ފްލެޓަށް ހުށަހަޅާއިރު އެންސްޕާ ކާޑު ހުށަހެޅޭނެ
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީން ފްލެޓަށް ހުށަހަޅާއިރު، އެންސްޕާއިން ދޫކޮށްފައިވާ ކާޑު ހުށަހެޅޭނެ ކަމަށް ހައުސިން މިނިސްޓްރީން މިރޭ ބުނެފި އެވެ.
ތޯރިގް ޕީއެންސީ އަށް ވެއްދި މައްސަލަ ފައިލްކޮށްފި
އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި 2005 ވަަނަ އަހަރުން ފެށިގެން ހުންނެވި، ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގް (މަނަދޫ ތޯރިގް) އަށް އެނގިވަޑައިގަތުމެއް ނެތި އޭނާ ޕީއެންސީ އަށް ބަދަލުކުރި މައްސަލާގައި ހެއްކާއި ގަރީނާ ނެތުމުން އެ މައްސަލަ ފައިލް ކޮށްފައިވާ ކަން ފުލުހުން އަންގައިފި އެވެ.
ގެއެއްގެ 10 ވަނަ ފަންގިފިލާއިން މީހަކު ވެއްޓި އަނިޔާވެއްޖެ
މާލޭގެ ގެއެއްގެ 10 ވަނަ ފަންގިފިލާއިން މީހަކު ވެއްޓި އަނިޔާވެއްޖެ އެވެ.
އޯޝަން މޭންގެ ރޭސް ނިންމި ފުރަތަމަ އެތުލީޓް؛ މިހާ ފުރިހަމަ ތަޖުރިބާއެއް އަދި ނުކުރަން
ކަނޑުގައި ފަތައިގެން މިވަރުގެ ތަޖުރިބާއެއް މީގެ ކުރިން ނުކުރާ ކަމަށް އޯޝަން މޭން މޯލްޑިވްސްގެ ރޭސް ނިންމި ފުރަތަމަ އެތުލީޓް ބުނެފި އެވެ.
އެޑިޓަރުގެ ހޮވުން
އެންމެ ގިނަ އެތުލީޓުންނާ އެކު އޯޝަން މޭން މޯލްޑިވްސް އަށް ރެކޯޑެއް
އެންމެ ގިނަ އެތުލީޓުންނާ އެކު އޯޝަން މޭން މޯލްޑިވްސް އަށް ރެކޯޑެއް
ރާއްޖޭގައި މިހާތަނަށް ބޭއްވި ބައިނަލްއަގުވާމީ ކުޅިވަރު އިވެންޓެއްގައި އެންމެ ގިނަ އެތުލީޓުން ބައިވެރިވިރެކޯޑް އޯޝަންމޭން މޯލްޑިވްސްއިން ވަނީ ހަދާފަ. ސްވިމް މޯލްޑިވްސް އިން ބާއްވާ މި އިވެންޓްގައި 40 ގައުމަކުން 532 ފެތުންތެރިން ވާދަކުރޭ. މި ރެކޯޑް ފާހަގަކުރުމަށް ވިޒިޓް މޯލްޑިވްސްއިން ދޭ ހާއްސަ މެޑަލް، މާފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އޯޝަން މޭން މޯލްޑިވްސްއަށް ދީފަ
ޒަރީނާ އިބްރާހީމްދީދީ: ދިވެހީންގެ މީރު ރަހަތައް މި ޒަމާނަށް ފޯރުކޮށްދެއްވި ހިދުމަތްތެރިޔާ
އޭނާ ދެކެވަޑައިގެންނެވި ގޮތުގައި ކާބަފައިން އަޅުގަނޑުމެންނާ ހަވާލުކުރި ދިވެހި ކެއްކުން އޭގެ ގޮތުގައި ދެމެހެއްޓުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ގައުމީ ވާޖިބެކެވެ. އެހެންކަމުން މަންމައިން އެތަކެތި ތައްޔާރުކުރަމުން އައި ގޮތްތައް އަންނަން އޮތް ޖީލުތަކަށް ވާރުތަކޮށް ދިވެހި ސަގާފަތުގެ މި މުހިއްމު ބައި ރައްކާތެރިކޮށް ދެމެހެއްޓެވުމުގެ ޒިންމާ އޭނާ ނެންގެވީ އެވެ.
ބިޔަ ރާޅުތަކުގެ ތެރޭގައި 87 އަހަރުގެ އަފީފް ދެއްކީ ގަދަ ހިތްވަރު!
މާލެ އިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ބޯޓު ބަންޑުން ޖަހައިލުމާ އެކު، ރޭ ދަންވަރު ގެއްލުނު ގއ. ކޮލަމާފުށީ، އިސްމާއިލް އަފީފު މިއަދު ހެނދުނު 10 ޖަހަނިކޮށް ފެނުނީ ޕެލެޓެއްގައި ހިފައިގެން އޮއްވާ އޮޔާދަނިކޮށެވެ. މާސިންގާ ބިޔަ ރާޅުތަކުގެ ތެރޭގައި ޕެލެޓެއްގައި ދެ އަތުން ހިފައިގެން އުމުރުން ގާތްގަނޑަކަށް 87 އަހަރުގެ އަފީފު ކަނޑުމަތީގައި އެގޮތަށް އޮންނަތާ އޭރު ނުވަ ވަރަކަށް ގަޑިއިރު ވެއްޖެ އެވެ.
"އޯޝަންމޭން މޯލްޑިވްސް" އާ އެކު ދިވެހި ކުޅިވަރުގެ ތާރީހުގައި އާ ބާބެއް ލިޔެވިއްޖެ: ރާފިއު
ދުނިޔޭގެ މަޝްހޫރު "އޯޝަންމޭން ގްލޯބަލް" ފްރެންޗައިޒްގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ "އޯޝަންމޭން މޯލްޑިވްސް"އާ އެކު، ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި އާ ބާބެއް ލިޔެވިއްޖެ ކަމަށް ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިއު މިއަދު ވިދާޅުވެއްޖެ އެވެ.
ސީލައިފް މައްސަލާގައި އައްމަޓީގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފި
ސީލައިފް ގްލޯބަލްއިން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފްލެޓް ނުދިން މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ކުރި ހިޔާނާތުގެ ހުރިހާ ދައުވާތައް އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.