ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއުގެ ގޮނޑީގެ މައްސަލަ ކޯޓަށް
ވ. ތިނަދޫ ކައުންސިލްގެ ރައީސް އަލީ ޝުޖާއު މަގާމަށް އިންތިހާބުވި ޕާޓީން ވަކިވެ، އެހެން ޕާޓީއަކާ ގުޅިފައިވާތީ އޭނާ އެ މަގާމުން ވަކިވެއްޖެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައެޅި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން އެމްޑީޕީން ނިންމައިފި އެވެ.
ޑްރަގް ގެނައި މީހުންނަށް ޓިކެޓް ގަތް މީހާގެ ބަންދަށް 15
ރާއްޖެއަށް އައި އިރު ޕެޑެއްގެ ތެރޭގައި ޑްރަގް ގެނައި މީހުންނަށް ޓިކެޓް ގަނެދިނީ މީހަކު ބުނެގެން ކަމަށާއި އެކަން ކުރީ ކްރެޑިޓް ކާޑަށް ޕޮއިންޓް ހޯދަން ވެސް ބޭނުންވެގެން ކަމަށް، ޓިކެޓު ގަނެދިން މީހާ ބުނެފި އެވެ.
ހިމަބިހީގެ 72 ކޭސްގައި ހިމެނެނީ ހަތަރު ކުޑަކުދިން
ރާއްޖޭގައި މިހާރު ފެތުރެމުންދަ ހިމަބިހި (މީސްލްސް) އެންމެ ގިނައިން ޖެހިފައިވަނީ އުމުރުން 15 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށް ކަމަށާއި މިހާތަނަށް ބަލި ޖެހުނީ ހަތަރު ކުޑަކުދިންނަށް ކަމަށް ކުޑަކުދިންގެ ހާއްސަ ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.
ބީއެމްއެލް ސީއީއޯގެ އިންޓަވިއު: ޑޮލަރާ ގުޅޭ ހުރިހާ ވާހަކައެއް!
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެނީ ބޭރު ފައިސާ މެނޭޖްކުރުމަށާއި މުއާމަލާތްތައް ހިންގުން ފަހިކޮށްދިނުމަށް ކަމަށް. އޭނާ ވިދާޅުވީ އެ ބޭންކަކީ ޑޮލަރުގެ އެންމެ ބޮޑު ޑިޕޮސިޓެއް ހުރި ރާއްޖޭގެ ބޭންކު ކަމަށާއި ތާށިކަން އުޅެނީ ވިއްކަން ލިބޭ ޑޮލަރަށް ވުރެ ޑިމާންޑް ބޮޑުވަމުން ދާތީ ކަމަށް.
އެޑިޓަރުގެ ހޮވުން
ޕާކް ހަދާ ސާމާނު އޮސްޓްރޭލިއާއިން ދެނީ، ބޭނުންވާ ކައުންސިލްތަކަށް ފުރުސަތު ހުޅުވާލައިފި
ޕާކް ހަދާ ސާމާނު އޮސްޓްރޭލިއާއިން ދެނީ، ބޭނުންވާ ކައުންސިލްތަކަށް ފުރުސަތު ހުޅުވާލައިފި
އޮސްޓްރޭލިއާގެ ކުޑަކުދިންގެ ޕާކްތަކުގައި ބޭނުންކޮށްފައި ހުރި، އެކަމަކު ރަނގަޅު ހާލަތުގައި ހުރި ސާމާނު ބޭނުންވާ ކައުންސިލްތަކަށް ދޫކުރުމުގެ ޕްރޮގްރާމެއް އޮސްޓްރޭލިއާ-މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން ހުޅުވާލައިފި އެވެ.
ބިން ހުސްކުރަން ދެކޮޅު ހަދާތީ އޮއްޕޮގެ ކުންފުންޏާ ދެކޮޅަށް އެފްއޭއެމުން ގާނުނީ ފިޔަވަޅު އަޅަނީ!
ފުޓްބޯޅަ ދަނޑެއް އެޅުމަށް، މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި އެފްއޭއެމަށް ދޫކޮށްފައިވާ ބިމުގައި ހަދާފައި ހުރި އިމާރާތެއް ހުސްކުރަން، ދެކޮޅު ހަދަމުންދާ ކަމަށް ބުނެ ގާނޫނީ ފިޔަވަޅު އަޅަން އެފްއޭއެމުން ނިންމައިފި އެވެ.
މަރުގެ ތުހުމަތުވާ ލަންކާ މީހާ ރާއްޖޭގައި ވަޒީފާ އަދާކުރި، މިފަހަރު ހިފެހެއްޓީ ރާއްޖެ އެތެރެނުވަނީސް
ސްރީ ލަންކާގައި ގާނޫނީ ވަކީލަކާއި އޭނާގެ އަނބިމީހާއަށް ބަޑިން ހަމަލާދީ މަރާލި މައްސަލާގައި ތުހުމަތުވާ މީހާ އަކީ ރާއްޖޭގައި ކުރިން ވަޒީފާ އަދާކުރި މީހެއް ކަމަށާއި އޭނާ މިފަހަރު ހިފެހެއްޓީ ރާއްޖެއަށް އެތެރެވުމުގެ ކުރިންކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ދަރޭތި
(ބުދަ ދުވަހާ ގުޅޭ)
ފަވަރަ އާއި ޔޫޕީއައި ގުޅާލުމުން ޑޮލަރަށް ޑިމާންޑް ދަށްކުރެވޭނެ: ބޭންކްތައް
ފަވަރަ އާއި ޔޫޕީއައި ގުޅާލުމުން އިންޑިއާ އާއި ރާއްޖޭގެ ބޭންކްތަކާ އެކު ހަދާ ޕޭމެންޓްތަކުގެ ހަރަދު ކުޑަވެ، ޑޮލަރަށް އޮތް ޑިމާންޑް ދަށް ކުރެވޭނެ ކަމަށް ރާއްޖޭގެ ބައެއް ބޭންކުތަކުން ބުނެފި އެވެ.