައްޔާޒު ހުށަހެޅީ ބަރުލަމާނީ ނޫން މަސްހުނި ނިޒާމެއް
ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުަހައްމަދު ނަޝީދާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު އިއުލާނު ކުރެއްވި ނިޒާމަކީ ބަރުލަމާނީ ނިޒާމެއް ނޫން ކަމަށާއި އެއީ "މަސްހުނި ނިޒާމެއް" ކަމަށް ފައްޔާޒް ވިދާޅުވެއްޖެ އެވެ.
ޗެއާޕާސަން ކަމަށް ނަޝީދު، ރިޔާސީ ޓިކެޓަށް ފައްޔާޒް ވާދަކުރައްވަނީ
ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރަން ތާއީދު ކުރައްވައި، އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާނެ ކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އިއުލާން ކުރައްވައިފި އެވެ.
އެޑިޓަރުގެ ހޮވުން
މިވަގުތު ހިނގާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއުގެ 72 ޕަސެންޓް މަސައްކަތް ނިމިއްޖެ
މިވަގުތު ހިނގާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއުގެ 72 ޕަސެންޓް މަސައްކަތް ނިމިއްޖެ
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއު، ތިލަމާލެ ބްރިޖުގެ 72 ޕަސެންޓް މަސައްކަތް ނިމިއްޖެ އެވެ.
ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގި މީހަކު 16 އަހަރަށް ޖަލަށްލައިފި
އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކާ އެކު، ޖިންސީ އަމަލު ހިންގާފައިވާ މައްސަލައެއްގައި ދައުވާ އުފުލި މީހަކުގެ މައްޗަށް ކުށް ސާބިތުވެ 16 އަހަރަށް ޖަލަށްލާން ކޯޓުން ހުކުމްކޮށްފި އެވެ.
އެމްޑީޕީ މުޒާހަރާތަކަކީ ޕާޓީގެ އެތެރޭގެ އިންތިހާބަށް ބޭނުންވާ ފޮޓޯ ހޯދަން ކުރާ ކަމެއް: ޝުޖާއު
އިދިކޮޅު އެމްޑީޕީން މިހާރު ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކަކީ އެ ޕާޓީގެ އެތެރޭގެ އިންތިހާބަށް ވާދަކުރަން ބޭނުންވާ މީހުން ފޮޓޯ ހޯދަން ކުރާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ދަތިތައް ހައްލުކުރަން ވިޔަފާރިތަކަށް 163 މިލިއަން ދޫކޮށްފިން: ޒަމީރު
މެދުއިރުމަތީގައި މިހާރު ފަށާފައިވާ ހަނގުރާމައާ ގުޅިގެން، ވިޔަފާރިތަކަށް ދިމާވެފައިވާ އުނދަގޫތައް ހައްލު ކުރުމަށް މިދިޔަ މާޗު މަހުން ފެށިގެން މިއަދާ ހަމައަށް 163 މިލިއަން ރުފިޔާ ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލްގެ މެޖޯރިޓީ އަންހެނުންނަށް!
އަލަށް އިންތިހާބުކުރި ކައުންސިލްގެ ތެރެއިން އަންހެނުންނަށް މެޖޯރިޓީ ލިބުނު ހަމައެކަނި ސިޓީ ކައުންސިލަކަށް، ފުވައްމުލަކު ސިޓީ ކައުންސިލް ވެއްޖެ އެވެ.