ހިދުމަތްތައް ޑިޖިޓަލްކުރުމުގެ ބިލްގެ ބަހުސް ފަށައިފި
ދައުލަތުގެ އިދާރާތަކުން ދޭ ގިނަ ހިދުމަތްތައް ޑިޖިޓަލްކޮށް، އެ ހުރިހާ ހިދުމަތެއް އެއް ޕޯޓަލް އަކުން ލިބޭނެ އިންތިޒާމު ހަމަޖައްސަން ލާޒިމުކުރާ ގޮތަށް، ގާނޫނެއް ހަދަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލް" ގެ އިބްތިދާއީ ބަހުސް މިއަދު ފަށައިފި އެވެ.
މޭރީގެ މަރު: ލަމްހާގެ މައްޗަށް ވެސް ކުށް ސާބިތުވެއްޖެ
އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލުމުގައި އޭނާގެ ފިރިމީހާއާއެކު ބައިވެރިވި މައްސަލާގައި ދަައުވާލިބޭ ހަލީމަތު ލަމްހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ދެންމެ ނިންމައިފި އެވެ.
ބޭރު މަގުގެ މަސައްކަތް ޖުލައި 26ގެ ކުރިން ނިމޭނެ: އެމްޓީސީސީ
މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ތިން ވަނަ ފިޔަވަހީގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް މަގު ފުޅާކުރުމުގެ މަސައްކަތް އަންނަ ޖުލައި 26 ގެ ކުރިން ނިމޭނެ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.
މޭރީ މަރާލިކަން އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ސާބިތުވެއްޖެ
އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިން (މިހާރުގެ ނަމުން ޔޫސުފް) ގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ދެންމެ ނިންމައިފި އެވެ.
އެޑިޓަރުގެ ހޮވުން
އަނަސް: ފައިދާ ދަމަހައްޓައި، އިހުގެ ގޮތް ދޫކޮށް ޒަމާނީ މިފްކޯއަކާ ދިމާލަށް
އަނަސް: ފައިދާ ދަމަހައްޓައި، އިހުގެ ގޮތް ދޫކޮށް ޒަމާނީ މިފްކޯއަކާ ދިމާލަށް
ކުންފުންޏަށް 30 އަހަރު ފާއިތުވެގެން ދިޔަ ނަމަވެސް ހިންގަމުން އަންނަނީ އިހުގެ ސްޓައިލަށެވެ. ޒަމާނީ އުސޫލުތަކެއް ނެތެވެ. ސްޓްރަކްޗާ އޮތީ އަދިވެސް އިހުގެ ގޮތަށެވެ. މިފްކޯ އަށް މި އަހަރު 33 އަހަރު ފުރޭއިރު އަދިވެސް ދައްކަނީ ކާރުހާނާތަކުގެ ކެޕޭސިޓީތައް ނެތް ވާހަކައެވެ. ބޭނުންކުރާ މެޝިނަރީތަކަށް ވަނީ ބޮޑެތި މަރާމާތުތައް ބޭނުންވެފަ އެވެ.
ފުރުގާން މިސްކިތުގެ ބިއްލޫރިގަނޑެއް ތަޅާލައިފި
މާލޭގެ ފުރުގާން މިސްކިތުގެ ކުޑަދޮރެއްގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ކެންގަރޫ ކިޑްސް އާއި ބިލަބޮންގް އިންޓަނޭޝަލްގެ އާ ކެމްޕަހެއް ހުޅުމާލޭގައި އަންނަ އަހަރު ހުޅުވަނީ
ހުޅުމާލެ ފޭސް 2 ގައި ތަރައްގީކުރަން ފަށާފައިވާ ބިލަބޮންގް އިންޓަނޭޝަނަލް ހައިސްކޫލާއި ކެންގަރޫ ކިޑްސްގެ ކެމްޕަސް މިއަހަރު ނިންމައި، އަންނަ އަހަރުގެ ޖެނުއަރީ މަހު އެތަނުގައި ކިޔަވައިދޭން ފަށާނެކަން އިއުލާންކޮށްފި އެވެ.
މާލީ އިހުލާސްތެރިކަން ދިވެހިންގެ ގައުމީ އުސޫލަކަށް ހަދަންޖެހޭ
ކޮންމެ ގައުމެއްގެ ސިޔާސީ ހަޔާތުގައި ވެސް ހިތްހަމަޖައްސާލުމަށް ދައްކާ ފޮނި ވާހަކަތަކުން އެކަނި ނުފުދޭ ވަގުތެއް އާދެ އެވެ. އާދެ. އެއީ ސިޔާސީ ފަރާތްތައް ހަގީގަތް ސާފުކޮށް ހާމަކުރަންޖެހޭ ވަގުތެވެ. ރައްޔިތުން ކަނުލާ އަޑުއަހަންޖެހޭ ވަގުތެވެ. އުނދަގޫ ނިންމުންތައް ނިންމުން ފަސްކުރަމުން ދާނީތޯ ނުވަތަ ފުރިހަމަ ބުއްދި އާއި ތަސައްރަފު ފުދުމާ އެކު އެ ކަންކަމާ ކުރިމަތިލާނީތޯ ގައުމުން ނިންމަންޖެހޭ ވަގުތެވެ. ދިވެހިރާއްޖެ އަށް މިއަދު މިވަނީ އެ ވަގުތު އައިސްފަ އެވެ.
ޕޭޕަލްގެ ހިދުމަތުން އުރީދު އަށް އިތުރު ޗާޖެއް ނުނަގާނެ
އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް މިދިޔަ ހަފުތާގައި ތައާރަފްކުރި ޕޭޕަލް ހިދުމަތުން އުރީދޫން އެއްވެސް އިތުރު ފީއެއް ނުނަގާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.