ވެރިކަން ކުރީ ލީޑަރުންގެ އެއްބަސްވުމާ އެއްގޮތަށް: އިބޫ
ވެރިކަމުގެ ފަސް އަހަރު މަސައްކަތް ކުރެއްވީ ކޯލިޝަން ލީޑަރުން ސޮއިކުރައްވާފައި އޮތް އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަން ކަމަށާއި އަމިއްލައަށް ބޭނުންވެގެން އެހެން ޕާޓީއެއްގެ ބޭފުޅަކަށް ދިން މަގާމެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
"ދާއިރާގެ ފޮށިތަކުން މެޖޯރިޓީ ލިބުނު، މަސައްކަތް ރަނގަޅު"
ސައީދު ބަލިކޮށް ސޯބެ އިންތިހާބު ކާމިޔާބުކުރީ 62 ވޯޓުގެ ތަފާތަކުން.
ގައްދޫ ކައިރިއަށް ޑައިވިނަށް ފޭބި މީހަކު މަރުވެއްޖެ
ގދ. ގައްދޫ ކައިރިއަށް ޑައިވިނަށް ފޭބި މީހަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.
އަފީފް މި ހާމަކުރައްވަނީ ފެނަކަ ހުލިކޮށްލި ގޮތުގެ ކުޑަ މިންވަރެއް!
ފެނަކަ އުފެއްދީއްސުރެ އެ ކުންފުނީގެ އެތެރޭގައި ހިންގާ ކޮރަޕްޝަންގެ ވާހަކަތަކާއި އެތައް ޖަރީމާއެއްގެ ވާހަކަތައް ކަނޑައިގެން ނުދެ އެވެ. އެ ވާހަކަތައް އާންމުވި ވަރަކީ އެއީ މިހާރު މާ ބޮޑެތި ކަންތައްތަކެއް ކަމަށް ވެސް ދިވެހިންގެ ކުރިމަތީގައި ނުވުމެވެ. އެކަމަކު، އެ ކުންފުނި ހިންގުމާ މި ފަހުން ހަވާލުވެވަޑައިގެންނެވި މުހައްމަދު އަފީފް ގެންދަވަނީ މަގާމުގައި ހުންނަވައިގެން އޭގެ ތެރެއިން ބޮޑެތި މައްސަލަތައް ތިލަ ކުރައްވްމުންނެވެ.
އެޑިޓަރުގެ ހޮވުން
ރާއްޖޭގައި ތަރައްގީކުރާ 8.8 ބިލިއަން ޑޮލަރުގެ މާލީ ސެންޓަރު މަޝްރޫއުގެ ސްކޯޕަށް ބަދަލެއް
ރާއްޖޭގައި ތަރައްގީކުރާ 8.8 ބިލިއަން ޑޮލަރުގެ މާލީ ސެންޓަރު މަޝްރޫއުގެ ސްކޯޕަށް ބަދަލެއް
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) މަޝްރޫއުގެ ސްކޯޕަށް ބޮޑު ބަދަލެއް ގެންނަމުންދާ ކަމަށް ޗީފް ގަވަންމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
އީރާނަށް ހަމަލާ ދިނުމާ އެކު އަނެއްކާވެސް ރައްދުގައި ބަހުރެއިނާއި ކުވައިތަށް ހަމަލާދީފި
އެމެރިކާއިން އީރާނަށް ވައިގެ މަގުން ހަމަލާތަކެއް ދީފައިވާ ކަމަށް ބުނިތާ މާގިނައިރުތަކެއް ނުވެ، ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އީރާނުން ބަހުރައިނާއި ކުވެއިތަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް އަނެއްކާވެސް ދީފި އެވެ.
ދަރޭތި
(ބުދަ ދުވަހާ ގުޅޭ)
އަނބިމީހާގެ ހާއްސަ ހައްގުތަކުގެ ތެރެއިން ހަރަދު ކޮށްދިނުން
އިސްލާމްދީނުގައި ދެމަފިރިންގެ ހައްގުތައް އޮންނަނީ ދެފަރާތުން ބައިވެރިވާ ގޮތަށެވެ. މިގޮތުން ދެފަރާތުން އެކަކުއަނެކަކަށް އަދާކުރަންޖެހޭ ހައްގުތަކާއި ފިރިމީހާ އަނބިމީހާ އަށް އަދާކޮށްދޭން ޖެހޭ ހައްގުތަކާއި އަނބިމީހާ ފިރިމީހާ އަށް އަދާކޮށްދޭންޖެހޭ ހައްގުތަކެއް ވެ އެވެ. މިއިން ކޮންމެ ހައްގެއް އަދާކުރުމަކީ ވާޖިބެކެވެ. މީގެ ތެރެއިން މި ލިޔުމުގައި މިބަލައިލަނީ އަނބިމީހާގެ ހާއްސަ އެއް ހައްގު ކަމުގައިވާ ހަރަދުތައް ކުރުން ނުވަތަ ނަފަޤާތު ދިނުމުގެ މައްޗަށެވެ. އަނބިންނަށް ހަރަދު ކޮށްދޭން ޖެހުން ބިނާވެފައިވާ އަސާސަކީ ރަސޫލުﷲ ﷺ ގެ ހަދީސްފުޅެއްގައި "އަދި ހަމަކަށަވަރުން ތިބާގެ އަނބިމީހާ އަށް ތިބާގެ މައްޗަށް ހައްގެއް އަދާކުރުން ވެޔޭ" ބަޔާންކޮށްފައި އޮތުމެވެ.
ރާއްޖޭގެ ރިސޯޓު އާކިޓެކްޗާގެ މުއްސަނދިކަން ދައްކާލުމަށް މައުރޫފް ޖަމީލްގެ އާޓް އެގްޒިބިޝަނެއް
ރާއްޖޭގެ ރިސޯޓު އާކިޓެކްޗާގެ މުއްސަނދިކަން ދައްކާލުމަށް ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލްގެ ހާއްސަ އާޓް އެގްޒިބިޝަނެއް ފަށައިފި އެވެ.