އަނިޔާވިމީހާ ހެކިބަހެއް ނުދިން އެކަމަކު ކުށް ސާބިތުވެ ޖަލަށް
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ރަހީނުކޮށް އޭނާގެ އިނގިއްޔެއް ބުރިކޮށްލި މައްސަލަައިގައި ދައުވާ ލިބޭ މީހުންނާ ދެކޮޅަށް ހެކިބަސް ދޭނެ މީހަކު ނުވި ނަމަވެސް، އެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
އެތެރޭގެ ވައިގެ ދަތުރު އަގުހެޔޮކުރަން އުނދަގޫ: އަމީން
ރާއްޖޭގައި އެތެރޭގެ ވައިގެ ދަތުރުތަކުގެ ޓިކެޓް މިހާރު ވެސް ހުރީ ހަރަދާ އެކަށީގެންވާ ގޮތަކަށް ނޫން ކަމަށާއި ޓިކެޓްގެ އަގު ހެޔޮކުރުމުގައި ގޮންޖެހުންތައް އެބަހުރި ކަަމަށް ޓޫރިޒަމް އަދި ސިވިލްއޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރަސްމާލޭގެ މާސްޓަޕްލޭން ހަދައިދޭނެ ބަޔަކު ހޯދަނީ
މި ސަރުކާރުގެ އެންމެ ބޮޑު ވައުދު ކަމަށްވާ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ހިއްކަމުން އަންނަ ރަސްމާލޭގެ މާސްޓަޕްލޭން ހަދައިދޭނެ ބަޔަކު ހޯދަން ބީލަމަށް މިއަދު ހުޅުވާލައިފި އެވެ.
ބީއެމްއެލްގައި އާންމުންނަށް 25 ޕަސެންޓް ފައިދާއާ އެކު ޑޮލަރު އިންވެސްޓްކުރެވޭ ގޮތް ހަދައިފި
ގައުމީ ބޭންކް ބީއެމްއެލް އިން "އިންވެސްޓްމަންޓްސް" ނަމުގައި އާ ހިދުމަތެއް ތައާރަފުކޮށް، އާންމުންނަށް އެ ބޭންކުގައި ޑޮލަރު އިންވެސްޓްކުރެވޭނެ ގޮތް މިއަދު ހަދައިފި އެވެ.
އެޑިޓަރުގެ ހޮވުން
ޑީބީއެމްގެ ހިއްސާ ޖޭޕީ މޯގަންއަށް ދޭ ވާހަކައަކީ ގޮސިޕެއް: ރައީސް
ޑީބީއެމްގެ ހިއްސާ ޖޭޕީ މޯގަންއަށް ދޭ ވާހަކައަކީ ގޮސިޕެއް: ރައީސް
ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ ހިއްސާއެއް އެމެރިކާގެ އެންމެ ބޮޑު އިންވެސްޓްމެންޓް ބޭންކް، ޖޭޕީ މޯގަންއަށް ދޭން އުޅޭ ކަމަށް ދެކެވެނީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެލްނީނޯ ފެށުމާ އެކު ރާއްޖޭގެ މޫސުމަށް ކުރާ އަސަރު އަންނަނީ މޮނިޓާކުރަމުން: މެޓް
އެލްނީނޯ ފެށުމާ އެކު ރާއްޖޭގެ މޫސުމަށް ކުރަމުންދާ އަސަރު އަންނަނީ މޮނިޓާކުރަމުން ކަމަށް މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން މިއަދު ބުނެފި އެވެ.
ފަހު ވަގުތުގައި ޖަޕާނުގެ ހިތްކުދިކުދިކޮށް ބްރެޒިލް ގަދަ 16 އަށް
ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ޖަޕާން އަތުން 2-1 ން މޮޅުވެ، ބްރެޒިލް މުބާރާތުގެ ގަދަ 16 ގެ ބުރުން ޖާގަ ހޯދައިފި އެވެ.
ސިނގިރެޓްގެ ޑިއުޓީ ކުޑަކުރާ ބިލު އޮތް ގޮތަށް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
ސިނގިރެޓަކުން ނަގާ ޑިއުޓީ 8ރ. އިން 4ރ. އަށް ކުޑަކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ލ. އަތޮޅުގައި ތިންވަނަ އެއާޕޯޓެއް އެޅުމުގެ ވިސްނުމެއް ނެތް: ރައީސް
ލ. އަތޮޅުގައި ތިންވަނަ އެއާޕޯޓެއް އެޅުމުގެ ވިސްނުމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.