ފީފާ އިން ބައްސާމް އުމުރަށް ފުޓްބޯޅައިން ސަސްޕެންޑްކޮށްފި
ފީފާގެ ފައިސާގައި ޖެހުނުކަން ސާބިތުވެ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން މުޅި އުމުރަށް ސަސްޕެންޑްކޮށް، އެއް މިލިއަން ސްވިސް ފްރެންކްސް (18.9 މިލިއަން ރުފިޔާ) އިން ޖޫރިމަނާކުރަން ފީފާގެ މިނިވަން އެތިކްސް ކޮމިޓީން ނިންމައިފި އެވެ.
އިންސާފުގެ ވާހަކަ ދެއްކެވުމުން ޔާމީނަށް ސައުދު ރައްދުދީފި
ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފަކީ ސިޔާސީ މަގާމެއްގައި އުޅުއްވި ބޭފުޅަކަށް ވާތީ މިނިވަންކަމާ އެކު މަސައްކަތް ކުރައްވާނީ ކިހިނެއްތޯ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ސުވާލު އުފެއްދެވުމުން އެމަނިކުފާނުގެ ވެރިކަމުގައި މީހުން ފްރޭމްކުރި ގޮތުގެ ހަނދާން، ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ ކުރީގެ މެންބަަރު ސައުދު ހުސައިން މިއަދު އާކުރައްވައިފި އެވެ.
އޮޔާ ގޮސް ބްރިޖްގައި ޖެހުނު ދެބޯޓް އަޑިއަށް ހިނގައްޖެ
މާލެ ކައިރިން ރޭ އޮޔާ ގޮސް ސިނަމާލެ ބްރިޖްގައި ޖެހުނު ދެ ބޯޓް ރާއްޖޭގެ 30 ނޯޓިކަލް މޭލް ބޭރަށް މިހާރު އަޑިއަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑީފެންސް ފޯސް (އެމްއެންޑީއެފުން) މިރޭ ބުނެފި އެވެ.
ކުޑަ ހުސައިން ނިއުޅުވާލަދިނީ ރާއްޖޭގެ ކުޅިވަރުގެ އަނދިރިފަރާތް!
ޑރ ހުސައިން ހަލީމް (ކުޑަ ހުސެން) ގެ އާ ފޮތް "ރީ ތިންކިން މޯލްޑިވްސް ސްޕޯޓްސް" އަކީ ކުޅިވަރުގެ މުޅި ނިޒާމު ކޮރަޕްޓްވެ، އެތައް ސަތޭކަ ޒުވާން އެތުލީޓުންނެއްގެ މުސްތަގުބަލް ހަލާކުވަމުންދާ ގޮތުގެ ހިތި ހަގީގަތް ތިލަކޮށްދޭ ތޫނު ފާޑުކިޔުމެކެވެ. އެކަމަކު އޭނާ ހުށަހަޅައި ދީފައި ވަނީ އިލްމީ ދިރާސާތަކާއި ހަގީގީ ހެއްކާ އެކު އެވެ.
އެޑިޓަރުގެ ހޮވުން
ލަންކާގައި ދިވެހިން ގިނަ ދެހިވަލާގައި ހުންނަ ގެޔަކަށް އަތުބޮމަކުން ހަމަލާ ދިނުމުން ދެ ކުދިން މަރުވެއްޖެ
ލަންކާގައި ދިވެހިން ގިނަ ދެހިވަލާގައި ހުންނަ ގެޔަކަށް އަތުބޮމަކުން ހަމަލާ ދިނުމުން ދެ ކުދިން މަރުވެއްޖެ
ސްރީ ލަންކާގެ ދެހިވަލާގައި ރޭ ފަތިހު ގެޔަކަށް އަތުބޮމަކުން ހަމަލާ ދިނުމުގެ ސަބަބުން ދެ ފިރިހެން ކުދިން މަރުވެއްޖެ އެވެ.
ޓުއަ ގައިޑުގެ ލައިސެންސް ފުރަތަމަ ފަހަރަށް އަންހެނަކަށް
ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި މިނިސްޓަރު މުހައްމަދު އަމީން ވަނީ، ޓުއަ ގައިޑް ލައިސެންސް ހޯދި ސ. ފޭދޫ، ކަންމަތީގެ، އައިޝަތު ޝީނާއާ ބައްދަލުކުރައްވައި ލައިސެންސް ހަވާލުކޮށްދެއްވައި، އޭނާ ހޯދި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފަ އެވެ.
ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް އައްޑު އާއި ފުވައްމުލަކަށް އޮރެންޖު އެލާޓް!
ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް އައްޑު އާއި ފުވައްމުލަކަށް މެޓް އޮފީހުން ދެންމެ އޮރެންޖު އެލާޓް ނެރެފި އެވެ.
ވިއްސާރާގައި ފޭދޫގެ 30 ގެއަކަށް ފެން ވަދެ، އެއް ގޭގައި ދިރިނޫޅެވޭ ހާލަތަށް!
އައްޑުއަށް މިއަދު ކުރި ބޯ ވިއްސާރާގައި ފޭދޫގެ 30 ގެއަކަށް ފެން ވަދެ، އެއް ގޭގައި ދިރިނޫޅެވޭ ހާލަތަށް ގޮސްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް، ދެ ބޯޓަށް ބޭނުންކުރަނީ އެއް ނަގިލި
މާލެ ކައިރިން ރޭ އޮޔާދިޔަ ދެ ބޯޓަކީ ހާލުގައި ޖެހިފައިވާ ބަޔަކު އުޅޭތާ އެތައް ދުވަހެއް ވެފައިވާ ބޯޓެއް ކަމާއި އެ ބޮޑު ދެ ބޯޓަށް ބޭނުންކުރަނީ އެއް ނަގިލިކަން ވެސް އެނގިއްޖެ އެވެ.