"މަސްމާރުކޭޓުގެ އެއްބަސްވުން ބާތިލުކުރަން އޮތީ އެދިފައި"
ލޯކަލް މާރުކޭޓު ހުރި ބިމުގައި މަސްމާރުކޭޓެއް ހަދަން މާލޭ ސިޓީ ކައުންސިލުން އަމިއްލަ ކުންފުންޏަކާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށްދޭން އެ ކުންފުނިން އެ އިދާރާގައި އަމިއްލަ އަށް އެދިފައިވާއިރު ވެސް އެކަން ނުކޮށް އޮތް ކަމަށް އިމާރާތްކުރުމާ ބެހޭ މިނިސްޓްރީ މިއަދު ބުނެފި އެވެ.
އަތުލައިގަތް ވޭޕް ކާޓްރިޖުގެ އަދަދު 23،000އަށް ވުރެ މައްޗަށް
މިދިޔަ ހަފުތާއެއްހާ ދުވަހު އަތުލައިގަތް ވޭޕް ކާޓްރިޖުގެ އަދަދު ވަނީ ޖުމްލަ 23،008 އަށް އަރައިފައި. އެ ތަކެތީގެ ޖޫރިމަނާގެ އަދަދު 230 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެ ކަމަށް ބެލެވޭ.
އެވިޑުގައި ރަޖިސްޓްރީ ނުކުރާ ބަޔަކަށް ސެޓްފިކެޓުތަކެއް ދީފި
އެވިޑް ކޮލެޖުގައި ރަޖިސްޓަރީކޮށްފައި ނުވާ ދަރިވަރުންތަކަކަށް ސަނަދު ނުވަތަ ސެޓްފިކެޓްތަކެއް ދޫކުރި މައްސަލައެއް ތަކުރާރު ކުރުމުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އެ ކޮލެޖު މިއަދު ޖޫރިމަނާ ކޮށްފި އެވެ.
ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހަށް ބިލް ހުށަހަޅައިފި
ދުންފަތުގެ އިމްޕޯޓް ޑިއުޓީ 4ރ. އަށް ކުޑަކުރަން ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވައިފި އެވެ.
އެޑިޓަރުގެ ހޮވުން
ކުދިން ސްކޫލަށް ދިއުން މަދުވުމުން ހެދި ދިރާސާއިން ދެއްކީ ނިދުން ލަސްކަން!
ކުދިން ސްކޫލަށް ދިއުން މަދުވުމުން ހެދި ދިރާސާއިން ދެއްކީ ނިދުން ލަސްކަން!
މަތީ ގްރޭޑްތަކުގެ ކުދިން ނިދާ ގަޑި ލަސްވުމާ، ސްކޫލަށް ހާޒިރުވާ ކުދިންގެ އަދަދު މަދުވުމާ ގުޅުން އެބަހުރި ކަމަށް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން ހެދި ދިރާސާއަކުން ދައްކައިފި އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 25 މައްސަލައެއް މިދިޔަ މަހު ރިޕޯޓްކުރި
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 25 މައްސަލައެއް މިދިޔަ މަހު ރިޕޯޓްކޮށްފައިވާކަން އާއިލާތަކާ ބެހޭ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ލަންކާއިން ވަގަށް އެތައް މިލިއަން ޑޮލަރު ޑޮލަރު ބޭރުކުރި މައްސަލައެއް ބަލަނީ
މުދާ އިމްޕޯޓްކުރުމުގެ ނަމުގައި ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ހަދައިގެން ސްރީ ލަންކާއިން އެތައް މިލިއަން ޑޮލަރެއް ބޭރުގައުމުތަކަށް ފޮނުވާފައިވާ ބޮޑު ފޮރިން އެކްސްޗޭންޖް (ބޭރު ފައިސާގެ) ފްރޯޑެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު އާނަންދަ ވިޖޭޕާލާ ވިދާޅުވެއްޖެ އެވެ.
އެޗްޑީސީގެ 200 އެއްހާ މުވައްޒަފުންނަށް އިތުރަށް ބޯނަސް ދެވިގެން ފައިސާ އަނބުރާ ނަގަނީ
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި މަސައްކަތްކުރާ 200 އެއްހާ މުވައްޒަފުންނަށް އިތުރަށް ބޯނަސް ދެވިފައިވާކަން އެނގި، އެ ފައިސާ އަނބުރާ ނެގުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ނަޝީދުގެ ވައުދާ އެއްގޮތަށް އެމްޑީޕީގައި "ބޮޑު ބަދަލު" ގެ އޮފީސް ގާއިމްކޮށްފި
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެ ވަޑައިގަތް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވައުދާ އެއްގޮތަށް "ބޮޑު ބަދަލު" ގެ ނަމުގައި ހާއްސަ އޮފީހެއް އެމްޑީޕީގެ އެތެރޭގައި އުފައްދައި، އެ ޕާޓީން މިއަދު އެކަން އިއުލާނުކޮށްފި އެވެ.