ޔާމީންގެ މައްސަލާގައި ހެކިބަސް އަނބުރާ ނުގެންދެވޭނެ:ދައުލަތް
ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުލަތުގެ ސިއްރު ހެކިވެރިޔާގެ ހެކިބަސް އަނބުރާ ގެންދަން ފޮނުވި ސިޓީއަށް ބުރަދަން ނުދެވޭނެ ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުން މިއަދު ބުނެފި އެވެ.
އެކްސިޑެންޓުވި ކާރުދުއްވި ރިފާއުގެ ލައިސަންސް ހިފަހައްޓައިފި
ބާރު ސްޕީޑުގައި ދުއްވި ލަމްބަގިނީ ލަގްޒަރީ ކާރެއް ހުޅުމާލެ ބްރިޖް ހައިވޭގެ ސޯލާ ޕެނަލްތަކުގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރު ދުއްވަން އިން ހަސަން ރިފާއުގެ ލައިސަންސް ހިފަހައްޓައިފި އެވެ.
ކަނޑުގެ 500 މީޓަރު އަޑިން ފެން އުފައްދަނީ
ރާއްޖޭގެ ކަނޑުގެ 500 މީޓަރު އަޑީގައި ފެން ޕްލާންޓް ބަހައްޓައިގެން ފެން އުފެއްދުމުގެ މަސައްކަތް އަންނަ އަހަރު ފެށުމަށް ނިންމާފައިވާ ކަމަށް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިޔުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.
ބޯހިޔާވަހިކަމަށް ހުށަހެޅި ފޯމުތަކުގެ މައުލޫމާތު ރަނގަޅު ނޫން ނަމަ އަންގަން އެދިއްޖެ
ހައުސިން މިނިސްޓްރީން ބުނީ ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ ކުރިއަށް ގެންދާއިރު، ހުށަހަޅާފައިވާ މައުލޫމާތުތަކާއި، އެ ވުޒާރާއަށް ސަރުކާރުގެ އިދާރާތަކާއި ކައުންސިލުތަކުން ފޮނުވާފައިވާ މައުލޫމާތުތަކަށް ރިއާޔަތްކޮށް، އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މައުލޫމާތުގައި ފުށުއެރުމެއްވާ ނަމަ އެކަން "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް އެޕްލިކަންޓަށް އަންގާނެ ކަމަށް.
އެޑިޓަރުގެ ހޮވުން
ތިލަމާލެ ބްރިޖު: ފަހު ސެގްމެންޓާއެކު މާލެ އާއި ވިލިމާލެ ގުޅުވާލައިފި
ތިލަމާލެ ބްރިޖު: ފަހު ސެގްމެންޓާއެކު މާލެ އާއި ވިލިމާލެ ގުޅުވާލައިފި
ހައުސިން މިނިސްޓްރީން ބުނީ ތިލަމާލެ ބްރިޖުގެ މާލެ އާއި ވިލިމާލެއާ ދެމެދުގެ އެންމެ ފަހު ސެގްމެންޓް ލޯންޗުކޮށް، މާލެއާއި ވިލިމާލެ ގުޅުވާލެވިފައިވާ ކަމަށެވެ.
މަނީ ޗޭންޖިން ގަވާއިދާ ހިލާފުވި ތަނެއްގެ ލައިންސަސް ބާތިލްކޮށްފި
އެމްއެމްއޭ އިން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް، މަނީ ޗޭންޖިން ވިޔަފާރީގެ ގަވާއިދުތައް ތަންފީޒުކުރުމުގައި ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް.
މިސްރުގެ ކްރިސްޓިއަނަކު ގުރުއާން މުބާރާތަކުން އުމްރާ ދަތުރެއް ހޯދުމަށް ފަހު މުސްލިމު އަވަށްޓެރިއަކަށް ދީފި
މިސްރުގެ ނަސާރާ (ކްރިސްޓިއަން) ދީނުގެ ފިރިހެނަކު، ގުރުއާންގެ އިލްމާ ބެހޭ މުބާރާތެއްގައި ބައިވެރިވެ ސުވާލުތަކަށް ޖަވާބުދީގެން ހިލޭ އުމްރާ ދަތުރެއް ކާމިޔާބުކޮށްފި އެވެ.
ސީއެޗްއެސްއީގެ އާ އިމާރާތުގެ އަމަލީ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފަށަނީ
ސެންޓަ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ އާ އިމާރާތުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ތަކެތީގެ އަގުތައް ބަލާ ޕޯޓަލްގައި 2،000 އަށް ވުރެ ގިނަ ވިޔަފާރި ރަޖިސްޓަރީކޮށްފި
ތަކެތީގެ އަގުތައް ބަލަން ފަސޭހައަކަށް ސަރުކާރުން ގާއިމްކުރި "އަގުމަގު ޕޯޓަލް" ގައި މިހާތަނަށް 2،000 އަށް ވުރެ ގިނަ ވިޔަފާރި ރަޖިސްޓަރީ ކޮށްފި އެވެ.