އަނެއްކާވެސް 15،600 ވޭޕް ކާޓްރިޖް އަތުލައިގެންފި
މިދިޔަ ފަސް ދުވަސް ތެރޭ ތިން އޮޕަރޭޝަނެއްގައި މިހާތަނަށް ވަނީ ވޭޕްގެ 23،000 އަށް ވުރެ ގިނަ ކާޓްރިޖް އަތުލައިގެންފައި
އެސްޑީއެފަށް އެއް ބިލިއަން ރުފިޔާ ޖަމާކޮށްފި
ސޮވަރިން ޑިވަލޮޕްމެންޓް ފަންޑް (އެސްޑީއެފް) އަށް މިހާތަނަށް އެއް ބިލިއަން ރުފިޔާ ޖަމާކޮށްފި އެވެ.
މަސްވެރިން މަދުވި ވަރު ސާވޭކޮށް، ހައްލު ހޯދާނަން: ރައީސްް
މަސްވެރިން މަދުވާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެކަން ރަނގަޅުކުރަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެެއްޖެ އެވެ.
ބޮޑުކަންނެއްޔަށް ރަނގަޅު އަގު ހޯދައިދޭނީ މަސްވެރިންގެ ބައިވެރިވުމާ އެކު: ރައީސް
ކުރިން ރަނގަޅު އަގެއް ލިބެމުން އައި ބާވަތެއް ކަމަށްވާ ބޮޑުކަންނެލި ކިރާ އަގު ދަށަށް ދިޔައީ ސަރުކާރުގެ މަސްކުންފުނި މިފްކޯ، އެ ވިޔަފާރިއާ ދުރަށް ދިއުމުން ކަމަށާއި ބޮޮޑުކަންނެއްޔަށް ރަނގަޅު އަގެއް ހޯދައިދޭން ސަރުކާރުން މަސައްކަތް ކުރާނީ މަސްވެރިންގެ ވެސް ބައިވެރިވުމާ އެކުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެޑިޓަރުގެ ހޮވުން
އެޗްޑީސީގެ ވަޒީފާއިން ވެސް އަމިއްލައަށް ވަކިވުމުގެ ފުރުސަތުދީފި
އެޗްޑީސީގެ ވަޒީފާއިން ވެސް އަމިއްލައަށް ވަކިވުމުގެ ފުރުސަތުދީފި
ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތްކުރަމުން އަންނަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ވަޒީފާ އިން އަމިއްލައަށް ވަކިވުމުގެ ފުރުސަތު މުވައްޒަފުންނަށް ދީފި އެވެ.
އަހަރެމެންގެ އަހުލާގަކީ ކީރިތި ޤުރްއާން ކަމުގައި ހެދުން
ކީރިތި ޤުރްއާނަކީ ދިރިއުޅުމުގެ ހުރިހާ ކަމެއް އިންތިޒާމުކޮށްދޭ ދުސްތޫރެވެ. އެއީ ނޫރެއް އަދި ހިދާޔަތެއް ކަމުގައި އިންސާނިއްޔަތަށް މާތް ﷲ ބާވައިލެއްވި އެންމެ ފަހުގެ ރިސާލަތެވެ. މުސްލިމުންގެ ހިތްތަކުގައި ޤުރްއާނަށް މަތިވެރި މަގާމެއް ދެވިފައިވެ އެވެ. އެ ފޮތް ތިލާވާ ކުރުމަށާއި ހިތުދަސް ކުރުމަށާއި އެއިން ބަރަކާތް ހޯދުމަށް ސަމާލުކަން ދެވެ އެވެ.
ބްރެޒިލް ގްރޫޕުގެ ކުރިއަށް، ހެއިޓީ އެނބުރި ގައުމަށް
ފީފާ ވޯލްޑް ކަޕުގައި މިއަދު މެތިއަސް ކޫންޔާގެ ދެ ގޯލާ އެކު ހެއިޓީ އަތުން 3-0 އިން މޮޅުވެ ބްރެޒިލުން ގްރޫޕް ސީ ގެ އެއް ވަނަ އަށް އަރައި ދެ ވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފި އެވެ.
މިއީ ފިޔާތޮށި ވޯލްޑް ކަޕެއް
މިފަހަރު ވޯލްޑް ކަޕްގެ މެޗުތައް ބަލާއިރު ދަނޑުމަތިން އެންމެ ބޮޑަށް ލޮލުގައި އަޅައިގަންނަނީ ކުޅުންތެރިން އަރައިގެން ތިބި ގަދަ ފިޔާތޮށި (ހޮޓް ޕިންކް ނުވަތަ އިލެކްޓްރިކް ފިއުޝިއާ) ކުލައިގެ ބޫޓުތަކެވެ. އެހެންވެ މިއީ ވޯލްޑް ކަޕްގެ މިފަހަރުގެ ނުރަސްމީ ކުލައޭ ވެސް މިހާރު އެބަ ކިޔަ އެވެ.
ދިވެއްސާއި އިސްލާމް އަދި ހިސާބު މާއްދާ ކިޔަވައިދޭ ވަގުތު އިތުރުކުރަނީ
ސްކޫލުތަކުގައި ދަރިވަރުންނަށް ދިވެއްސާއި އިސްލާމް އަދި ހިސާބު މާއްދާ ކިޔަވައިދޭ ވަގުތު އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ރޭވިދާޅުވެއްޖެ އެވެ.