ފިޔަވަޅުތައް ނޭޅި، ކުޅިވަރުގެ އުންމީދީ ތަރިން ގެއްލެނީ!
މެއި 2024 ގައި ރާއްޖޭގެ އަންހެނުންގެ 100 މީޓަރު ސްޕްރިންޓް ރެކޯޑް، މަރިޔަމް ޔޫޔާ އަލީ ދެ ފަހަރަށް މުގުރާލި އެވެ.
ވިސާމްގެ ކުރިއެރުމުގައި ތިން މީހެއްގެ ހިތްވަރު
ހުޅުމާލޭ އިންޖީނުގޭގެ ޗީފް މެކޭނިކަލް އިންޖިނިއަރު އަހުމަދު ވިސާމް މުހައްމަދުގެ ކެރިއާ ބިނާވީ ހަމައެކަނި އޭނާގެ ހިތްވަރަކުން ނޫނެވެ. އައްޑޫ ހިތަދު އަށް އުފަން އުމުރުން 35 އަހަރުގެ ވިސާމްގެ ކާމިޔާބީގެ ފަހަތުގައި ގާތް ތިން މީހެއްގެ ދައުރު އޭނާ އަބަދުވެސް ފާހަގަ ކުރެ އެވެ. އެ ތިން މީހުންގެ މަތިން ދުވަހަކު ވެސް ހަނދާން ނައްތާލެވޭކަށް ނެތެވެ.
ފައްޔާޒް ވިދާޅުވަނީ ނަޝީދާ އެކު ދެމި ހުންނެވި ކަމަށް
ކުރީގެ ރައީސް މުހައްމަދު ނަޝީދު ރިޔާސީ ރޭހަށް ނެރެން އާއްމު މެންބަރުން ބާރު އަަޅަން ފެށުމުން "ބޮޑު ބަދަލު" ވަޓްސްއެޕް ގްރޫޕުން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ނުކުމެވަޑައިގެންނެވި ކަމަށް ސޯޝަލް މީޑިއާ އާއި މީޑިއާގައި ފެތުރުނު ވާހަކަތަކަށް ރައްދު ދެއްވައި، ނަޝީދުއާ އެކު ފެއްޓެވި މަސައްކަތުގައި އަދިވެސް ދެމި ހުންނެވި ކަން ފައްޔާޒް މިއަދު ހާމަކުރައްވައިފި އެވެ.
ނޭޕާލަށް އެހީވާން ރެޑް ކްރެސެންޓުން ހުޅުވާލައިފި
ނޭޕާލާއި ޗައިނާގެ ބޯޑަރު ސަރަހައްދުގައި މިދިޔަ ހަފުތާގައި ބިންގަނޑު ކަނޑައިގެން ގޮސް ހިނގި ފެންބޮޑުވުމުގެ ނުރައްކާތެރި ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވާން ރާއްޖޭގެ ރެޑް ކްރެސެންޓުން ހުޅުވާލައިފި އެވެ.
އެޑިޓަރުގެ ހޮވުން
40 ޕަސެންޓު ޑޮލަރު މާރުކުރާ އުސޫލު ރިސޯޓްތަކުން ގަބޫލުނުކުރަން ޔާމީން ގޮވާލައްވައިފި
40 ޕަސެންޓު ޑޮލަރު މާރުކުރާ އުސޫލު ރިސޯޓްތަކުން ގަބޫލުނުކުރަން ޔާމީން ގޮވާލައްވައިފި
ބޭރު ފައިސާ އިން އާމްދަނީ ލިބޭ ވިޔަފާރިތަކަށް މަހަކު ލިބޭ ޖުމުލަ އާމްދަނީގެ 40 ޕަސެންޓް ރާއްޖޭގެ ބޭންކަކަށް ރުފިޔާ އަށް މާރުކުރަން ލާޒިމްކުރާ ގޮތަށް، ގާނޫނަށް ގެންނަ ބަދަލު ރިސޯޓު ގަބޫލުނުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ގޮވާލައްވައިފި އެވެ.
ކީރިތި ރަސޫލާގެ ޚުލުގުފުޅުން ނަމޫނާ ލިބިގަތުން
ކީރިތި ރަސޫލާ މުޙައްމަދު ﷺ ދުނިޔެ އަށް އުފަންވެވަޑައިގަތުމަކީ އިންސާނިއްޔަތު އަލުން ބައްޓަންކުރުމަށް ލިބުނު ތާރީޚީ ފުރުސަތެކެވެ. ޖާހިލިއްޔަތާއި ހަރުކަށިކަމުގެ އަނދިރިކަމުގެ ތެރެއިން ތަހުޒީބާއި އަދުލުވެރިކަމުގެ އަލިކަމގެ ތެރެއަށް ނެރުއްވައިދިން ބޮޑު އިންގިލާބެކެވެ. އެކަލޭގެފާނުގެ މަތިވެރިކަން އެންމެ ފާޅުކަން ބޮޑުކޮށް ބަޔާންކޮށްފައިވަނީ ކީރިތި ޤުރްއާނުގައި އެކަލޭގެފާނަކީ މަތިވެރި ޚުލުގުފުޅެއްގެ މަތީގައިވާ ބޭކަލެއްކަން ފާހަގަކުރައްވަމުންނެވެ.
މެދުއިރުމަތީގެ ހަނގުރާމައަށް ހަ މަސް: އީރާނުން ބުނަނީ އަދިވެސް މަޝްވަރާއަށް ތައްޔާރު ކަމަށް
މެދުއިރުމައްޗަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ، އެމެރިކާ-އީރާން ހަނގުރާމައަށް މިއަދު ހަ މަސް ފުރުނުއިރު، އީރާން އަދިވެސް އޮތީ މަޝްވަރާއިން ހައްލު ހޯދަން ތައްޔާރަށް ކަމަށާއި އެކަމަކު އޭގެ ކުރިން އެމެެރިކާއިން އީރާނަށް ފިއްތުންތައް ކުރިމަތިކުރުން ހުއްޓާލަންޖެހޭނެ ކަމަށް އެ ގައުމުން މިއަދު ބުނެފި އެވެ.
ޓްރީ ޓޮޕް އިން ނާސިން ސްކޮލާޝިޕްގެ ފުރުސަތު
ސިއްހީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދިވެހި ދަރިވަރުންނަށް އެހީތެރިވުމުގެ ބޭނުމުގައި، ނާސިން ސްކޮލަޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ޓްރީ ޓޮޕް ހޮސްޕިޓަލުން ހުޅުވާލައިފި އެވެ.
ބ އަތޮޅުގައި އެމްއައިބީގެ ބްރާންޗަކާއި ތިން އޭޓީއެމް
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ބ. އޭދަފުށީގައި އެ ބޭންކްގެ ބްރާންޗެއް ގާއިމްކޮށް، އެ އަތޮޅުގެ ތިން ރަށެއްގައި 24 ގަޑިއިރު ހިދުމަތް ލިބޭ އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް ފަށައިފި އެވެ.