މައްކާގައި ތިބި ދިވެހިންގެ ހާލު ރަނގަޅު: ޝަހީމް
މައްކާގައި ތިބި ދިވެހިންގެ ހާލު ރަނގަޅު ކަމަށާއި އެއްވެސް ނުރައްކަލެއް ނެތް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މެލޭޝިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް
ރާއްޖޭން އެދިފައިވާ ގޮތަށް މެލޭޝިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ހަމަޖައްސައިދޭނެ ކަމަށާއި ރާއްޖެއިން އެދުނު އެހެން ގިނަ ކަންތައްތަކަށް މެލޭޝިއާ ސަރުކާރުން އިޖާބާދޭނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.
ދީނީ އަދި ދިފާއީ އެމްއޯޔޫގައި ރާއްޖެ-މެލޭޝިއާ ސޮއިކޮށްފި
އިސްލާމިކް އެފެއާޒްގެ ދާއިރާއިން އެެއްބާރުލުން ދިނުމުގެ މެމޯރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އަކާއި ދިފާއީ ކަންކަމުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ރާއްޖެ އާއި މެލޭޝިއާ އިން މިއަދު ސޮއިކޮށްފި އެވެ.
ރަސްމީ ރިޒާވް 644 މިލިއަން ޑޮލަރަށް މަތިވެއްޖެ
މިދިޔަ އޮގަސްޓް މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް 638.0 މިލިއަން ޑޮލަރުން 643.8 މިލިއަން ޑޮލަރަށް މަތިވެފައިވާ ކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.
އެޑިޓަރުގެ ހޮވުން
މެލޭޝިއާ އިން ތަރައްގީ އަށް ކުރި ދަތުރަކީ ރާއްޖެ އަށް މުހިއްމު ފިލާވަޅުތަކެއް: ރައީސް
މެލޭޝިއާ އިން ތަރައްގީ އަށް ކުރި ދަތުރަކީ ރާއްޖެ އަށް މުހިއްމު ފިލާވަޅުތަކެއް: ރައީސް
ތަރައްގީގައި މެލޭޝިއާ ކުރިއަށް ދިޔަ މަގަކީ ރާއްޖެ ފަދަ ގައުމުތަކަށް މުހިއްމު ފިލާވަޅުތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޕީއެލް: ރާއްޖޭގެ އިގްތިސާދުގެ މުގުލުގައި 40 އަހަރު
މީގެ 40 އަހަރު ކުރިން، 1986 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަަހަކީ ރާއްޖޭގެ އިގްތިސާދާއި މެރިޓައިމްގެ ސިނާއަތުގައި އާ ސަފުހާއެއް ހުޅުވިގެން ދިޔަ ދުަވަހެވެ. އެއީ މާލޭ ވިޔަފާރި ބަނދަރު ރަސްމީކޮށް ހުޅުވި ދުވަހެވެ. މިއަދާ ހަމައަށް، އެ ބަނދަރުގެ އޮޕަރޭޓަރެއްގެ ގޮތުގައި އޮތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ފެށުން ވެސް ގުޅިފައި އޮތީ އެ ދުވަހާ އެވެ.
ބޭބީ ފޯމިއުލާ މާކެޓަށް އަލުން ނެރެން ފަށައިފިން: އެމްއެޗްއޭ
ރާއްޖޭގައި މި ވަގުތު ތާށިކަން އޮތް ކުޑަކުދިންގެ ފޯމިއުލާ މާކެޓަށް އަލުން ނެރެން ފަށާފައިވާ ކަމަށް، އެ ތަކެތި އެންމެ ގިނައިން އިމްޕޯޓުކުރާ އެމްއެޗްއޭގެ މެނޭޖިން ޑިރެކްޓަރު ސޮފްވާން އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ހަލާލު ޓޫރިޒަމްގެ ދާއިރާއިން ރާއްޖެ-މެލޭޝިއާގެ އެއްބާރުލުން އިތުރުކުރަނީ
ހަލާލު ޓޫރިޒަމްގެ ދާއިރާއިން ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އެއްބާރުލުން އިތުރުކުރަން އެއްބަސްވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްއައިބީ އިން ފައިސާ މޮބައިލް އެކްސް 2.0 އަޕްގްރޭޑްކޮށްފި
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ދެމުން އަންނަ ޑިޖިޓަލް ބޭންކިން ހިދުމަތްތައް އިތުރު ފުރިހަމަ ކޮށްދިނުމުގެ ގޮތުން ބޮޑެތި އަޕްގްރޭޑްތަކާ އެކު، އެ ބޭންކުގެ މޮބައިލް އެޕްލިކޭޝަން "ފައިސާ މޮބައިލް އެކްސް 2.0" އިފުތިތާހުކޮށްފި އެވެ.