އެމްއެންޔޫ ދަނާލްގައި ކުއްޖަކު މަރުވި މައްސަލައެއް ބަލަނީ
ރާއްޖޭގެ ގައުމީ ޔުނިވާސިޓީ، އެމްއެންޔޫގެ ދަނާލުގައި ދިރިއުޅެމުން ދިޔަ އަންހެން ކުއްޖަކު މަރުވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
އެއްވުންތަކުގައި އިޖުތިމާއީ މިންގަނޑާ ހިލާފް ނުވާން އެދެފި
މިހާރު މާލޭގައި ކޮންމެ ރެޔަކު ބާއްވަމުން އަންނަ ސިޔާސީ އެއްވުންތަކުގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވާހަކަ ދައްކައި އާންމުންގެ މެދުގައި ނަފްރަތު އުފައްދައި ހަމަނުޖެހުންތަކަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކަމުންދާ ކަމަށާއި އެ ކަންކަމާ ގުޅިގެން ކަމާބެހޭ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މިރޭ ގޮވާލައިފި އެވެ.
ފުރަތަމަ ކުއާޓާގައި ބީއެމްއެލްގެ ފައިދާ 631 މިލއަން ރުފިޔާ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ސާފު ފައިދާގެ ގޮތުގައި 631 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދާ އެކު ވާދަކުރަނީ މީކާއިލް އާއި އަލްހާން
އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ވާދަކުރައްވަން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމާއި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރުން އަލްހާން ފަހުމީ ނިންމަވައިފި އެވެ.
އެޑިޓަރުގެ ހޮވުން
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ފޮޓޯ އާއި ވީޑިއޯ ވިއްކާކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފި
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ފޮޓޯ އާއި ވީޑިއޯ ވިއްކާކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފި
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ވިއްކާ ކަމުގެ ތުހުމަތަށް ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އަމްޖަދު އިސްތިއުފާ ދެއްވައިފި
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އަމްޖަދު މުސްތަފާ މިއަދު އިސްތިއުފާ ދެއްވި އެވެ.
މީދާ ވިހަ ފެނުނު ކުޑަކުދިންގެ ކާނާ ބޭނުން ނުކުރަން އިލްތިމާސްކޮށްފި
ޖަރުމަނުގެ "ހިޕް" ބްރޭންޑުގެ ކުޑަކުދިންގެ ކާނާގެ ފުޅިއަކުން ރޮޑެންޓްސައިޑް ނުވަތަ މީދާ މަރާ ވިހަ ފެނުނު މައްސަލައެއް އޮސްޓްރިއާގައި ތަހުގީގުކުރަމުން އަންނަ އިރު އެ ބްރޭންޑުގެ ތަކެތި ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
ސްކޫލް ކުޅިވަރު: ވާދަވެރި މުބާރާތްތަކާއި ފެސްޓިވަލްތަކުގެ އުމުރުފުރާ ވަކިކުރަނީ
ސްކޫލް ކުޅިވަރުގައި ވާދަވެރި މުބާރާތްތަކާއި ފެސްޓިވަލްތަކުގައި ބައިވެރި ކުރުވާނެ އުމުރުފުރާތަކަކީ ކޮބައިކަން ކަނޑައަޅަންޖެހޭ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިއަދު ވިދާޅުވެއްޖެ އެވެ.
މަސްވެރިކަން ދަށްވެ، މިފްކޯގެ ފިހާރަތަކުން ވަޅޯމަސް ހުސްވެއްޖެ!
މިފްކޯގެ އިތުރުން މާލޭގައި އެންމެ ފުޅާކޮށް މަހުގެ ބާވަތްތައް ވިއްކާ އެންޒީ އިން ވެސް ވަޅޯމަސް ވިއްކުން ވަނީ ލިމިޓް ކޮށްފައި،