ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހަކު ހައްޔަރުކޮށްފި
މަސްތުގެ ހާލަތުގައި ހުރެ ނުރައްކާތެރިކޮށް ސައިކަލު ދުއްވައި، ފުލުހުން މަޑުކުރަން އެންގުމުން ތަބާނުވެ ފިލަން އުޅުނު މީހަކު މާލެއިން ރޭ ފަތިހު ހައްޔަރުކޮށްފި އެވެ.
މަރު ކޮމިޝަނުގެ ރިޕޯޓުތައް އަވަހަށް ދިރާސާކޮށް ނިމޭނެ: އޭޖީ
ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އުފެއްދި މަރު ކޮމިޝަނުގެ ރިޕޯޓުތައް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ދިރާސާކޮށް ނިމޭނެ ކަމަށް އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ރޭ ވިދާޅުވެއްޖެ އެވެ.
ޓީޗަރުންނަށް ބޭނުންވާ އެހީތެރިކަން މި ސަރުކާރުން ދޭނެ:ރައީސް
މި ސަރުކާރުން ޓީޗަރުންގެ ހެވާއި ލާބަޔަށް އެދޭ ކަމަށާއި އެ މީހުންނަށް މާބުރަ ބޮޑުނުވާނެ ގޮތަށް މަސައްކަތްތައް ރާވައި ޓީޗަރުންގެ މަސައްކަތުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެކްސިޑެންޓުގައި މަރުވި ކުއްޖާގެ އާއިލާ މެލޭޝިއާއަށް ގޮސް ތިބުމަށް އެހީ ހޯދަނީ
އިމީލީގެ މަންމަ އާއި ބައްޕަ މެލޭޝިއާއަށް ދިއުމަށް ދެކޮޅު ޓިކެޓް ހަމަޖައްސައިދިނީ ސަރުކާރުން. ތަހުގީގަށް ދެ ހަފުތާއެއްހާ މުއްދަތު ހޭދަވާނެތީ އެ މީހުން އެ ގައުމުގައި ތިބުމާއި ކެއިންބުއިމުގެ ހަރަދުތަކުގެ އިތުރުން މޯޗަރީއަށް ވެސް ގިނަ އަދަދަކަށް ފައިސާ ދައްކަންޖެހޭނެ ކަމަށް އާއިލާއިން ބުނި.
އެޑިޓަރުގެ ހޮވުން
މެލޭޝިއާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިއާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރު ކައިރިން ސަންވޭ ސަރަހައްދުގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު މިއަދު ނިޔާވެއްޖެ އެވެ.
ފަސް މިލިއަން ގަސް ޕްރޮގްރާމްގައި ބޭނުންކުރަން ފެންދޭ 20 އުޅަނދު ހޯދަނީ
ސަރުކާރުގެ ފަސް މިލިއަން ގަސް ޕްރޮގްރާމްގެ ދަށުން އިންދާ ގަސްތަކަށް ފެންދިނުމަށް 20 އުޅަނދު ހޯދަން ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.
ޒެޑެކްސް ސްޓަޑީ އެބްރޯޑަށް އެއް އަހަރު: 200 ދަރިވަރަކަށް ފުރުސަތު ހޯދައިދީފި
ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް، ފުރުސަތުތައް ހޯދައިދީ، މަތީ ތައުލީމަށް ދިއުމަށް ބޭނުންވާ އެކި އެހީތެރިކަން ފޯރުކޮށްދޭ ކޮންސަލްޓަންސީ ކުންފުނި 'ޒެޑެކްސް ސްޓަޑީ އަބްރޯޑް'އަށް އެއް އަހަރު ފުރިއްޖެ އެވެ.
އެމްއެމްއޭއިން ކުޑަކުދިންނަށް ހާއްސަ އާޓް މުބާރާތެއް ބާއްވަނީ
މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީގެ ފިންލިޓް ފެސްޓް 2026 ގެ ކުރެހުމުގެ މުބާރާތަށް ކުރެހުން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ކާރު ސާފުކުރަން 1،000ރ. ނެގީ ދެފަރާތުން އެއްބަސްވެގެން، އުޅެނީ އަގުވައްޓާލަން: ނަލަ ޓެކްސީ
ތުއްތު ކުއްޖަކަށް ޓެކްސީ ތެރެއަށް ހޮޑުލެވުމުން ކާރު ސާފުކުރުމުގެ އަގަށް 1،000ރ. ނެގީ ދެފަރާތުން އެއްބަސްވެގެން ކަމަށް އެ ޓެކްސީ އޮޕަރޭޓްކުރާ ނަލަ ޓެކްސީ ސެންޓަރުން މިއަދު ބުނެފި އެވެ.