7 ބިލިއަންގެ އިގްތިސާދަކަށް 12 ބިލިއަންގެ އިންވެސްޓްމަންޓެއް
މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ދުބާއީގެ އެންމެ ނަން ހިނގާ އެއް ކުންފުނި ކަމަށްވާ އީގަލް ހިލްސްއާ އެކު ދިވެހި ސަރުކާރުން ވަނީ ރަސްމާލޭގައި ތާރީހީ މަޝްރޫއެއް ހިންގުމަށްޓަކައި 12 ބިލިއަން އެމެރިކާ ޑޮލަރުގެ ފްރޭމްވާކް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ކުރިން ބާރަށް ދުއްވި މީހުން ހާޒިރުކޮށް ނަސޭހަތްދެނީ
މަގުމަތީގައި ނުރައްކާތެރިކޮށް ބާރަށް ދުއްވާފައިވާ މައްސަލަތަކާ ގުޅިގެން ކުރިން ހުއްޓުވާފައިވާ ކަމަށް ފުލުހުންގެ ކުރީގެ ރިކޯޑުތަކުން ދައްކާ މީހުން، ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ނަސޭހަތްދޭން ފަށައިފި އެވެ.
ރަސްމާލެމަޝްރޫއު ބާތިލުކުރަން ހުށަހެޅި މައްސަލަ ބަލައިނުގަތް
ރަސްމާލޭން 500 ހެކްޓަރަށް ވުރެ ބޮޑު ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ދިނުމަށް ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމަކީ ގާނޫނުއަސާސީއާ ހިލާފު އެއްބަސްވުމެއް ކަމަށް ކަނޑައަޅައި، އެ އެއްބަސްވުން ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމައިފި އެވެ.
މާލެތެރެއަށް ބަނގުރާ ސަޕްލައިކުރާ ނެޓްވޯކުން ހައްޔަރުކުރި ތިން މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
މާލެތެރެއަށް ފުޅާދާއިރާއެއްގައި ބަނގުރާ ފޯރުކޮށްދެމުން ދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ހ. މާދޫގޭގައި ހިންގި އޮޕަރޭޝަނުން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
އެޑިޓަރުގެ ހޮވުން
އެމްއެމްޕީއާރުސީގެ ހިޔާނަތް ހިންގީ ޔާމީންގެ އިރުޝާދަށް: ދައުލަތް
އެމްއެމްޕީއާރުސީގެ ހިޔާނަތް ހިންގީ ޔާމީންގެ އިރުޝާދަށް: ދައުލަތް
އެމްއެމްޕީއާރްސީގެ ތެރެއިން ހިޔާނަތް ހިންގީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދަށް ކަމަށާއި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލަކީ ވެސް އެ މަނިކުފާނު ފައިސާ ހޯދަން ކުރި ކަމެއް ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އިން މިއަދު ކޯޓުގައި ބުނެފި އެވެ.
އިންވެސްޓިގޭޓަރުން މަދުވުމަކީ ބޮޑު ގޮންޖެހުމެއް: އެންއަައިސީ
މަައްސަލަތައް ތަހުގީގުކުރުމުގައި ހަަރަކާތްތެރިވާނެ އިންވެސްޓިގޭޓަރުން މަދުވުމަކީ ބޮޑު ގޮންޖެހުމެއް ކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން މިއަދު ބުނެފި އެވެ.
ރާއްޖޭގައި ގިނައިން ވިއްކަނީ ސިއްހީ ފައިދާ ކަށަވަރުނުކުރެވޭ ކާބޯތަކެތި: އެމްއެފްޑީއޭ
ރާއްޖޭގައި ގިނައިން ވިއްކަން ހުންނަނީ ސިއްހީ ފައިދާތައް އިލްމީ ގޮތުނަ ކަށަވަރުނުކުރެވޭ ކާބޯތަކެތި ކަމަށް އެމްއެފްޑީއޭއިން މިއަދު ބުނެފި އެވެ.
މީހުންގެ އަގުވައްޓާލަން ހުށަހަޅާ މައްސަލަތަކާ މެދު އަމަލުކުރާނެ ވަކި އުސޫލެއް ނެތް: އޭސީސީ
މީހުންގެ އަގުވައްޓާލުމުގެ ބޭނުމުގައި އެއްވެސް އަސާސެއް ނެތް މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅިޔަސް އެ ފަދަ މައްސަލަތަކާ މެދު އަމަލުކުރާނެ ހާއްސަ އުސޫލެއް ނެތް ކަމަށް އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް މިއަދު ވިދާޅުވެއްޖެ އެވެ.
ހެއްކެއް ނެތް މައްސަލައެއްގައި ފަނޑިޔާރުން ވަކިކުރުމުން މަޖިލީހަށް ގަރާރެއް
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތުކޮށް މަގާމުން ވަކިކުރި މައްސަލާގައި، ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތުމުން ދައުވާ ނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލިހަށް ގަރާރެއް ހުށަހަޅައިފި އެވެ.