ނުރައްކާތެރިކޮށް ދުއްވާ މީހުންނަށް ބޮޑެތި ޖޫރިމަނާތަކެއް
އެއްގަމު އުޅަނދުތައް ނުރައްކާތެރިކޮށް ދުއްވުމާއި ފަރުވާކުޑަކޮށް ދުއްވުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނުގައި ބޮޑެތި ޖޫރިމަނާތަކެއް ހިމަނައިފި އެވެ.
ބެލެވެނީ އެހެން ކާރަކުން ކުއްޖާގެ ގައިގައި ޖެހުނީ ކަމަށް!
ފުލުހުން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން މަގުގެ އެއްފަޅި އަށް މަޑުކޮށްގެން އޮތް ކާރުގެ ޑްރައިވަރު އެ ކާރު ދުއްވީ އޭނާގެ ލައިސަންސް ކުރިން ވެސް ހިފަހައްޓާފައި ވަނިކޮށް.
ގާނޫނާ ހިލާފަށް ފައިސާ މާރުކުރާނަމަ އަންގައިދީ: ފުލުހުން
ފައިސާ މާރުކުރުމުގެ ވިޔަފާރި ހިންގުމުގެ ހުއްދަ ނެތި އެ ވިޔަފާރިކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް އާންމުންގެ ކިބައިން ފުލުހުން ރޭ އެދިއްޖެ އެވެ.
ކައުންސިލްތަކަށް މުވައްޒަފުން ނަގަންވާނީ އެލްޖީއޭގެ ހުއްދަ ލިޔުމުން ހޯދުމަށް ފަހު ކަމަށް އަންގައިފި
ކައުންސިލްތަކަށް މުވައްޒަފުން ނަގަންވާނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ހުއްދަ ލިޔުމުން ހޯދުމަށް ފަހު ކަމަށް އެ އިދާރާއިން ކައުންސިލުތަކުން އަންގަން ފަށައިފި އެވެ.
އެޑިޓަރުގެ ހޮވުން
"ހިތްފަޅައިގެންދާ ވަރަށް ދެރަވިޔަސް ދަރިފުޅު ޒީވާއާ މެދު ފަހުރުވެރިވަން"
"ހިތްފަޅައިގެންދާ ވަރަށް ދެރަވިޔަސް ދަރިފުޅު ޒީވާއާ މެދު ފަހުރުވެރިވަން"
އެންމެ ފަހު ނޭވައާ އެކު ދަރިފުޅު ޒީވާ ސިނާން އަހްމަދު މި ދުނިޔެ ދޫކުރި އިރު ސާބިތުކަމާ އެކު ބައްޕަ އެންމެ ގާތުގައި ހުއްޓެވެ. މޮނިޓަރުން ރޮނގުތައް ސީދާވެ، ނުވަ އަހަރުގެ ދަރިފުޅު ވަކިވުމަކީ ބަލަން ހިތަށް ކުޅަދާނަ މަންޒަރެއް ނޫނެވެ. އެކަމަކު ހިތްދަތި ވަގުތުކޮޅުގައި އެންމެންނަށް ސިނާންގެ މޫނުމަތިން ދެއްކީ ހިނިތުންވުމެވެ. ދަރިފުޅާ މެދު އޭނާ ފަހުރުވެރިވާ މިންވަރެވެ.
ތިނަދޫ ކުޅިއަށް ކެމިކަލް އެޅިކަމަށް ބުނެ ސްވިފްޓް އިންޖީނިއަރިން ޖޫރިމަނާކޮށްދޭން އެދިއްޖެ
ގދ. ތިނަދޫގައި ހައުސިން މަޝްރޫއު ކުރިއަށްގެންދާ ކުންފުނިން ކައުންސިލްގެ ހުއްދަ ނެތި ކުޅިއަށް ކެމިކަލް ފެނާއި ސިމެންތި މިކްސް އެޅުމުން އެ ކުންފުނި ޖޫރިމަނާކޮށްދޭން އެދި އެންވަޔަރްމަންޓް މިނިސްޓްރީއަށް ކައުންސިލުން ހުށަހަޅައިފި އެވެ.
ތިނަދޫގެ އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލާގައި ސައުދުގެ މައްޗަށް ދައުވާކޮށްފި
ގދ. ތިނަދޫއަށް ސިޓީގެ ދަރަޖަ ހޯދުމަށްޓަކައި އެރަށުގެ އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލާގައި އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ޖިނާއީ ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓަށް ފޮނުވައިފި އެވެ.
ދަރޭތި
(އާދިއްތަ ދުވަހާ ގުޅޭ)
ހުއްދަ ނެތި ޑޮލަރު ވިޔަފާރިކުރާ ކުންފުންޏެއްގެ އޮފީހަށް ފުރަތަމަ ފަހަރަށް ފުލުހުން ވަދެފި
ޑޮލަރުގެ ސައްހަ ނޫން ވިޔަފާރިކުރަން މި ކުންފުނިން ބޭނުންކުރާ އެކައުންޓްތައް ވަނީ ފްރީޒްކޮށްފައި. ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމުގެ މަސައްކަތަށް ހާއްސަ ޓާސްކްފޯހެއް އެކުލަވާލާފައި ވާއިރު މި ޓާސްކްފޯހުގެ ބެލުމުގެ ދަށުން ފެށި މަސައްކަތުގައި އިއްޔެ ވެސް ވަނީ ގިނަ އަދަދެއްގެ ޑޮލަރުން މުއާމަލާތުކޮށްފައިވާ ހަ ބިދޭސީއަކު ހައްޔަރުކޮށްފައި.