މޫސުމީ އަދުލުވެރިކަން ހޯދަން އަޑުއުފުލަން ޖެހޭ: ރައީސް
ކުދި ގައުމުތަކުގެ ހައްގުގައި، މޫސުމީ އަދުލުވެރިކަން ގާއިމުކުރުމަށްޓަކައި އެކުގައި އަޑުއުފުލަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ގައިދީން އަވީގައި ބައިތިއްބާ މައްސަލައެއް ފެންމަތިކޮށްފި
ޖަލު އޮފިސަރުންނަށް ނުކިޔަމަންތެރިކަން ދައްކާ ގައިދީންނަށް ފިޔަވަޅު އެޅުމުގެ ގޮތުން އެ ގައިދީންގެ އަތާއި ފައިގައި ބިޑި އެޅުވުމަށް ފަހު، ވަރަށް ހޫނުވާ ސަރަހައްދެއްގައި އެކަހެރި ކޮށްފައި ބައިތިއްބާ މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ފެންމަތިކޮށްފި އެވެ.
ކަސްޓަމަރުގެ ދަތުރުގެ މައުލޫމާތެއް ނުހޯދަން: ބީއެމްއެލް
ބޭންކުގެ އޮފިޝަލަކު ވިދާޅުވީ މިއީ ކާޑު ވަގަށް ނެގުމަށް ފަހު ނުވަތަ ކްލޯން ކުރުމަށް ފަހު، އަސްލު ކާޑުގެ ވެރިފަރާތް ރާއްޖޭގައި ހުއްޓައި ރާއްޖޭން ބޭރުގައި ކާޑު ބޭނުންކޮށްގެން ހިންގާ އޮޅުވާލުމުގެ މުއާމަލާތްތައް ހުއްޓުވުމަށް ވެސް ހަރުދަނާ ފިޔަވަޅެއް ކަމަށް.
އިރުއޮއްސި 6:30 ހަމައަށް ވައިޓް އެލާޓް ނެރެފި
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މިއަދު އިރުއޮއްސި 6:30 ހަމައަށް މެޓް އޮފީހުން ދެންމެ ވައިޓް އެލާޓް ނެރެފި އެވެ.
އެޑިޓަރުގެ ހޮވުން
މުޒާހަރާތަކާ ގުޅިގެން ޕީއެންއެފަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އީސީން ދީފި
މުޒާހަރާތަކާ ގުޅިގެން ޕީއެންއެފަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އީސީން ދީފި
މަޝްވަރާކުރަން އީސީ އަށް ހާޒިރުވުމަށް ދައުވަތު ދީފައިވީ ނަމަވެސް، ކޮމިޝަނަށް ހާޒިރުވާން ޕީއެންއެފުން އުޒުރުވެރިވެފައިވާ ކަމަށް އީސީން ބުންޏެވެ. އަދި އެ ޕާޓީން އެއްވުންތަކާއި މުޒާހަރާތައް ބާއްވަނީ ގާނޫނީ އިމުގެ ބޭރުން ކަމަށް އީސީން ބުނެ އެވެ.
މިލަންދޫގެ އެއާޕޯޓް ހަދަން ބޭނުންވާ ބިން ހިއްކައި ނިންމައިފި
ށ. މިލަންދޫގައި އެއާޕޯޓު ހަދަން ބޭނުންވާ ބިން އެއް މަސް ތެރޭގައި އެއްކޮށް ހިއްކައި ނިންމައިފި އެވެ.
ކޯޓަށް ދިޔައީ ނަޝީދުގެ ފަރާތަކުން ނޫން: ތަރުޖަމާނު
އެމްޑީޕީގެ މައްޗަށް ދައުވާކޮށް ސިވިލް ކޯޓަށް މިއަދު ހުށަހެޅި މައްސަލައަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިންގެ ފަރާތުން ހުށަހެޅި މައްސަލައެއް ނޫން ކަމަށާއި އެގޮތަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކުން ކުށްވެރިކުރާ ކަމަށް ކެމްޕެއިންގެ ތަރުޖަމާނު އަބްދުﷲ ވަހީދު ވިދާޅުވެއްޖެ އެވެ.
ކާށިހުޅުދޫ ދައުލަތުން އަތުލީ ގޯސްކޮށް ކަމަށް ކަނޑައަޅައިފި
ދަނޑުވެރިކަމާއި ޕޯލްޓްރީގެ ބޭނުމަށް ދޫކުރި ގދ. ކާށިހުޅުދޫ ސަރުކާރުން އަތުލި މައްސަލައިގައި ދައުލަތުން ބަދަލުދޭން ޖެހޭ ކަމަށް ހައި ކޯޓުން ކަނޑައަޅައި، އެ މައްސަލާގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކޮށްފި އެވެ.
މީކާއިލް، ނަޝީދަށް: އިންތިހާބާ ގުޅުވައި ކޯޓަށް މައްސަލަ ހުށަހެޅުމަކީ އެމްޑީޕީއާ ބީރައްޓެހި އަމަލެއް!
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ޓައިމްލައިން ބާތިލް ކޮށްދިނުމަށް އެދި އިދިކޮޅު ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޓީމުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމަކީ އެ ޕާޓީގެ އަސާސީ ސިފަތަކާ ވަރަށް އިދިކީލި، ބީރައްޓެހި އަމަލެއް ކަމަށް އެ މަގާމަށް ދެން ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.