އެސްޖޭ އަށް ހައި ކޯޓުން ވެސް ކާމިޔާބު
ހދ. ހަނިމާދޫ، ހދ. ނޮޅިވަރަންފަރު އަދި ތ. ވިލުފުށީގައި ހައުސިން ޔުނިޓްތައް އެޅުމާ ގުޅޭގޮތުން އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑާއި އެސްޖޭ ކޮންސްޓްރަކްޝަންގެ ޖޮއިންޓް ވެންޗާއިން ހުށަހެޅި ބީލަންތައް ބާތިލްކުރީ ގޯސްކޮށް ކަމަށާއި އޭގެ ސަބަބުން ގެއްލުން ވެފައިވާ ނަމަ ބަދަލު ހޯދަން ދައުވާކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ސިވިލް ކޯޓުން ދައުލަތާ ދެކޮޅަށް ކުރި ހުކުމްތަކަށް ހައި ކޯޓުން ވެސް ތާއީދުކޮށްފި އެވެ.
ޑައިވް އޮޕަރޭޝަން؛ ފުލުހުންނާއި ސިފައިންގެ އަގުވަޒަންކޮށްފި
ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައަށް ފޭބި އިޓަލީގެ ޑައިވަރުން މަރުވި ހާދިސާއާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި ސިފައިންގެ އަގު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޒަންކުރައްވައިފި އެވެ.
މަސްމާރުކޭޓު އަޅާބިން ހަވާލުނުކުރަން ކައުންސިލުން ނިންމައިފި
މާލޭގެ މަސް މާރުކޭޓު އަޅާ ބިން ގާނޫނާއި ގަވާއިދުގެ ތެރެއިން ނޫނީ އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުނުކުރުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.
ހަނގުރާމަ ހުއްޓާލާ އެއްބަސްވުމުގައި އީރާނާއި އެމެރިކާގެ ރައީސުން ސޮއިކުރައްވައިފި
މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ބުދަ ދުވަހު ސޮއިކުރައްވައިފި އެވެ.
އެޑިޓަރުގެ ހޮވުން
މޭޔަރު އާޒިމް "މީޑިއާ ސްޓަންޓް" ނުޖައްސައި ލިޔުމުން މުއާމަލާތްތައް ކުރައްވަން މިނިސްޓަރު މުއްތަލިބް އެދިވަޑައިގެންފި
މޭޔަރު އާޒިމް "މީޑިއާ ސްޓަންޓް" ނުޖައްސައި ލިޔުމުން މުއާމަލާތްތައް ކުރައްވަން މިނިސްޓަރު މުއްތަލިބް އެދިވަޑައިގެންފި
މާލޭގެ މޭޔަރު އާދަމް އާޒިމްއާ އެކު، އަނގަބަހުން ކުރައްވާފައިވާ ބައެއް މުއާމަލާތްތަކާ ގުޅޭ ވާހަކަތައް ހަގީގަތް އޮޅޭ ގޮތަށް ވިދާޅުވަމުން ގެންދަވާތީ، ލިޔެކިޔުމުން ނޫނީ މޭޔަރާ ދެން މުއާމަލާތައް ނުކުރައްވަން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ނިންމަވައިފި އެވެ.
ކައުންސިލްތަކަށް ދޭ ގްރާންޓުން މިހާރު މެނޭޖެއް ނުކުރެވޭ: ޣަފޫރު
ލޯކަލް ކައުންސިލްތަކަށް ހަވާލުކުރި މަސައްކަތް ގިނަވުމުގެ ސަބަބުން، މިހާރު ދޭ ބްލޮކް ގްރާންޓުން ނުފުދޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ރޮނާލްޑޯގެ ކުޅުމަށް އޮންރީގެ ފާޑުކިޔުން
ވޯލްޑް ކަޕުގައި ރޭ ޑީއާރް ކޮންގޯއާ 1-1 އިން ޕޯޗުގަލް އެއްވަރުވި މެޗުގައި އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ދެއްކި ކުޅުމަށް ފްރާންސްގެ ކުރީގެ ފޯވާޑް ތިއެރީ އޮންރީ ފާޑުކިޔައިފި އެވެ.
އަންނަ އަހަރު ރާއްޖޭގެ އިގުތިސާދު އިޔާދަވާން ފަށާނެ ކަމަށް އައިއެމްއެފުން ލަފާކޮށްފި
އަންނަ އަހަރުގެ ތެރޭގައި އިގުތިސާދީ ކުރިއެރުން އިއާދަވާން ފަށައި، މެދު ރާސްތާގައި ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރެވޭ ހަތަރު ޕަސެންޓުގެ މިންގަނޑަށް ރުޖޫއަވާނެކަމަށް އެ ވަފްދުން ނެރުނު ރިޕޯޓުގައި ވަނީ ލަފާކޮށްފަ އެވެ.
މެލޭޝިއާއަށް ކިޔަވަން ދާ ދަރިވަރުންނަށް ޒެޑެކްސްގެ އަގުހުރި އިނާމުތަކެއް!
ޒެޑެކްސް ސްޓަޑީ އެބްރޯޑް މެދުވެރިކޮށް މެލޭޝިއާގެ ޔުނިވާސިޓީތަކުން މަތީ ތައުލީމު ކިޔަވަން އެންރޯލްކުރާ ދަރިވަރުންނަށް ހާއްސަކޮށް ކުރިއަށް ގެންދާ ބޮޑު ޕްރޮމޯޝަންގައި މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.