ތިލަމާލެ ބްރިޖުގެ 72 ޕަސެންޓް މަސައްކަތް ނިމިއްޖެ
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއު، ތިލަމާލެ ބްރިޖުގެ 72 ޕަސެންޓް މަސައްކަތް ނިމިއްޖެ އެވެ.
ނަޝީދަށް ހަމަލާދިން މައްސަލަ އަވަސްކުރަން އަންގައިފި
ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލައާ ގުޅޭ މައްސަލައިގެ ތަހުގީގު ފުޅާކޮށް އެ މައްސަލަ އަވަސްކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އިން ފުލުހުންނަށް އަންގައިފި އެވެ.
ސޯބެ އެކަނި ކުރިމަތިލުމުން އެމްޑީޕީގެ ޓިކެޓު ލިބިއްޖެ
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް އެމްޑީޕީގެ ޓިކެޓުގައި އިތުރު ބޭފުޅަކު ކުރިމަތިލާފައި ނުވާތީ އެ ޓިކެޓު، އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަށް ލިބިއްޖެ އެވެ.
ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލުން ހުއްޓުވަން ވަގުތީ އަމުރެއް ނެރެނުދިން
ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ފަދަ ފިިޔަވަޅެއް ނާޅަން ދައުލަތުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.
އެޑިޓަރުގެ ހޮވުން
ފުވައްމުލަކު ސިޓީ ކައުންސިލްގެ މެޖޯރިޓީ އަންހެނުންނަށް!
ފުވައްމުލަކު ސިޓީ ކައުންސިލްގެ މެޖޯރިޓީ އަންހެނުންނަށް!
އަލަށް އިންތިހާބުކުރި ކައުންސިލްގެ ތެރެއިން އަންހެނުންނަށް މެޖޯރިޓީ ލިބުނު ހަމައެކަނި ސިޓީ ކައުންސިލަކަށް، ފުވައްމުލަކު ސިޓީ ކައުންސިލް ވެއްޖެ އެވެ.
ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގި މީހަކު 16 އަހަރަށް ޖަލަށްލައިފި
އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކާ އެކު، ޖިންސީ އަމަލު ހިންގާފައިވާ މައްސަލައެއްގައި ދައުވާ އުފުލި މީހަކުގެ މައްޗަށް ކުށް ސާބިތުވެ 16 އަހަރަށް ޖަލަށްލާން ކޯޓުން ހުކުމްކޮށްފި އެވެ.
ޕީއެންސީގެ ކޮންގްރެސްއަށް ތައްޔާރުވާން ރައީސް ގޮވާލައްވައިފި
ރައީސް ވިދާޅުވީ ޕާޓީގެ ކޮންގްރެސް އަކީ ޑިމޮކްރަސީ ހަރުދަނާކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް.
މާލޭ ސިޓީ ކައުންސިލް އޮޑިޓްނުކުރާތީ އޮޑިޓާ ޖެނެރަލް މަޖިލީހަށް ހާޒިރުކުރަން އެދިއްޖެ
މާލޭ ސިޓީކައުންސިލް އޮޑިޓްނުކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ވިދާޅުވެ، އެ ކައުންސިލް އޮޑިޓް ނުކުރާ ސަބަބު ހޯދަން އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދޭން ގަލޮޅުއުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެދިވަޑައިގެންފި އެވެ.
ދެކިލޯއެއްހާ ޑްރަގް އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފި
ރާއްޖެ އަށް ވައިގެ މަގުން ގާތްގަނޑަކަށް ދެކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރުކޮށް، 15 ދުވަހަށް ބަންދުކޮށްފި އެވެ.