ހިލޭޓީވީ ހުއްޓުވަން ސިވިލް ކޯޓުން އަންގައިފި
އެކި ތަންތަނުން ޕައިރޭޓެޑް ޓީވީ ޗެނަލްތަކެއްގެ ލިންކް އެއްތަނަކަށް އެއްކޮށްގެން އާންމުންނަށް ފޯރުކޮށްދެމުންދާ "ހިލޭޓީވީ" ވެބްސައިޓަށް ނުވަދެވޭ ގޮތް ހަދަން ސިވިލް ކޯޓުން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އަށް އަންގައިފި އެވެ.
އަތޮޅު ކައުންސިލް އުވާލުމުން އެސްޖީން މަގާމުން ވަކިކޮށްފި
އަތޮޅު ކައުންސިލްތަކުގައި މަސައްކަތް ކުރައްވަމުން ގެންދެވި ހުރިހާ ސެކްރެޓަރީ ޖެނެރަލުން އިއްޔެ މަގާމުން ވަކިކޮށްފި އެވެ.
ޝަމްއާން ކޮރަޕްޝަންގެ ވާހަކައެއް ނުދައްކާ: ޕޮލިސް
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދުގެ މައްޗަށް ތަހުގީގު ހިންގައި ޖަލަށް ލާން ހުކުމް ކުރުމާ ގުޅޭ ގޮތުން އޭނާ ސީރިއަސް ތުހުމަތުތަކެއް ކޮށްފައި ވިޔަސް އޭނާ ދެއްކެވި ވާހަކަތަކާ ގުޅޭ ގޮތުން ތަހުގީގުގައި އެއްވެސް ކަމެއް ހިއްސާކޮށްފައި ނުވާ ކަމަށާއި ކޮރަޕްޝަނާ ގުޅޭ ހެކި ހުރި ކަމަށް ބުނާ ފޯނު ވެސް ހުޅުވައިނުދިން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
"މިހާރު" ގެ ވޯލްޑް ކަޕް ސްކޯ ޕްރެޑިކްޓާ: ފޯރިގަދަވާނެ، އިނާމު ލިބޭނެ
ފުޓްބޯޅަ މެޗުތަކުގެ ސްކޯދިމާކުރާ މުބާރާތްތައް ބާއްވައި، ބޮޑެތި އިނާމުތައް ހޯދޭ ގޮތަށް "މިހާރު" އިން ލޯންޗުކޮށްފައިވާ ސްކޯ ޕްރެޑިކްޓާ، މިރޭ ފަށާ މި އަހަރުގެ ވޯލްޑް ކަޕުގައި ވެސް ކުރިއަށްގެންދާނެ އެވެ.
އެޑިޓަރުގެ ހޮވުން
ޝުހާދުގެ މައިންބަފައިން ގާތިލްގެ ކުރިމައްޗަށް، ބޭނުންވީ މަރަށްމަރު ހިފަން
ޝުހާދުގެ މައިންބަފައިން ގާތިލްގެ ކުރިމައްޗަށް، ބޭނުންވީ މަރަށްމަރު ހިފަން
ފުވައްމުލަކުގައި ހިންގި މާރާމާރީއެއްގައި މަރާލި އަބްދުﷲ ޝުހާދުގެ މަރުގެ މައްސަލާގައި ދަށު ކޯޓުން ކުށް ސާބިތުވެފައިވާ ހަސަން ފަރީދުގެ މައްޗަށް މަރަށްމަރު ހިފަން ބޭނުންވާ ކަމަށް ޝުހާދުގެ މަންމަ އާއި ބައްޕަ މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.
މަސްޖިދުލް އާދިލްގެ ސައުންޑް ސިސްޓަމްގެ ކޭބަލް ވަގަށް ނަގައިފި
މަޖީދީމަގު ހީނާމާގެ ޕާކިންޒޯނާ ޖެހިގެން ހުންނަ މަސްޖިދުލް ސުލްތާނުލް އާދިލް (ދެބުރި މިސްކިތް)ގެ ސައުންޑް ސިސްޓަމަށް ބޭނުންކުރާ ކަރަންޓް ކޭބަލެއް ރޭ ވަގަށް ނަގައިފި އެވެ.
ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުގައި ވޯލްޑް ކަޕް ބަލާލެވޭނެ: އެޗްޑީސީ
މިރޭ ފަށާ ވޯލްޑްކަޕްގެ މެޗުތައް ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުގައި ދައްކާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
ކަރެކްޝަންސްގެ ކުރީގެ އޭސީޕީ އާސިފަށް މަގާމު ދޭން ކުރި ހުކުމް އިސްތިއުނާފުކޮށްފި
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުން ވަކިކުރި މުހައްމަދު އާސިފަށް އަލުން އެ ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ބޫޓު ފޮށިގަނޑުތަކެއްގައި 22 ކިލޯ ޑްރަގް ގެނައި މީހަކާއި ހަވާލުވި ދެ މީހެއްގެ ބަންދަށް 30 ދުވަސް
ސިންގަޕޫރު އެއާލައިންގެ މަތިންދާބޯޓަކުން ގެނައި ބޫޓުތަކެއްގެ ތެރޭގައި ފޮރުވައިގެން ގާތްގަނޑަކަށް 22 ކިލޯގެ ޑްރަގް އެތެރެކުރިކަމުގެ ތުހުމަތު ކުރެވޭ ދިވެއްސަކާއި އެ ތަކެއްޗާ ހަވާލުވާން ދިޔަ ބަންގްލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށް 30 ދުވަހަށް ބަންދުކޮށްފި އެވެ.