"ތާއީދު ބޮޑު ފަޅި އެނގޭނީ އިންތިހާބު އަވަހަށް ބާއްވައިގެން"

"ތާއީދު ބޮޑު ފަޅި އެނގޭނީ އިންތިހާބު އަވަހަށް ބާއްވައިގެން"

ނަޝީދު ވިދާޅުވީ ޕާޓީގެ ތެރޭގައި ތާއީދު ގިނައީ ކޮން ފަޅިއަކަށް ކަން ނޭގިއްޖެ ނަމަ، އަނެއްކާ ވެސް ޖެހޭނީ ޕާޓީގެ މެމްބަރުން ހިތްހަމަޖައްސަން އެމަނިކުފާނާއި އިބޫއާ ދެބޭފުޅުން އެކުގައި، އެއް މޭޒެއްގައި ތިއްބަވައިގެން ފޮޓޯއެއް ނަންގަވަން ކަމަށް. އެކަމަކު، އޭގެ ހަފުތާއެއްހާ ދުވަސް ފަހުން އަނެއްކާވެސް ހިތްހަމަނުޖެހުން އުފެދޭނެ ކަމަށް ނަޝީދު ވިދާޅުވި.

އިފްރާޒް އަލީ
އިފްރާޒް އަލީ
4 hrs
24
އެއްފަޔާއެކު ރާއްޖޭގެ ކަނޑުގައި ފެތި އެންމެ ހިތްވަރުގަދަމީހާ

އެއްފަޔާއެކު ރާއްޖޭގެ ކަނޑުގައި ފެތި އެންމެ ހިތްވަރުގަދަމީހާ

ބަކްތިގުލްއަކީ އާދައިގެ އެތުލީޓެއް ނޫނެވެ. އޭނާއަކީ އެއް ފައި އަމްޕިއުޓޭޓް ކޮށްފައިވާ ނުވަތަ ބުރިކޮށްލާފައިވާ މީހެކެވެ. ހިނގައިބިނގާވެ އުޅުމަށް ބޭނުންކުރަނީ އާޓިފިޝަލް ފަޔެކެވެ. އެ ފައިގައި ހިނގާބިނގާވެ އުޅުމަށް އުނދަގުލެވެ. ނަމަވެސް ހެނދުނު ހެނދުނާ މާފުށީގެ މޫދުގެ ލޮނުގަނޑުގެ ތެރެއަށް މީހެއްގެ އެހީގައި ފުންމާލުމާ އެކު، އޭނާ ދައްކުވައިދެނީ އާދަޔާހިލާފު މަންޒަރެކެވެ.

ހުސެއިން ހަބީބް
ހުސެއިން ހަބީބް
9 hrs
1
ބައެއް އީކޮމާސް ސައިޓުތަކުގައި ކާޑުތަކުން ކެނޑޭ ލިމިޓެއް

ބައެއް އީކޮމާސް ސައިޓުތަކުގައި ކާޑުތަކުން ކެނޑޭ ލިމިޓެއް

"އެހެންކަމުން އީކޮމާސް އަށް ކަނޑައެޅޭ ބަޖެޓް ވީހާވެސް ހަމަހަމަ ގޮތަކަށް ބޭނުންކުރެވޭ ގޮތް ހަމަޖެއްސުމަށް، ކޮންމެ ކަސްޓަމަރަކަށް މަހަކު އީކޮމާސްގައި ހެދޭ ޓްރާންސެކްޝަންގެ އަދަދު 30 އަށް ވަނީ ކަނޑައެޅިފައި،" އޭނާ ވިދާޅުވި އެވެ.

1hr
0
image

ރާއްޖޭގައި ތިބޭ މީހުންގެ ބީއެމްއެލް ކާޑު، ބޭރުގައި ބޭނުންނުކުރެވޭ ގޮތް ހަދައިފި

"މިހެންކަމުން ރާއްޖޭގައި ތިއްބަވާ ބޭފުޅުންގެ ކާޑު ކާޑުގެ ވެރިފަރާތާއި ނުލައި] ރާއްޖޭން ބޭރަށް ގެންގޮސްގެން ބޭނުން ނުކުރެވޭގޮތް ހަމަޖެހިގެންދާނެ،" ޝަރީފް ވިދާޅުވި އެވެ.

