ހަނގުރާމަ މެދުކަނޑާލަން އީރާނާއި އެމެރިކާއިން އެއްބަސްވެއްޖެ
އީރާނު އެއްކޮށް ސުންނާފަތިކޮށްލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ސުންގަޑި ހަމަވާން އިރުކޮޅަކަށް ވެފައި ވަނިކޮށް، އެމެރިކާ އާއި އީރާނުން ދެ ހަފުތާގެ މުއްދަތަށް ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެއްޖެ އެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން ކަމުން ވަހީދު ވަކިކޮށްފި
އިދިކޮޅު އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިދާރީ، އިބްރާހިމް ވަހީދު (އިބުރޭ) ވެސް އެ މަގާމުން މިއަދު ވަކިކޮށްފި އެވެ.
ކުރީގެ އުޅަނދުގެ ބަދަލުގައި އާ އުޅަނދެއް ރަޖިސްޓަރީކުރެވޭނެ
ކުރީގެ އުޅަނދުގެ ބަދަލުގައި އާ އުޅަނދެއް ރަޖިސްޓަރީ ކޮށްދެވޭ ގޮތަށް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.
ގަޕޯގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ސޮއި ހަމަކުރަނީ!
އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެ ޕާޓީގެ ގައުމީ މަޖިލިހަށް ހުށަހެޅުމަށްޓަކައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
އެޑިޓަރުގެ ހޮވުން
164 ބާވަތުގެ މުދަލުގެ ހާލަތު ކައިރިން އަންނަނީ ބަލަމުން: ސައީދު
164 ބާވަތުގެ މުދަލުގެ ހާލަތު ކައިރިން އަންނަނީ ބަލަމުން: ސައީދު
ސަރުކާރުން އަންނަނީ މާކެޓުގައި ވިއްކާ މުހިއްމު 164 ބާވަތެއްގެ މުދަލުގެ ސަޕްލައި އަދި އަގުތަކަށް އަންނަ ބަދަލުތައް ކައިރިން ބަލަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އަސްމާ ޕީއެންސީން ވަކިކުރާކަށް ނާންގާ: ފަލާހު
ރައްުޔިތުންގެ މަޖިލިހުގެ މާފަންނު މެދުދާއިރާގެ ޕީއެންސީގެ މެމްބަރު އަސްމާ ރަޝީދު އެ ޕާޓީން ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވި ކަމަށް ބުނެ ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
އެތެރޭގެ ކޯޅުމުގެ ތެރެއިން، އެމްޑީޕީގެ ލީގަލް ޑިރެކްޓަރު މައުރޫފް މަގާމުން ވަކިކޮށްފި
އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ މަގާމުން އަހުމަދު މައުރޫފް މިއަދު ވަކިކޮށްފި އެވެ.
ޝީޓް ޕައިލްކުރަން މަސްވެރިންގެ ޕާކާއި ބީއެމްއެލްއާ ދެމެދު ފަޅު ބަންދުކުރަނީ
މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ދަށުން ޝީޓް ޕައިލްކުރުމުގެ މަސައްކަތް ފެށުމަށް މަސްވެރިންގެ ޕާކުން ފެށިގެން ބީއެމްއެލްއާ ހަމައަށް އޮންނަ މަގާއި ފަޅު މާދަމާ ބަންދުކުރަން ނިންމައިފި އެވެ.
މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް
މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ވެގެން ފަރުވާދޭން ފަށައިފި އެވެ.