އުމްރާނީ މަޝްރޫއުތަކަށް ކުރި ހޭދަ އިތުރުވެއްޖެ
ކެޕިޓަލް ހަރަދުގެ ތެރޭގައި ހިމެނޭ، އުމްރާނީ ވަސީލަތްތަކަށް އެކަނި 2 ބިލިއަނަށް ވުރެ ގިނަ ރުފިޔާ މި އަހަރުގެ މިހާތަނަށް ހޭދަވެފައިވާއިރު، މިދިޔަ އަހަރު އެ އަދަދު ހުރީ 1.65 ބިލިއަން ރުފިޔާގަ އެވެ.
ހިމަބިހި ޖެހޭ މީހުން އިތުރުވަނީ
އެ އެޖެންސީން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެއިން ނައްތާލާފައިވާ ހިމަބިއްސަށް މިދިޔަ ހަފުތާގައި އެކަނި ވެސް އިތުރު ފަސް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު، މި އަހަރު އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ ވިއްސަށް އަރައިފަ އެވެ.
ސުމްޕްރީމް ކޯޓުގެ ބާރު ދަށްކުރަން ޔާމީނުގެ ހިޔާލެއް
ސުޕްރީމް ކޯޓަކީ އެންމެ ފަހު ބަސް ބުނާ ތަނުގެ ގޮތުގައި އޮތް އޮތުން ބަދަލުކުރުން ހިމެނޭހެން ނިޒާމަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ފްލެޓާއި ގޯއްޗަށް އެދި 58،000 އަށް ވުރެ ގިނަ ފޯމު ހުށަހައިފި
މިއީ މިހާތަނަށް ސަރުކާރަކުން ހިންގި ބޯހިޔާވަހިކަމުގެ ސްކީމަކަށް އެންމެ ގިނައިން ފޯމު ހުށަހެޅި ފަހަރު.
އެޑިޓަރުގެ ހޮވުން
ލިންކްޑިން މެދުވެރިކޮށް ކޭޕް ވާޑޭއިން ހޯދި ޑިފެންޑަރު
ލިންކްޑިން މެދުވެރިކޮށް ކޭޕް ވާޑޭއިން ހޯދި ޑިފެންޑަރު
ޑިފެންޑަރު ރޮބާޓޯ ލޯޕްސް އަށް ލިންކްޑިން އިން އައީ މެސެޖެކެވެ. އޭނާ ކަންތައް ކުރީ އެ އެޕްލިކޭޝަން ބޭނުންކުރާ އެހެން މީހުން ވެސް ކަންތައް ކުރާ ގޮތަށެވެ. އެ މެސެޖަށް އަޅައިނުލައި ދޫކޮށްލީ އެވެ. ބަލައިވެސް ނުލީ އެވެ. އެ މެސެޖް އޭނާ އަށް ކުރީ ކޭޕް ވާޑޭގެ ފުޓްބޯޅަ އެސޯސިއޭޝަނުންނެވެ.
ގާނޫނު ހަރުކަށި، އެކަމަކު އެސައިންޓްމަންޓްގެ ވިޔަފާރި ކުރާ މީހުންނާ ކުޅެވޭކަށް ނެތް؟!
އެމްކިއުއޭ އިން ބުނީ މައްސަލަ ހައްލު ކުރަން ފުލުހުންނާ މަޝްވަރާކުރި ނަމަވެސް އެޅޭނެ ފިޔަވަޅެއް ނުފެނުނު ކަމަށް.
ލޭ ހަދިޔާކުރުމުގައި ދީލަތިވުމުގެ ފުރުސަތު ބޭނުންކޮށް، އިންސާނިއްޔަތަށް އެހީވާން ފަސްޓް ލޭޑީ ގޮވާލައްވައިފި
ލޭ ހަދިޔާކުރުމުގައި ދީލަތިވުމުގެ ފުރުސަތުގެ ބޭނުންކޮށް، އިންސާނިއްޔަތަށް ހިދުމަތް ދިނުމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ރޭ ގޮވާލައްވައިފި އެވެ.
މިދިޔަ ހަފުތާގައި އެންމެ ގިނައީ އޮންލައިން ވިޔަފާރި ސްކޭމްތައް
މިދިޔަ ހަފުތާގައި ސްކޭމްގެ 36 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ އޮންލައިން ވިޔަފާރިތަކާ ގުޅޭ ސްކޭމްތައް ކަމަށް އެންޓި ސްކޭމް ސެންޓަރުން ބުނެފި އެވެ.
ޝަހާދަތުގެ ދެ ކަލިމައަށް އިހްތިރާމްކޮށް ވޯލްޑް ކަޕްގައި ސައުދީގެ ދިދަ ބިމުގައި ޖެހުނަ ނުދިން
ސައުދީ އަރަބިއާ ގެ ދިދައިގައި ޝަހާދަތުގެ ދެ ކަލިމަ ލިޔެފައި ވާތީ، ފީފާ ވޯލްޑް ކަޕްގައި އެ ދިދައަށް އޮތް އިހުތިރާމް އަދާކޮށްފި އެވެ.