1hr
23

އެޑިޓަރުގެ ހޮވުން

ރިޕޯޓް

ހިމަންދޫގެ ދުޅަހެޔޮކަމަށް ރާމިޒު ހޯދި ފަރުވާ!

އުމުރުން ވަރަށް ޅަ ކުދިންނެވެ. އެކަމަކު ހުއްޓުމެއް ނެތި އެ ކުދިންގެ ބަރުދަން އިތުރުވަމުން ދިޔަ ގޮތުން ކަމެއް ގޯސް ކަމަށް ހުސެއިން ރާމިޒަށް ގަބޫލުކުރެވުނެވެ. މާދަމާ ގައުމާ ހަވާލުވާން ތިބި މި ކުދިންގެ ސިއްހަތަށް، ނޭނގި ނަމަވެސް ދެވެމުން ދިޔަ އެ އަނިޔާތައް ބަލަން އޭނާއަށް އުނދަގޫވި އެވެ.

އާސިމާ ނިޒާރު
އާސިމާ ނިޒާރު
1 day
12
މަސައްކަތްތެރިންގެ ކަންބޮޑުވުންތައް ފާޅުކޮށް މޭ ޑޭ ހިނގާލުން ބާއްވައިފި

މަސައްކަތްތެރިންގެ ކަންބޮޑުވުންތައް ފާޅުކޮށް މޭ ޑޭ ހިނގާލުން ބާއްވައިފި

މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރަން ރާއްޖޭގައި ގިނަ ގާނޫނުތަކެއް ހަދައި އަމަލުކުރަން ފަށާފައި ވިޔަސް، މަަސައްކަތްތެރީންގެ ހުރި ގިނަ ކަންބޮޑުވުންތަކެއް، މަސައްކަތްތެރީންގެ ޔޫނިއަންތައް ގުޅިގެން މާލޭގައި މިއަދު ބޭއްވި މޭ ޑޭ މުޒާހަރާގައި ފާޅުކޮށްފި އެވެ.

މުހައްމަދު ނަސީމް
މުހައްމަދު ނަސީމް
22 hrs
5
ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި

ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި

މެޓް އޮފީހުން ނެރުނު ވައިޓް އެލާޓުގައި ބުނީ ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް، މިރޭ 8:00 އާ ހަމައަށް ބޯކޮށް ވާރޭވެހުމާ އެކު، ގުގުރުން އެކަށީގެންވާ ކަމަށެވެ.

އިފްރާޒް އަލީ
އިފްރާޒް އަލީ
4 hrs
0
ފައިސާ ނެތުމާއި މަސްލަހަތަށްޓަކައި އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފަސްކުރަން ޣަފޫރު ހުށަހަޅުއްވައިފި

ފައިސާ ނެތުމާއި މަސްލަހަތަށްޓަކައި އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފަސްކުރަން ޣަފޫރު ހުށަހަޅުއްވައިފި

ޣަފޫރު ހުށަހެޅުއްވީ ޕާޓީގެ ހިންގުމަށްޓަކައި އިސްފަރާތްތައް ވާހަކަދައްކައި، އޭނާ ނުހިމެނޭ ގޮތަށް އިންޓަރީމް އެރޭންޖްމަންޓެއް ހަދަން އަދި އެކަން ގައުމީ މަޖްލީހަށް ހުށަހަޅައި ފާސްކުރުމަށް

މުހައްމަދު ނަސީމް
މުހައްމަދު ނަސީމް
21 hrs
36
އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމާ ހަވާލުވާން ނަޝީދު ތައްޔާރު

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމާ ހަވާލުވާން ނަޝީދު ތައްޔާރު

އެމްޑީޕީގެ ޗެެއާޕާސަން އިންތިހާބު ފަސްކޮށް އިންތިގާލީ އިންތިޒާމެއް ހަމަޖައްސަން ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ހުށަހެޅުއްވުމާ އެކު ކުރީގެ ރައީސް މުހައްމަދު ނަޝީދު އެޕާޓީގެ ލީޑަޝިޕާ ހަވާލުވެވަޑައިގަންނަވަން ޝައުގުވެރިކަން ފާޅުކުރައްވައިފި އެވެ.

މުހައްމަދު ނަސީމް
މުހައްމަދު ނަސީމް
18 hrs
33

ވީޑިއޯ

ފޮޓޯގެލަރީ


ދޯ!؟

މިހާރު އާކައިވް

5 އަހަރު ކުރިން މިއަދު